ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އިވިވަޑައިގަތް ވާހަކައެއްގެ ސަބަބުން ހެމުންގޮސް އިށީނދެވަޑައިގެން ހުންނެވި އުނދޯލިން ނުވެއްޓުނީ ކިރިޔާ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، ރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، "ސަރުކާރުން ފެންފޮދަކާނުލާ ބަޖެޓް ދިރުވާލައިފިއޭ ބުނީމާ ހެމުން ގޮސް އުނދޯލިން ނުވެއްޓުނީ ކިރިޔާ" ކަމަށެވެ.

ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ގެންދެވި ވަގުތު ނަގާފައިވާ ފޮޓޯއެއް އާންމުކުރައްވަމުން ކުރެއްވި މި ޓްވީޓުގައި ރޮޒައިނާ ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އަލަށް މި ސަރުކާރުން ފެއްޓެވި މަޝްރޫޢެއް ދެއްކުމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވަމުން ރޮޒައިނާ ވިދާޅުވީ، ސަރުކާރުން ފެށި މަޝްރޫޢުތަކުގެ ތެރޭގައި "މީދޫ ބަނދަރު! މަރަދޫ ފޭދޫ ބަނދަރު! ހުޅުމީދީ ހެލްތް ސެންޓަރ އެކްސްޓެންޝަން .އީޓީސީ." ހިމެނޭ ކަމަށެވެ.

ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، "އެޖެންޑާ 19 އަކީ ދިވެހި ރައްޔިތުންނަށް އުފުލޭވަރު އެއްޗެއް ނޫން." ކަމަށާއި އަދިވެސް އަންނަނީ ވައުދުތައް ވަމުން ކަމަށާއި ނަމަވެސް ވައުދުތައް ފުއްދެމުން ނުދާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ނިމިގެން ދިޔައިރު 270 މަޝްރޫޢުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ ނަމަވެސް އެމަޝްރޫޢުތައް ވެސް ނިމެމުން ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވައުދުތައް އަންނަވަރުން އޮބިނޯވޭ. ނަމަވެސް އެއްވެސް ކަމެއް ކުރެވޭ ވަރެއް ނުވޭ." ޔާމީން ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓް ބޭނުން ކުރަމުންދާ ގޮތައް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ 34 ބިލިއަން ރުފިޔާ މިއަހަރު ވެސް "ފެންފޮދަކާއި ނުލައި ދިރުވާލައިފި" ކަމަށެވެ. އަދި މިއަންނަ އަހަރު 40 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އެއީ މާބޮޑަށް ބަދަލެއް ނޫން ކަމަށާއި، މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 65 ބިލިއަނަށް އަރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޔާމީން

  ދެން މާ ރީތިކޮށް ހޭ މީހެއްތަމީ.. އަހަރެމެންނަށް ވަރިހަމަ ހެމުންހެމުން ގޮސް ފާހާނާތަށި މަތިން ވެއްޓުނަސް.

  166
  10
  • ބޭބެ

   ދެން މީނާ ބޮޑު މުސާރަ ނަގައިގެން ސަރުކާރުތެރެއިންވެސް ލިބުނުހާ އެއްޗެއް ކައިގެން ބަނޑު ބޮޑުކޮށްގެން އޮނދޯއްޔަށް އަރާ އޮވެ ކިތަންމެ ވަރަކަށް ހޭން އޮތަސް ތިބުނާ ކަމެއް ނުކުރޭ އައްޑޫ ސިޓީގެ މީނާ ތަމްސީލުކުރާ ދާއިރާގައި! ހީމަ ވާހާވެސް ކަމަކީ މީނާގެ ދަށް ބަނޑުކޮޅަށް ތަދުވުން! ވަރަށް ލަދުހަޔާތް ކުޑަވެގެން އުޅޭ އެއްޗެއް! މީނާ މިހިރީ ކުރީގެ މެމްބަރަކު މަޖްލިސްތެރޭ ހުރެ ކޯދުވުނު ފެންވެސް ބޮޔެފަ! ދެން ކައިފަ ބޮއިފަ ހަދާނެ ކޮންމެ އެއްޗެއް ފެނުނަސް! ތިމާ ހޮވި ރައްޔިތުންގެ ލާބަޔަށް މަސައްކަތެއް ނުކުރޭ! ރައްޔިތުން އެތިބެނީ ޓެކްސް ދައްކާލަ ދައްކާލަ ހަނާވާން! މިމީހުން ބޮޑެތި އަދަދުން ފައިސާ ނަގައިގެން މިތިބެނީ އުނދޯލީގައި ހޭން!

   79
   2
 2. ސޫދާ

  ރޮޒޭނާ ހުޅުދޫ މީދޫ ހެލްތް ސެންޓާ ހަދަމުންދާ ގޮތް ކަލޭމެންގެ ޕާޓީ އިބްރާހިމްދީދީ (ކުދުގޭ) ކުރީދުވަހު ދައްކާލި. މީދޫ ބަނދަރު؟ މަހަމަ ހީހީ ކިރިޔާ ފެއިންޓްނުވީ

  151
  8
 3. އަޖުވަދު

  ރޮޒޭ ތީގެން މަސައްކަތެއް ކުރާބާ އަމަލީ ގޮތުން. އައްޑޫ މީހުން އުޅޭ ހާލު ތިތާ އިނދެ ނޭނގޭނެ.

  132
  5
 4. Anonymous

  އެއީ ދޮގެއްތަ؟ އަމިއްލަ ނަފުސަށް މަލާމާތް ކޮށްފަ ތިހެނީ

  142
  6
 5. ރަންފައުނު

  ރޮޒޭނާ ތިއީ މިހާރު ނަޝީދު ފޮލޯކުރާ ނަޝީދުގެ ޕާޓީ މީހެއްނުން؟ އެހެންވީމާ ކަލެއަށް ދުވާލު ފެންނާނީ ރޭގަނޑުގެ ގޮތުގައި، ޙައްޤު ފެންނާނީ ބާޠިލްގެ ގޮތުގައި. ތިއީ އިބްލީސްގެ ފޮލޯވަރުން

  86
  3
 6. ޑދދ

  ތިއީ ބަންޑާރަކަފަ ލެއްވި ބާލީސް ކަމެއް ހިތަކަށްނާރަ އަގަތައްމިނަށް ހުޅުވާއިރު!

  74
  1
 7. ކެެކެކެ

  ދެން އަޅެ ހެމުން ހެމުންގޮސް ވެއްޓުން ނަމަ ކިހިނެއްވާނީ؟

  61
  2
 8. ނަފީސާ

  ހަގީގަތަކީ ހުޅުދޫ މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތަކީ ކުރީސަރުކާރުން އިސްނެގު މެއް.

  57
  2
 9. ހުސެން

  އަސްލު؟

  26
  1
 10. ގުރައިޝާ

  މިއީ ވަރަޑް ހަޔާތްކުޑަ މީހެއް...

  58
  2
  • ބޯހަލާކު 12

   މީކާކު؟ ލަދުގެ ކަންފުޅެއްނެތް އަދި އަހަރުމެން ހޭނެދުވަސް ކުރިއަށް އޮތީ ކަލޭ ތީމީދޫމީހުން ލަދުގަންނަވަން އުޅޭމީހެއް މައިތިރިވެގެން ހުރެބަލަކޮންކަމެއް ކުރެވުނީ އެއްކަމެއްވެސް ނުވޭ އަގައިން ކަންތައް ކުރަނީ ލޮލަކަށްނުފެނޭ ރަތްޔަތުންގެ ގެލާރި ކައި ހުސްކުރަނީ ލާދީނީ ގުރޫޕް

   31
 11. މަރިޔަމް

  ޖަލްސާ ބަލާކަން ފަޅާއެރީ.... ހަަޖަމް ނުވަނީ

  17
 12. ޛސ

  އަނގަ ފުރޭތަ

 13. ކޮތަރު

  ކޮންމެއަކަސް ރޮޒޭ ފަކީރު ވަރަށް ބޮޑަށް ޔާމީން ދެކެލޯބިވޭ. ސިދާ ލޯބިހުށަހަޅަން ނުކެރިގެން ތޯއްޗެއް މިއުޅެނީ. މަޖިލީހުގަވެސް ގޭގަވެސް ފާޚާނާގެވެސް އަދި އުނދޯއްޔާ އެނދުގަވެސް މިއިނދެވެނީ ހަމަ އެޚިޔާލުތަކުގަ. ބައެއްފަހަރަށް ހެވޭ. އަނެއްބައި ފަހަރަށް ރޮވޭ. ކީއްކުރާނީ. ޔާމީނަކީ މީހަކު ޖަހާހާ ބެރަކަށް ނައްޓަވާނެ ބޭފުޅެއް ނޫނިއްޔަ.

 14. ޔޫސުފު

  ޢެއީ ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ފަށަން ނިންމާ ލާރިވެސް ހަވާލުކޮއްފަ ހުރި މަޝްރޫތައް، ކޮންބަޔަކު އޮޅުވާލަން ކަލޭތިއެނީ، މަރަދޫ ބަނދަރު ނިންމާފަ މަރަދޫ ފޭދޫ ބަނދަރު ފަށަންއޮތީ ހުރިހާކަމެއް ނިމިފަ.