ޓެރަރިޒަމް މަނާ ކުރާ ޤާނޫނަށް ސަރުކާރު މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެނަމަ ޓެރަރިޒަމްގެ ތުހުމަތުގައި މަޢުޞޫމް ޢިލްމުވެރިން ހައްޔަރުކޮށްފާނެކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން މިހާރު ކުރައްވަމުން ގެންދަވާ ޝަހީމް ފޭސްބުކް އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޓެރެރިޒަމް ހުއްޓުވުމަށްޓަކައި ހަރުދަނާ އުޞޫލުތައް އެކުލަވާލުމާއި ޤާނޫނަށް ހަރުދަނާ އިޞްލާޙުތައް ގެނައުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ނަމަވެސް ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރެވޭ ގޮތައް ޤާނޫނީ ގޮތުން ފުލުހުންނަށް ބާރުތަކެއް ދިނުމަކީ އެއިގެ ބޭނުން ސިޔާސީ ގޮތުން ނަހަމަ ގޮތުގައި ހިފާފާނެކަމުގެ ބިރު އޮތްކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"މިއަދު ސަރުކާރުގައި ތިބެގެން މި ޤާނޫނޫ މި ގޮތައް ފާސްކުރަން ތާއިދުކުރާ ދީނީ ފަރާތްތައް ވެސް މާދަމާ މިޤާނޫނުގެ ޝިކާރައަކަށް ވެގެން ހިގައިދާނެކަމުގެ ބިރުވެސް އެބަ އޮތެވެ. ރާއްޖޭގެ މާޒީގައި ވަރަށް ގިނަ ޢިލްމުވެރިންނަށް ލާއިންސާނީ އަނިޔާ ދީފައިވެއެވެ. ކުށެއް ނެތި ޖަލަށް ލައި ތުނބުޅި ބާލައި އަންހެނުންނާއި ފިރިހެނުން މަގުމަތިންނާއި މިސްކިތުގެ ތެރެއިން ދަމާ ކޫއްތާފައި ގެންގޮސް ޖަލަށް ލައި އެތައް ލާއިންސާނީ އަނިޔާއެއް ދީފައިވެއެވެ. ދަންވަރު ގޭގައި ނިދާފައި ތިބޭއިރު ގޭގެޔަށް ވަދެގަނެ ހިންގަމުން ދިޔަ ބިރުވެރި އަނިޔާވެރި ކަންކަމުގެ ސަބަބުން ކުޑަކުދިންނާ ޢާއިލާތައް ބިރުވެރިކަމުގެ ތެރެއަށް ދިޔައެވެ. އެބޭފުޅުން ހިންގަމުން ދިޔަ ސްކޫލްތައް ވެސް ދައުލަތަށް ނެގިއެވެ. ވިޔަފާރިތައްވެސް ހުއްޓުވިއެވެ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެބޭފުޅުންގެ ކުށަކަށްވީ އެއިރު އޮތް ސަރުކާރުގެ ދީނީ ސިޔާސަތުތަކާ ފަތުވާ ތަކާ ޚިޔާލު ތަފާތު ވުން ކަމަށެވެ. އެ ފަދަ ޒަމާނަކަށް ފަހު، ޤާނޫނު އަސާސީގެ ތެރެއިން ލިބިގެންދިޔަ އަސާސީ މިނިވަންކަމާއި ޙައްޤުތަކުގެ ދަށުން ޤާނޫނުތަކުގެ ދަށުން ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރުކުރުން މަނާކަމެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ މުޅި ޤާނޫނު އަސާސީގެ ރޫޙަކީ ވެސް އެއީއެވެ. މިނިވަންކަމާއި އަސާސީ ޙައްޤުތައް ހޯދައިގަނެވުނީ އެތައް ޤުރުބާނީ އެއްގެ ފަހުންނެވެ. އެ ޤުރުބާނީގެ އެންމެ މުހިންމު ބައިވެރިން މިއަދުވެސް ރައްޔިތުންގެ މަޖްލީހުގެ އެންމެ މަތީ މަޤާމުތަކުގައި އެ ތިއްބެވީއެވެ." ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރެވޭ ގޮތައް ފުލުހުންނަށް ބާރުތަކެއްދީ ޤާނޫނަށް ގެންނަން އުޅޭ ބަދަލަކީ ބިރުވެރި ރަނގަބީލެއް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މަސައްކަތްކުރާ ދީނީ ޢިލްމުވެރިން މިޤާނޫނުގެ ދަށަށް ފައްތައި ޓެރަރިސްޓުންނަށް ހެދުމުގެ ބިރު އެބައޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމް ކުރަން މަސައްކަތް ކުރާ ކަމަށް ބުނާއިރު، އެ ފަނޑިޔާރު ގޭގެ އަމުރެއް ނެތި ހައްޔަރުކުރުމުގެ ބާރު ހޯދަންއުޅެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

މިކަމާ ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ވިސްނާ ވަޑައިގަތުން މުހިންމު ކަމުގައި ދެކޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޓެރަރިޒަމްގެ ޢަމަލުތަކަށް މަގު ފަހިވާ އެންމެހާ ކަންކަމެއް ދިވެހިރާއްޖޭގައި ހުއްޓުވެންޖެހޭ ކަމަށާއި އެއިގެތެރޭގައި ދީނީ ހަރުކަށި ފިކުރުތަކާއި އެތިސްޓުންގެ ޢަމަލުތައް ވެސް ހުއްޓުވަންޖެހޭ ކަމަށެވެ.

"މިއީ އެއް ފައިސާ ފޮއްޗެއްގެ ދެފަރާތެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެވެ." ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފެނޭތަ

    ތިވިދާޅުވީ ވަރަށް މުހިންމު ވަރަށް ރަގަޅު ވާހަކައެއް. އެއުޅެނީ އަނެއްކާވެސް ޓެރަރިޒަމްގެ ބަހަނާ ދައްކައިގެން ކުޅިގަނޑެއް ކުޅެން. މިދަނީ އަނެއްކާވެސް އަނބުރާ ކުރީގެ ޚުދުމުހުތާރު ގޮތްތަކަށް.

    55
    4
  2. އެންދެރި

    ދީނައްފުރައްސާރަ ކުރާ މީހުނާ ދީނީ މިނިވަން ކަން ހޯދަން މަސައްކަތް ކުރާ މީހުން ހުއްޓުވާ ގާނޫނެއް ނުފެނެއެވެ. އެގާނޫ ކޮބާތޯއެވެ؟

    60
    • ނަޒީމް

      ލާދީނީކަން އިނގޭ ފަރިތަ އަދި ލާދީނީ ސިޔާސަތުގެ ސަބަބުން ކުރިންވެސަ ވައްޓާލާފައިވާ ސަރުކާރެއް ގެނެސް ދެން ކޮންހާ ހާސަރުތަކެއް ކިޔާކައްތަ. މި ސަރުކާރުގެ މަގާމުތަކުގަ ތިބި މޫނުތަކައް ބަލަާފިއްޔާ ފެންނަނީ ދީންނާއި ތަގުވާވެރިކަންތޯއެވެ. ހަގީގީ ކުއްވެރީންނަކީ އަދި ގައުމުގެ ދީނީ ވަހްދަތު ހަލާކު ކުރިބަޔަކީ މިތާގެ ރައްޔިތުން ކަން ވިސްނާލާފިއްޔާމުން ދޭހަވޭ. މިތާކު ނޫޅޭ މާވަރަކައއ ދީން ހިމާޔަތްކުރަން އުޅޭ ރައްޔިތުންނެއް ނިކަނަ މަދު އަދަދެއްނޫނީ. ދެން އުޅެނީ އެމީހަކަ ލިބުނު އެއްޗެއްކައިގެން ޖެހުނު މަސައްކަތެއް ކޮއް ހަރާމް ހަލާލް އެއީ މާ ބޮޑުކަމެއްކަމުގައި ނުދެކޭ ޣާފިލު ބަޔެއް. މިތަން ނިމި ދިޔައީ ހަމަ ޖަހާލަތާއި ވަހުންގެ ސަބަބުންކަން ފަސޭހަކަމާއިއެކު ދޭހަވޭ.

      25
  3. ޙެހެހެ

    ޜަނގަޅު ވާހަކަތައް

    47
    2
  4. ޝޭހް

    އެނގިލައްވާތޯ.... ތިޔަ ވިދާޅުވާ އިލްމުވެރިންގެ ތާކިހާ އަޅުއްވައިގެން ތިއްބެވި ބޭފުޅުން ނޫންތޯ މި ލާދީނީ ވެރިކަން ގެންނަން މަސައްކަތް ކުރީ. ރަސޫލާ ދުއާ ދަންނެވި ފަދަ ބޭފުޅުން ކަމަށް ރައްޔިތުންނަށް ދައްކާ. އަމިއްލަ އަތުން އުފެއްދި ވިހައިގެ ހިތި ކަރުބުޑުގައި ލާނެ ދުވަސް ވަރަށް ގާތް ވެއްޖެ

    69
    3
  5. ދަންނަ

    މީހުރިހާކަމެއް ދަންނަ ކަލޭގެ

    5
    49
  6. ސާހިބު

    ޝަހީމް ވިދާޅުވީ އެބޭފުޅުންގެ ކުށަކަށްވީ އެއިރު އޮތް ސަރުކާރުގެ ދީނީ ސިޔާސަތުތަކާ ފަތުވާ ތަކާ ޚިޔާލު ތަފާތު ވުން ކަމަށެވެ. *** މަސްލަހަތު ގެއްލޭޒާތުގެ ދީނީވާހަކަދައްކާތީ ޑރ. ޒާކިރު ނައިކަ ވެސް މިހާރު މެލޭ ސިޔާއިފައިބަން ޖެހިދާނެކަމަށް ސަރުކާރުންއިންޒާރު ދީފައިވާކަން ހަންދާންކޮށްދެން. ޤާނޫނުހަދަނީ މަސްލަހަތު ޙިމާޔަތް ކުރަން . ހައްޔަރު ކުރާކަށްނޫން.

    1
    18
  7. ޢާރިފާ

    ޥަރަށް ބަރާބަރު ލިޔުމެއް

  8. Anonymous

    ޝަހީމު ބުނިކަމައް ލިޔެފައިވާ ތިހުރިހާ ކަމަކީ ރާއްޖޭގަ އިސްލާމީ އަސްލު އުސޫލައް އުޅުއްވި ދީނީ އިލްމުވެރިޔަކު ދެއްވި އިރުޝާދު ތަކަކާއި ނަސޭހަތް ތަކެއްގެ ދަށުން އުޅުނު ބަޔަކަށް އެ ބުނާ ރަން 0 3 އަހަރުގެ ސަރުކާރުން ކޮއްފަ ހުރި ކަންތައްތަކެއްގެ ވާހަކަތަކެއް
    ކިޔުންތެރިންނައް އޮޅުން އަރާގޮތައް ލިޔުމުން ވަގުތީ ފައިދާއެއް ވުމާއި ގާނޫނުގެ ރޫހާ ފުށުއެރުންނޫންކަމެއް މަހިތުން ވާނެޔެކޭ ހިޔެއްނުވޭ

  9. ޚާޗުސް

    މިރާއްޖޭގަ އިސްލާމް ދީނުގެ އަސްލު އުސޫލް ތަކާ އެއްގޮތައް ހުރިހާކަމެއްގަ އުޅެމުން ދާ ދިވެހިން އެބައުޅޭތޯ ނުވަތަ އެފަދަ އިން އުޅުއްވާ އިލްމުވެރިންތަކެއް އެބައުޅޭތޯ

  10. 1111

    ތިބުނާ ސިޔާސީ ކަންކަމަކީ ތިޒާތުގެ ކަމަކަށް ވާއިރުތާ ތި ތިބެނީ އެވަރުގެ އެއްޗެއް ނެތިގެން އެޔަށް އަޅުދާސްތު ވެގެން. ކުރުރުގެ ނިޒާމު ވަރެއް ނެތެއްނު ކަލޭމެންނަށް