ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް އޯގަނައިޒޭޝަން ކޯޕަރޭޝަން (އައިޓީއެފްސީ)އާއި މެދު 1.5 ބިލިއަން ރުފިޔާގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގޮސްފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓްގައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވިއެވެ.

‎އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަން އާއި ރާއްޖެ އާ ދެމެދު ފްރޭމްވާރކް އެގްރިމަންޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ދިވެހި ސަރުކާރުގެ ފަރާތުން މިއެގްރިމެންޓް ގައި ސޮއިކުރެއްވީ ފިނިއޭންސް މިނިސްޓަރ އިބްރާހިމް އަމީރެެވެ. އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ ކޯޕަރޭޝަންގެ އެކޯޕަރޭޝަންގެ ސީއީއޯ ހާރިމް ހާރިސްސައްމޫލް އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ އެ ކޯޕަރޭޝަނުން ދަނީ 2008 އިން ފެށިގެން ރާއްޖެ އަށް އެހީވަމުން ކަމަށާއި، މިއަދު ސޮއިކުރި އެއްބަސްވުމަކީ އަގު ނުކުރެވޭ ވަރުގެ އެއްބަސްވުމެއް ކަމަށެވެ.

‎އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަން އާއި ރާއްޖެ އާ ދެމެދު ފްރޭމްވާރކް އެގްރިމަންޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިނިސްޓަރ އަމީރު ވިދާޅުވި، ސޮއި މި ކޯޕަރޭޝަނުގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ޓޫރިޒަމްގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތުގެ އިތުރުން ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިގެން ދާނޭ ކަމަށެވެ.

"ރާއްޖޭގައި އުފައްދާ ކަރަންޓަށް ބޭނުންވާ 80 ޕަސެންޓް ތެލަކީ އައިޓީއެފްސީގެ އެހީގައި ގަންނަ ތެލުން އުފައްދާ ކަރަންޓް. ރާއްޖެއަށް އެތެރެކުރާ ތެޔޮ އެތެރެ ކުރުމަށް އައިޓީއެފްސީ އިން ދީފައިވާ އެހީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާއެއް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް އައިޓީއެފްސީއާއި އެސްޓީއޯއާއި ގުޅިގެން ރާއްޖެއަށް ތެޔޮ އެތެރެ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތަކީ މުރާކާ ފައިނޭސްގެ ދަށުން 150 މިލިއަން ޑޮލަރު ހަރަދުވާ މަޝްރޫއުއެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި އައިޓީއެފްސީގެ ސީއީއޯ ސަލީމް ވިދާޅުވީ، އެ ކޯޕަރޭޝަނުން އެންމެ ބޮޑަށް އެހީދޭ އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސްވެރިކަން ފަދަ ދާއިރާތަކަށް އިތުރަށް އެހީވާނެ ކަމަށެވެ.

‎އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަން އާއި ރާއްޖެ އާ ދެމެދު ފްރޭމްވާރކް އެގްރިމަންޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މީގެ އިތުރުން އެނާ ވަމީ ކޯޕަރޭޝަނުގެ މެމްބަރަކަށް ވުމަށްވެސް ރާއްޖެއަށް ދައުވަތު އަރުވާފައެވެ.

‎އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަން އާއި ރާއްޖެ އާ ދެމެދު ފްރޭމްވާރކް އެގްރިމަންޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ކޯފަރޭޝަންއާއި ރާއްޖެއާއި އޮތް ގުޅުން އަހަރެއް އަހަރަކަށް ބަދަހިވަމުން އަންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއިން ލިބުނު މެހެމާންދާރީކަމުގެ ފުރިހަމަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ދަށުން ހިންގާ ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނެކެވެ. މިކޯޕަރޭޝަަންއިން ދަނީ މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް މާލީ ގޮތުން އެހީތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    މިސަރުކާރުން ނަގާ މިފަދަލޯނުތައް ދަރަންޏަށް ނުވާތީ ގިނަގިނައިން އަނބުރާދައްކާގޮތަށް ލޯނުނެގުން ވ ރަގަޅު