އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެެ.

މިނިސްޓަރ ޒާހިރު މިމޭރުމުން ވިދާޅުވެފައި ވަނީ ދީނަށް ފުރައްސާރަކުރުމާއި ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމާ ގުޅޭގޮތުން ދީނީ އިލްމުވެރިންގެ ކަނބޮޑުވުންތައް ބެލުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވަނީ ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ހާއްސަ ޖަމިއްޔާއެއްވެސް އުފެއްދުމަށް ނިންމާފައެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިން ވަނީ އެކަންކަމާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީ އިން ކުރިޔަށް ގެންދާ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއަދު އިސްލާމިކް މިނިސްޓްރީ އިން އިސްނަގައިގެން ބޭއްވި ބައްދަލުވުމުގެ ބައިވެރިން ވަނީ އެފަރާތްތަކަށް އެކި މީހުންގެ ފަރާތުން ދީފައިވާ އިންޒާރުތަކާއި އަދި އެހެނިހެން ކަނބޮޑުވުންތައްވެސް މިނިސްޓަރާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މިފަދަ ކަަންކަމާ ގުޅިގެން އާންމުން ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށްވެސް އެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

އިސްލާމިކް މިނިސްޓްރީ އިން މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވެސް ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާއަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓަކާއި ގުޅިގެންނެވެ. އެ ރިޕޯޓަކީ ދިރާސާއެއްގެ ނަމުގައި ގުރުއާނުންނާއި ސުންނަތުން ކަނޑައެޅިގެން ސާބިތުވާ ކަންކަން ދޮގުކޮށް ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ.

އެކަމާއި ގުޅިގެން ގިނަ އާއްމުންނާއި ދީނީ އިލްމުވެރިން އަދި ބައެއް ސިޔާސީ ލީޑަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެފަރާތްތަކުން ވަނީ އެމްޑީއެން "ބޭން" ކުރުމަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. 1111

  ޤާނޫނު ހަދައިގެނ ް ތިކަންކަން މަތަ ކުރިޔަސް އަޑިއަޑިން ދާނީ ރޯވަމުން! ދީނަށް ލޯބިކުރާ މީހުންގެ ވިސްނުން ހަރުކަށިވާ ސަބަަބަކީ، ދީނުގެ ޢިލްމު ރަނަގަޅަށް އޮޅުން ނުފިލުން. އެހެންތާވާނީ ، ދީނީ ތަރުބިއްޔަތުދޭށޭ ކިޔައިގެން އެކުލާވާފަވަމަންހަޖުތަކުން ދީނާމެދު ޢަޤީދާގެ ރަނގަޅު ބިންގަލެއް އަޅާނުދެވޭ. މަތިމަތިން އޭތިމީތި ކިޔާދީފަ އޭ ސްޓަރ ހޯދީމަ އެ ދެން ވަރަށް މޮޅުވީ!އެ ވަރިހަަމ ަރަނގަޅަށް ނަމާދުރަން ، ހިނައިގަންނަން ނޭގުނަސް! މީގެއިތުރުން އިސްލާމް މާއްދާކިޔަވަދޭން ސުކޫލްތަކުގަ ތިބޭ ގިނަ ޓީޗަރުންގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ! ދެން ދީނަށް ކިރިޔާވެސް ލޯތްބެއް އޮތް ކުއްޖަކު ވިއްޔާ ކިއެކަމަށް މަޝްހޫރު މީހަކު ކިޔާ އެއްޗަކާ ދިމާލަށް ދާނީ. ސައްހަ އެއް ނުސައްޙައެއް ނޭގި އެތައްމިތަނުން މައުލޫމާތު ހޯ ދާ އެއަށްޢަމލު ކުރެވެނީ.
  ކޮންބައެއް މިކަމުގައި ހަޤީޤީ ޒިންމާ ނަގަން ޖެެެހެނީ؟

  • އަޙްމަދު

   ޒިންމާ ވާންޖެހޭނީ އެގިތިބެ ހަދާނެ އެއްޗެ އް ހަދަން ދޫކޮށްލަ އިގެން ތިބޭ ޔިޔަކަހަލަ މީހުން.

   1
   1
 2. ރުނޑި

  ބަލަގަ ގާނޫނެއް ނެތިގެންތަ ހިތު ހުރިހާއެއްޗެއް އެކިޔަނީ...
  ގާނޫނު އެބަހުއްޓޭ ވަރުވަރުން .. . .
  ޢަމަލުކުރާނެ ބަޔަކުނެތީ . . .

 3. އ ޝ

  ބަލަ މިހާރު އޮތް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނުން ވެސް ފިޔަަވަޅު އެޅޭނެއޭ އަޅަން ބޭނުންނަމަ ހިފާ ހައްޔަރު ވެސް ކުރެވޭނެ.... ދެން ކީއްކުރަންތޯ ވަކި ގާނޫނެއް ހަދަންވީ މިއީ މިކަން ހިންދާލަން މިނިސްޓްރީން އަޅުވާ އަނދުނެއް ތިޔަ ގާނުނެއް ލިޔެ ނިމޭނެކަަމަށް ލަފާ ކުރެވެނީ 2023 ގައި މިހާރު ހުރި ގާނޫން ތަކުން ފިޔަވަޅު އަޅާބަލަ އިހަށް ދުވަހުއަލިފާނު ހާދިޝާ ހިނގިވަގުތު ހަޅޭއް ލަވަމުން ދުވި މީހަކު ހައްޔަރު ކުރިފަދައިން މިކަން ވެސް ކުރެވޭނެ... މިއީ އަދި މާބޮޑު ކަމެއް

 4. އަޙްމަދު

  ތިޔަތަނަށް ދިޔަމީހުންގެތެރޭ ޤާނޫނު ކުޑަކޮށްވެސް
  ދަންނަ މީހަކު ނެތީތަ. ކުޑަކުދިންނަށްވެސް އެގޭނެ ދިވެހި ރާ އްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ޤާނޫނު އަސާސީގަ ލިޔެފަ އެބަ އޮތްކަން.
  މިވަރުވެސް ޒާހިރު ކަ އިރީ ބުނެލަދޭނެ މީހަކު ތިތާގަ ނެތީތާ! .