މަސްވެރިކަން ކުރަން ނިކުމެ އުޅުނު ތުލުސްދޫ ލޯންޗަކަށް ހޮނު އަޅައިފިއެވެ.
ރިވާ ސައިޑް 1 ނަމަކަށް ކިޔާ އެ ލޯންޗަށް ހޮނު އެެޅީ 15:35 ހާއިރު ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލިގިލި ބޭރުގައި އަޅައިގެން ތިއްބާއެވެ.
ލޯންޗަށް ހޮނުއެޅުމާއެކު ލޯންޗުގައި ރޯވިއެވެ. އެހެން ނަމަވެސް ލޯންޗުގެ ކައްޕިގެ ހުށިޔާރުކަމުން އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން އަލިފާން ނިއްވާލިއެވެ.
މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ.
މިހާރު ފުލުހުންގެ އެހީތެރިކަމާއެކު އެ ލޯންޗް ތުލުސްދޫއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"ވަގުތު"އާ ވާހަކަދައްކަމުން މި ހާދިސާ ހިނގިއިރު، ލޯންޗުގައި ހުރި މީހަކު ބުނީ، މި ހާދިސާ ހިނގިއިރު ލޯންޗުގައި ހަތް މީހަކު ތިބި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"އެއްވެސް މީހަކަށް ގެއްލުމެއް ނުއެއް ވޭ. ދެން އެކަމަކު އެއް ކުއްޖެއްގެ އަތުގައި އިން ގަޑި ހަލާކުވީ، އެ ގަޑި ހަލާކުވީ، އޭނާ އެތޭރަގައި ހޮޅިގައި ހިފައިގެން އިނީމަ ކަރަންޓް އަންނާނެތޯ އެ ވަގުތު މުޅި އޮޑިއަށް، އެވަގުތު އޭނާގެ ގަޑި ހަލާކުވީ". މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި އިން މީހަކު ބުންޏެެވެ.
އެ ލޯންޗަކީ 30 މީހުންގެ ޖާގައިގެ ލޯންޗެކެވެ.
ރާއްޖޭގަ ބޭނުންކުރާއުޅަނދު ތަކުގަނުހުރޭ ލައިޓިނިންސިސްޓަމް އަޅާފައެއް ބައެއްސަފާރީތަކުގަ ހުރޭ ބައެއް އިމާރާއްތަކުގަ ހުނައިރު އެޓެސްޓެއްނުކުރޭ ރަނގަޅުތޯބަލަން ކަނޑުމަތީގަނަމަ އެއްމެ ފުރުސަތުބޮޑީ ދުއްވާލޯންޗްކަށްއެޅުން އޭގަބޭނުންކުރާ ވަސީލައްތައްވެސް ހުރެފަ ކަނޑުމަތީގައުސްވާނީ އުޅަނދެއްވީމަ
މާތްﷲ އަށް ޙަމްދާއި ޝުކުރުކުރަން. އަތުގައަޅާފައޮތް ގަޑި ހަލާކުވެގެން ދިޔައިރުވެސް އެކަލާނގެ ރަޙްމަތްފުޅުގެ ތަނަވަސްކަމުން މީހާއަށް އެއްވެސް ކަމެއްނުވި. މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލްކުރުމަށް އަމިއްލަ ނަފްސަށާއި ތިޔަ އެންމެ ބޭފުޅުންނަށް ނަސޭހަތްތެރިވަން.