ސެޕްޓެމްބަރު މަހު އައްޑޫ ސިޓީ މަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދެމުން ދިޔަ މީހާ ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ނިޔާވެފައި ވަނީ އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު 55 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހާލު ސީރިއަސް ވެގެން މާލެ ގެނެސް ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗްގައެވެ.

އައިޖީއެމްއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ނިޔާވީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށެވެ.

މާލެ ގެނެސް އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހު ހޭ އަރާ، ކޮންމެވެސް ވަރަކަށް ހާލު ރަނގަޅު ވެސް ވިއެވެ.

އައްޑޫ މަރަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެކްސިޑެންޓްވި އަނެއް ސައިކަލު ދުއްވަން އިން މީހާ އެ ސަރަހައްދު ދޫކޮށް ފިލި ނަމަވެސް ފަހުން ހޮސްޕިޓަލަށް ފަރުވާއަށް އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މިހާރު އޭނާ ހުރީ ހައްޔަރު ކޮށްފައި ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވަދޫ ޑޮކް

    ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް މިންވަރުކުރައްވައި، ކައްވަޅުއަޒާބު ލުއިކޮށްދެއްވައި ފާންދޭވެ! އާމީން..

    20
    1
  2. ދަންސޫރަ

    ސަލާތުންހުރި މީހާ ދޫކޮއްލާ މަރުވި މީގެ ވޯޓެއް ނުލިބޭނެ އެއީ މިސަރުކާރުގެ އަ މާޒު

    11
    2
  3. ޕޮގުބާ

    ކަށްވަޅު ޢަޒާބު ލުއިކޮއްދެއްވުން އެދިއެއްނޫން ދުޢާ ކުރަންވީ ސުވަރުގޭގެ ދާޢި މީއަރާ މާ ނިޢު މަތް ދެއްވާތޯ އެދި ދުޢާ ކޮއްދެންވީ

  4. ކޯލިޝަން

    އެ ސޮރު ހުރީ ދޫކޮށްލާފަ... ފެނޭ ކޮރެއް ޖަހަމުން ދެކޮޅަށް ހިނގާތަން.