"ހެޔޮ ގޮތް ހޯދަން ގެނައި ސަރުކާރު" ލާދީނީ ނެޓްވޯކްތަކަށް ފިޔަވަޅު އަޅަން ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޖަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ފަހަރަކު ބުރަ މަސައްކަތުން ސަރުކާރު ގެންނަނީ “ހެޔޮ ގޮތް" ހޯދަން ކަމަށެވެ. އެ ގޮތް އޮތީ އިސްލާމް ދީނުގައި ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"ކޮންމެ ފަހަރަކު ބުރަ މަސައްކަތުން ސަރުކާރު ގެންނަނީ “ހެޔޮ ގޮތް" ހޯދަން. އެ ގޮތް އޮތީ އިސްލާމް ދީނުގައި. ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތައް ތަޙްޤީޤްކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައެއް ނުގަނެވޭނެ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ދީނުގެ ދިފާޢުގައި ދިވެހިން ތެދުވާނެ ކަމަށެވެ.

ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތައް ތަޙްޤީޤްކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވާކަމަށް ވިދާޅުވެ ޖަމީލް ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ހިލާފު ވާހަކަތައް ހުރުމުން ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީއެންގެ މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުނު ނަމަވެސް ފުލުހުން މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ.

ނަމަވެސް ފުލުހުން ގެންދަނީ އެމްޑީއެންގެ ސީނިއާ މެންބަރުނަށް މީސް މީޑިއާގައި އިންޒާރުދީ ނަފްރަތު އުފެދޭ ގޮތައް ވާހަކަދައްކާ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރާކަންޏާ

  ގައުމެއް ހަލާކުކޮށްލުމުގެ އެންމެ މުގުލުގައި ހުރި އެކަކު ކަލޭތީ! ހޭވި ހަޑި ސާފުކުރަން ދޭ! ކޮންމެހެން މާ ހެޔޮއެދިގެނެއްނޫން ވާހަކަތިދައްކަނީ! ކަލޭ ގެނައި ސަރުކާރުގަ ވަޒީފާގެ މިންވަރުވެސް ނުދިނީމަ ކަލޭވެސް އެބަހުރިކަން އެ ލީދީނީ ބައިގަނޑަށް ހަނދުމަކޮށްދެނީ. ބަޔަކު ކަރުނަ އަޅާ ރޯންޖެހޭވަރުގެ އަނިޔާއެއް ކަލޭމެން އެންމެންވެގެން ދިވެހީންނަށް މި ދިނީ! ކޮންފަދަ ރީތިކޮށް ހިނގަމުން ކުރިއަރަމުން އައި ގައުމެއް މީ! ދެން ތިބޭ ރާކަނިމަސް ނޮޅާލައިގެން ކާން!

  32
  5
 2. ކިނބޫ

  ދިވެހިންގެ ނުރުހުމުގަ ފިށްކިބައިގަ އަތް އަޅާ އަނގަ ވަތަށް އަލިފާންގަނޑަށް ވައްޓާލާފަ އެއަލިފާނުން ފިނިކަން ލިބެންވާނެ ކަމަށް ބުނަނީތަ؟ ޖަމީލުމެނަށް ހިތްހެވެއް.ނުވޭ އަދިއެއް. ރުޅިއާދޭ ނުރުހުންވޭ

  22
  4
 3. ބުރޯ

  ޔޫޓިއުބުގާ ހުރި ލާދީނީ ވަހަތަކުގެ ތުހުމަތު ކުރެވޭ ބޭފުޅާ މިހާރުގެ މަޖިލީހުގެ ރައީސްގެ މައްޗަށް ފިޔަވަޅު ނޭޅުމަކީ އެހެން މީހުން ހިތްވަރު ލިބިގެން ތެދުވުމުގެ އަސްލު.

  32
 4. އަބޫޖަހުލު

  ޖަމީލުވެސް އެންމެންވެސް ކަންބޮޑުވުން ފާޅުކުރަންވީ! ގައުމުގެ ވެރިންގެ އެއްބާރުލުމާ ވާގިވެރިވުމާއެކު ކުރެވެމުން އަންނަކަމެއްމީ!

  23
  • އަނދިރި

   މީ އެބުނާ އަނދިރި ދައުލަތުގެ ވެރިން ކުރާކަމެއް. އެ އަނދިރި ދައުލަތުގެ މީހުން މިހާރު ވެރިކަމުގައި އެތިބީ. އެމީހުން ހިތުން އަނދިރިި ދައުލަތެއްގެ ވާހަކަ އެމީހުން ދެއްކީމަ ދެން ރައްޔިތުން އެމީހުނާ ދިމާލަށް އިނގިލި ދިއްކުރުން ހުއްޓޭނެ ތޯއްޗެ. އެމީހުން ހުރިހާ ނުބައެއް ހަދާފަ އެހެން މީހުންގެ ބޮލަށް ކަނޑާލަން މަސައްކަތްކުރަނީ. ހުރިހާ މަރުތަކެއްވެސް އަދި މަސްތުވާތަކެތީގެ އަޑީގައިވެސް ހުރީ ހަމަ އެކަކު. އެއީ މި އަނދިރި ދައުލަތެއްގެ ވާހަކަ އެއްމެ ބާރަށް ދައްކާ މީހާ. މިހާރުގެ މަޖިލީހުގެ ރަޢީސް އިނގޭތޯ. އެއީ މި ހުރިހާ ނުބައެއް ހަދާ އެއްމެ އިސް މީހާ

 5. މޮޔަބެ

  ޑރ.ޖަމީލެވެ. ތިބޭފުޅުން އިސްވެތިބެ މިވަނީ އަލް ލާދީނިއްޔަތު މީހުންނަށް ބާރުވެރިކަން ހޯދާދީފައެވެ. ނަމަވެސް ލޮލަށްހެރޭ ކޮންމެ އިލޮށްޓެއްގެ ސަބަވަކީ ހަމަ ލޯ އަދިރިވަންދެން ބަލާ ތިބުމެއްނޫނެވެ. ޑރ.ޖަމީލަކީ ކެރޭ ހިތްވަރުގަދަ ސިޔާސީގޮތުން ރައްޔިތުން ބަލައިގަންނަ ފަރާތެކެވެ. ވީމާ މީހެއްގެ މޮހިރުގަ އެލުވިގެން ތިބެ ހަމަ ވާނީ ހަލާކެވެ. ޑިމޮކްރެސީގެ ތެރެއިން ކާމިޔާބު ލިބޭނީ ރައްޔިތުން ރުހިގެންނެވެ.

 6. އަލި

  ބަލަ މިސަރުކާރު ގެންނަން ކެެރަފާ ނަޝީދާ ބައިއަތު ހިފައި ލަންޑަނުގައި ސައްލާކޮށް ގައުމު ފުނޑާލި މީހެކޭ ތީވެސް. ޔާމީން ވެރިކަމުން ބާލާށޭ ކުޔައިގެން ޔަހޫދީންނަށް ވާގިވެރިވާން ޖެހޭބާ؟؟؟؟