ދިވެހިރާއްޖެ ވާންވީ ޖަޒީރާ ރާއްޖެއަކަށް ނޫން ކަމަށާއި ދިވެހިރާއްޖެ ވާންވީ ވޮޝިންޓަނަށް، ނިއުޔޯކަށް ނުވަތަ ސިންގަޕޯރަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ބިން އޮތް ރަށްރަށުން ގޯތި ދޫކުރުމަށް ގޮވާލާ އެމްޑީޕީ އިން މިއަދުގެ ޖަލްސާއަށް ހުށެހެޅި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމާއި ހަމައިން މިއަދާއި ހަމައަށް ވެސް އެއްވެސް ޕްލޭނެއް ނެތި ކަންތައްތައް ކުރުން ކަމަށެވެ.
"ދިމާވެގެން މިއުޅޭ މައްސަލައަކީ އެއްވެސް ޕްލޭނެއް ނެތި ކަންކަން ކުރުން. އެދުވަހަކު ދިމާވާ ކަމެއް އެދުވަހަކު ކޮށްލުން، ވިސްނުމެއް ނެތީ ފިކުރެއް ނެތީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކަން ކުރާގޮތައް ނުކުރަނީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޖަޒީރާ ރާއްޖެއެއްގެ ވާހަކަދައްކައިގެން ރައްޔިތުންނަށް އޮޅުވާލާ 300 އަހަރު ފަހަތައް އަނެއްކާ ރާއްޖެ ދާން ނުޖެހޭ ކަމަށެވެ.

"ޖަޒީރާ ރާއްޖެއަކަށް ނޫން ވާންވީކީ، ރާއްޖެ ވާންވީ ނިއުޔޯކަށް، ވޮޝިންޓަނަށް، ސިންގަޕޯރަށް. ޖަޒީރާ ނުކިޔަސް ޖަޒީރާ އަށް އުފަންވި ބައެއް އަޅުގަނޑުމެން މިތިބީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިއީ ޖަޒީރާ ރާއްޖެ އެއް ނޫން ކަމަށާއި މިއީ ދިވެހިރާއްޖެ ކަމަށެވެ.

ރާއްޖެ ތަރައްޤީ ކުރުމަށް އާބަން ސެންޓަރުތަކެއް ގާއިމް ކުރަންވީ ކަމަށާއި މިވާހަކަ ދައްކާތާ މިހާރު އެތައް އަހަރެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކުރާ މަސައްކަތަކީ އެކިއެކި ވާހަކަތައް ދައްކައިގެން ސިޔާސީ މަޤުޞަދުތައް ހާސިލް ކުރުން. ސިޔާސީ ބޭނުމަކަށް ކުރާ ކަންތައްތަކުގެ ސަބަބުން ތަރައްޤީ ނުވަނީ. އެކަންކަން ހުއްޓާލަން ޖެހޭ. އެމީހަކު ހުރިތަނަކުން އެމީހަކު ބޭނުންވާ ކަންތައްތައް ފުދިގެން ދާން އެބަޖެހޭ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ތިބިތަނެއްގައި މަރުވާންވީ ކަމަށް ބުނާއިރު އެރަށްރަށުގައި ގަބުރުސްތާނެއް ވެސް ނެތް ކަމަށެވެ.

މިހާރު ކުރަންވީ ކަމަކީ ޕްލޭނިން މިނިސްޓަރު މަޖިލީހަށް ގެނެސް ރާއްޖެ ޕްލޭން ކުރުވަންވީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ލޮނުމިރުސް ޓޯޓޯ

    ޖާބިރޫ އަދިކިރިޔާ ތިބުނީ ތެދުވާހަކައެއް މަގޭ ޖާ އެހެންވެޔޭ ރަގަޅީ މިތަނަން އަސްލުކިޔަންވީ ބަނބުކެޔޮ ޕެރިސް

    45
    1
  2. Anonymous

    ޖަާބިރު މައުމުޫނަކިީ ޖަާބިރުކަލެޭ ތިބުނަާވައްތަރުގެ ބެޭފުޅެއްނުޫ

    18
    8
  3. ޒުހުދާ

    ތިތަނުގައި ތިބި ހަމަޖެހެޔޭ ބުނާމެންބަރުންނައް ވުރެއް ޖާބިރުގެ ވިސްނުން އަދި ވިޝަން މާބޮޑު.. ހީ އިޒް ޓޯކިންގް ސެންސް

    16
    2
  4. ޔަހުޔާބެ

    ޖާބިރު ގެ މިވާހަކައަށް ރާއްޖޭގެ އެންމެން ތާއީދު ލިބޭނެކަމަށް ފެނެއެވެ، ތިފަދަ ބޭފުިޅުން ލީޑަރުންނަކީ ؟

    13
    6
  5. ނަމަ

    އޭރުންނޯ ކަމަކުނުދާނެ ވޮޝިންޓަނުގަ ލޮލީއެށް ނުވިއްކޭނެއޭ

    12
    2
  6. ނޭފަރު

    ތޭންކްސް ޖާބެ

    6
    6
  7. ހުވަދޫ ޑޮކް

    ޖާބިރުގެ ވެސް ޖަޒީރާ ރާއްޖެއޭ މީ !! ޖާބިރަށް މައުމޫން ބެއްޔާ ސަލާމް ބުންޏެވެ.

    13
  8. ކަކުނި

    އެމްޑީޕީއަށްވުރެ ލަދުކުޑަ މީހުންއުޅޭ ޕާޓީއެއްނެތް. ހުރިހާ ބާރެއް މުށުތެރޭގައި، ކައުންސިލްތައް، މެމްބަރުން، ޖުޑިޝަރީ. އެކަމަކު މިގޮވާލަނީ ގޯތިދޫކުރާށޭ. ބަލަ ގޯތިދޫކުރަނީ ޕީޕީއެމުންތޯ؟

    12
  9. ހުސޭނުބޭ

    އޭތް ޖާބިރު! ވޮޝިންޓަން މީހުން ސަންރައިޒް ބަލަން ހޮނޑައިދުއަށް ނުދެޔޭ!

    9
    2
  10. ޖާޒީރާ ބޯއީ

    ޔަގީން ކަށަވަރު ޖާބިރު މިއަދު ހުންނެވީ ވަރަށް ފުރިހަމަ ހާލަތެއްގައި.

    13
    1
  11. އިބްރާހިމް

    ވޮޝިންގޓަނަށްވީމާ ހަރާމެއް ހަލާލެއް ނޯންނާނެ. ވޮޝިންގޓަނަކީ ނަގޫރޯޅި ވަރަށްގިނައިން އަމާޒުވާ ސިޓީއެއް. ބޭފުޅާ އެކަނިނޫން މިގައުމުގައި އުޅެނީ. މައިތިރިވޭ.

    8
    4
  12. ޓްރޭސް

    އަހަންނަކަށްވެސް ނޭނގެ. އެއްފަހަރު ކިޔާނެ އަނެއް ދިވެހިރާއްޖެ، އަނެއް ފަހަރު ޖަޒީރާ ރާއްޖެ، މީދެން މާމޮޅުބައެކޯ ޒާތްޒާތު ދެކޮޅުނުޖެހޭ ނަންކިޔަން!

    14
    1
  13. ދިޔާނާ

    ރާއްޖެ ވާންވީ ދިވެހިރާއްޖެއަށް! ޖާބިރު ބޭނުމިއްޔާ ޖާބިރު ވޮޝިންގްޓަނަށް އަރުވާލާފަ ބަހައްޓަދީފާނަން

  14. ކާށިދޫ

    ކޭބަލް ކާރުގެ ވާހަކަވެސް އެއީ ސިޔާސީވާހަކަ. އެވާހަކަދައްކާގެން މަޖިލީހަށް އައިސް ކޮސްގޮވުންނޫން ކަމެއް ކަލޭ ނުކުރޭ.

    7
    1
  15. ދިވެއްސެއް

    ދުނިޔެއަށް ފުރަތަމަ ނޭވާލީ ދިވެހިގައުމުގައި އުޅެބޮޑުވީ ދިވެހިގައުމުގައި ލިބުނުއުފަލާއަރާމެއް ލިބުނުތަޢުލީމެއް ލިބުނީ ދިވެހިގައުމުގައި މައިންބަފައިން ދިވެހި މާތްވެގެންވާ އިސްލާމްދީނުގެ
    ނަސީބު ﷲ ދެއްވީ ދިވެހިގައުމުގައި ވީމާ، ބޭނުންވަނީ ފަޚުރުވެރި ދިވެއްސަކަށްވުމާ،ދިވެހި
    ރާއްޖޭގައި ނިމިދިއުމަށް ޖަޒީރާވުމަށާ،އަނެއްދިވެހިރާއްޖެއަށްދިއުމާ ފަޚުރުވެރި ދިވެހިރާއްޖެ
    ވޮޝިންޓަނަށް ވުމަކަށްވެސްނޭދެން

  16. މުރާދު

    ޖާބިރު ކީއްވެތޯވޮޝިންޓަަނަށް ވުމަށްއެދުނީ އެއީ މާރީތި، މާ މާތްތަނެއްތޯ ތިއީ ޖާބިރިގެޚިޔާލު
    އަހަރެންގެޚިޔާލުގައި މިތަން ރަސޫލާ ފާތްޕުޅު ބީއްސެވި މާތްބިމަކަށްވީނަމަ މާރަގަޅުވީސް

  17. ވޮޝިންމެށިން

    ޖާބިރު ކާށިދޫ ވޮޝިންގޓަނަށް ހަދަންވީއެއްނުން! މާލޭމީހުން ކާށިދޫއަށް ނުދިޔަސް ވޮޝިންޓަނަށްދާނެ ކޭބަލްކާރުގައި ބިންގަންނާށާއި، ހޮސްޕިޓްލަށް!

  18. ޢަދުރޭ

    ކޮންމެސް ބޭފުޅަކު އަޅުގަނޑަށް ޖާބި ރުގެ ފޯނު ނަމްބަ ރު ދެއްވަފާނަންތޯ ؟ . ޖާބި ރު އާ ވާހަކަ ދައްކައިގެން ނޫނީ މި ރާއްޖެ ހަމަޔަކަށް އެޅުވޭކަށް ނެތް .

    5
    1
  19. ކޮރަކަލި

    ޔާއްކަޅޭ އަކިީވިޝަނަރިީ ގޮލައެއް އޭނައަށް ސިންގަޕޫރަށް މިތަން ބަދަލުކުރެވޭނެ ޖާ އަދިކިރިޔާ ތި ބުނިިީ ތެދެއް

  20. ކާށި

    ރާއްޖެ ވާންވީ ކާށިދުއަށް

  21. ދިޔާލޮލީ

    ކޮބާ ނެތްތަ ވޭޕް ކޭބަލެއް ކާށިދޫން ގުޅަދެވޭކަށް. ކެކެކެ