ޤާނޫނުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަން ނިންމުމުން ސަރުކާރާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައި ވަނިކޮށް މިއަދު މަޖިލިސް ރައީސް އަނެއްކާވެސް ސަރުކާރަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ސަރުކާރުގެ ނަން ފާޅުގައި ފާހަގަ ނުރައްކާ، ނަމަވެސް ސަރުކާރުގެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ މިއީ ދިވެހި ދައުލަތުގެ ޤާނޫނު ހަދާ މަޖިލިސް ކަމަށާއި އޮޅިވަޑައިގެންފައި އެއްވެސް ބޭފުޅަކު ހުރެދާނެތީ އެވާހަކަ ދަންނަވާލާ ކަމަށެވެ.

"ޤާނޫނު އަސާސީ ބުނާ ގޮތުން ޤާނޫނުތައް ހެދުމުގެ ހުރިހާ ބާރެއް ލިބިފައި ވަނީ މަޖިލީހަށް ކަމަށް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މެންބަރުންނަށާއި މުގައްރިރުންނަށް ވެސް ދަންނަވާލަން ބޭނުން ވަނީ ޤާނޫނުތައް ހަދާނީ މަޖިލީހުން ކަމަށެވެ. ނަމަވެސް ބަންޑާރަނައިބު ހުށަހަޅަން ބޭނުންވާ ޤާނޫނެއް މިމަޖިލީހަށް ހުށަހަޅަން އެއްވެސް ހުރަހެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޤާނޫނުތައް ހެދުމަށް ދައުލަތުގެ ވުޒާރަތަކާއި އިދާރާތަކާއި މުއައްސާތައް ބޭނުން ކުރުން އަދި މަޝްވަރާ ހޯދުން އެއީ އިންތިހާއަށް މުހިއްމުކަމެއް." ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުން މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން މަޖިލީހުގެ ވަސީލަތްތައް އެމްޑީޕީން ބިލްތައް ޑްރާފްޓް ކުރަން ބޭނުން ކުރާކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށާއި ނަމަވެސް އެވަސީލަތްތައް ބޭނުން ކުރަނީ "މެންބަރުންގެ ގެއަށް ލައިގެން ކާއެއްޗެހި ހޯދާކަށް ނޫން." ކަމަށެވެ. "ބިލްތައް ޑްރާފްޓް ކުރަން އެވަސީލަތްތައް ބޭނުން ކުރަނީ. މިތަނުގެ ވަސީލަތްތައް ބޭނުން ކުރާނީ ޤާނޫނު ހެދުމަށް ކަމަށް ދައުލަތުން އޮތީ ކަނޑައަޅާފައި." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ފެނުމުގައި މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.

"ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެދުމުގެ މަސައްކަތް ދާނީ ކުރިއަށް." ނަޝީދު މިއަދު ވެސް ވިދާޅުވިއެވެ.

ގޮތްދޫނުކުރާނެ ކަމަށް ނަޝީދު މިއަދު ވެސް ވިދާޅުވިއިރު ސަރުކާރުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް މަޖިލީހުން ޑްރާފްޓް ކުރުމަކީ ރައީސް ޞާލިހް އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޚިޔާލެއް

    މިހާރު މިއޮތް މަޖިލިސް އުވާލާފައި އައު މަޖިލީހެއް އިންތިޚާބުކުރަން ފެނެއެވެ.

    194
    8
    • ކަޗޯރު

      ތިހެން ހަދައިގެން ވެސް ކެނެރީގޭ މީހުންނ ބޯގަންވިލާ ކަޗޯރީންގެ ދުއްޕާނުން މި ޤައުމު މިންޖު ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.. ރައްޔިތުން ޤައުމުގެ ވަލީ ހަވާލުކުރީ ނަޝީދަކަށް ނޫން މީނަގެ ދުއްޕާނާހެދި ރައީސަށް ސަރުކާރެއް ނުހިންގޭ.. އަވަދިވެސް އެތެރޭން އަންނަ ހަމަލާތަކުގެ ޑިފެންސަށް ކުޅެންޖެހިފަ މި އޮންނަނީ.. ނަޝީދު ސައިޒުކުރެވިގެން ނޫނީ މިރާއްޖޭގަ އެއްވެސް ވެރިޔަކަށް ހަމަޖެހިގެން ވެރިކަމެއް ކުރެވޭނެކަމަކަށް ނުފެނޭ

      44
      1
    • ރައްޔިތުމީހާ

      މީ ރައްޔިތުންގެ ނިންމުން.. ރައްޔިތުން ބޭނުންވިގޮތް 5 އަހަރުވަންދެން ދެން އަނގަމަޑުންލައިގެން ތިބޭ.. މި ފަސްއަހަރުތެރޭ ސެކިއުލާ ދައުލަތުގެ ނިޒާމެއް، އަނެއް ގައުމިއްޔަތެއް ގާއިމުކޮށް ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކޮށްލާނެ...

      25
      8
      • ހައްޕުނޑު

        ރައްޔިތުން ނަޝީދަކަށް ވެރިކަމެއް ނުދޭ. ވެރިކަން ހަވާލުކުރީ ކޯލިޝަނަކާ އެންޑީޕީއަކަށްވެސް ނޫން.. އެހެންވީމަ ހައިަިއްޔަތެއް ނެތް މިހާރަކު..5 އަހަރޭ ވާނެބާ ބަލަން މިތިބީ ތި ހަދާ އެއްޗެއް

        13
  2. އައްޑޫސިޓީ

    ތިޔައީގާނޫނު ހަދާމަޖިލިސްއެއް ނޫން. ތިޔައީ ގާރޫނުގެ މަޖިލިސް.

    127
    5
  3. ފިތުނަވެރި ދަކްތޫރު

    ކަލޯ މިއޮތީ އެއްއުރައެއްގައި ދެކަނޑި ދެންވާނީ ކިހިނެތް، ދޭތިވެސް ލާދީނީ

    116
    5
    • Anonymous

      އެއީ ޑްރާމާ ކުޅޭ ދެކުދިން. މިކަލޭގެ ބުންޏެއްނު އޭނައާ އިބޫއާ ޖެހޭނެ އެއްގޮތެއްވެސް ނޯންނާނެއޭ. އެއީ ތެދު. ރައްޔިތުންނަށް އޮޅުވާލުމަށް މި ދޭތިވެސް ޑްރާމާ ކުޅޭނެ. ރައްޔިތުންނަކީ ވިސްނޭ ބައެއްނަމަ މިކަން ދެނެތިބޭނީ. މިއޮތީ ފިރުއަނުގެ ދުވަސްވަރު ދިވެހިން ލިބިގަނެފައި.

      66
      2
  4. އަޙްމަދު

    ނަޝީދު އެވިދާލުވި ބަހުގެ މާނައަކީ އިބްރާހިމް މުޙައްމަދު ސޯލިހް ވެރިކަމުން ދުރުކޮށްލެވެނެ ވާހަކަ ހެން ހީވަނީ. 65 މެންބަރުންގެ މެޖޯރިޓީ ބޭނުން ކޮށްގެން! އެކަމަކު ހާދަ ހީއެއް ނުވެޔޭ 65 ވޯޓް ލިބޭނެހެން! ޙިޔާކުގެ ކޮމެންޓަށް %100 ތާޢީދު!

    74
    3
  5. علي وحيد

    ސޮރީ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެފަ ވާނެ ނަސީދު އާއި ތިމަންނަ އާއި ، ދެމެދު އެއްވެސް ކަމެއް ނޯންނާނެޔޭ އަދި އަހަރެމެން ދެ މީހުން ދޭތެރެ ރުޅިވެރިކަން އުފެއްދޭނެ މީހަކުވެސް ނުހުންނާނެ ކަމަށް އަދި ޤައުމުގެ ކަންކަން މިދަނީ ނުބައި މިސްރާބަކަށް ކަމަށް މިހެން ދައްކާފަހުރި ވާހަކަ ތަކާއި عمل ތަކަށް ބަލާއިރު ޤައުމު ކޮންމެ ގޮތަކަށް ދާންދޫކޮށްލަންޖެހުނަސް ހެވޭ ބުނާފަދަ ވިސްނުމެއް ހުރިކަން ދައްކާފަހުރިކަން ފާހަގަ ކުރެވެއެވެ

    60
    1
  6. ރާޖަޕަކްސާ

    ރައީސް ނަޝީދު އެބަޖެހޭ އެމްޑީޕީގެ ދިފާއުގައި ނުކުންނަވަން މިހާރު މިސަރުކާރު މިގެންދަނީ ގާދޫކޮޅުން ބޭރުކޮށްލާން ބައެއްގެ ވަބާގައި ޖެހިގެން.

    8
    80
  7. Alibe

    މިސަރުކާރު ނިމުމަކަށް އަންނާނީ މިކަލޭގެ ސަބަބުން.

    56
    1
  8. ދިރާސާ

    ގާނޫނުހަދާ މަޖިލިސްނަމަވެސް ބޭނުންހާގޮތަކަށް ގާނޫނެއްނުހެދޭނެ ދިވެހިރާއްޖެއަކީ އިސްލާމީ
    ގައުމެއް ވީމާ، ގާނޫނުވެސް ހެދޭނީ އިސްލާމްދީނާފުށުނާރާގޮތަކަށް މިނޫންގޮތަކަށް (އެހެންދީންތައްއޮންނަގޮތަށް އެއްޖިންސުން ކާވެނިކުރުމަށް ބަގުރާބުއިމަށް މުސްލިމްނޫން އެހެންފަރާތަކުން ދިވެހިރާއްޖޭގައި ވެރިކަންކުރުމަށް ބުދަށްއަޅުކަންކުރުމަށް ، ގެރިއަށް އަޅުކަންކުރުމަށް ގައުމުއަޅުވެތިވާގޮތަށް ) ހުއްދަވާގޮތަށް ގާނޫނެއްހެދިކަމުގައިވިއަސް އެގާނޫނު ރައީސްއަކަށްހުންނަވާބޭފުޅަކު ތަސްދީޤްކުރެއްވުމުގެކުރިން ގާނޫނަކަށްނުވާނެ ނަޝީދަށް ހީފުޅުވެލައްވަނީތޯ ދީނަށްފުރައްސާރަކުރާފަރާތެއް މަޖިލީހުގެ ރައީސަކަށް ހުންނަވާ މަޖިލީހުގެ އަޢްލަބިއްޔަތުލިބިލައްވާފައިއޮތީމަ ދިވެހިރަށްޔިތުން ގަބޫލްނުުކުރައްވާ ގާނޫނުހެދިދާނެކަމަށް ހަދަންނޫޅުއްވާ

    16
  9. ހުވަދޫ ޑޮކް

    " އިބްރާހިމް މުހަންމަދު ސޯލިހް އޮޅިވަޑައިގެން ނުއުޅުއްވާތި، މިއީ ރައްޔިތުންގެ ޤާނޫނު ހަދާ މަޖުލިސް، ޤަޢުމު ހިންގުމުގެ ބާރު މިވަނީ މި މަޖުލީހަށް ހޯދައިގަނެވިފައި " މިހެން ދެންނެވުން އެހާ ދުރެއް ނޫންކަމަށް ސިޔާސީ މުފައްކިރުން އެބަ ލަފާކުރައްވާ !! ދެ ރައީސުންނަށްވެސް ސަލާމެވެ.

    8
    1
  10. ގޮއިވެރިބެ

    މީދާކެއި އުބެއް ހުއްޓަސް މިހެން ސަރުކާރެއް ހިންގިދާނެ!

    46
    2
  11. އެންދެރި

    މަޖްލިސް އުވާލުމުގެ ބާރު ރައީސް އަށް އެބަ އޮތެވެ.

    40
    1
  12. ޕީސިކްސް

    ޤާނޫނު ހަދާ މަޖިލިސް ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނޯކޮންފިޑެންސް ވޯޓެއް ނަގާވަރަށް ނަޝީދު އަށް މަޖިލިހުން ވޯޓް ނުލިބޭނެ.

    13
  13. އަސީ

    ވެރިކަމުގަ ހުރިއިރުވެސް ހުރިހާކަމަކައް އަތްބާނަން ހަދައިގެން ވެއްޓުނީ ރީނުއެދުރަކައްނުވެ މަދުންހުންނެވުން ބުއްދިވެރިވާނެ.

    18
  14. ބަހަނާ

    މިމަޖިލީހެއް އުވާނުލެވޭނެ މިއީ ހަމަޤާނޫނު ހަދާމަޖިލިސް ސަރުކާރު ކިތައްމެވަރެއް ކުރިނަމަވެސް ޤާނޫނު ހަދާ މިޖިލީހަށް ޤާނޫނު ޑްރާފްޓްކުރެވެންޖެހޭނެ ގަދަވާނީ ނަޝީދު ޞާލިޙުބޭ ޖެހޭނީ އަހަރުމެންނާ އެކުގަ މަސައްކަތްކުރަން މިއީ ޞާލިޙުބޭގެ އަމިއްލަ ސަރުކާރެއްނޫ މިއީ އެތައްބައެއްގެ މިންނެތްމަސައްކަތް މީގެތެރޭގަ އަންނި، ގާސިމް، މައުމޫނު، އިމްރާނު، ޞާލިޙް، އީ.ސީ ޝަރީފު މިމީސްމީހުން ގުރުބާންތަކެއްވި

    10
  15. އަލީ

    ރާއްޖެ ދުއް އެންމެ ނުބައި މީހާ... މީނަ ހިތުގަ އެބައޮތް ދިވެހިރާއްޖެއިން އިސްލާމް ދީން ފުހެލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަމޭ..

    24
    1
  16. އިްކލީލް

    ތިޔަބުނާ ޞާލިޙަކަށް ލިބުނު 60000 ވޯޓަކީ ނަޝީދަށްޓަކައި ދިން ވޯޓް! ނަޝީދު އެވަރުން ނޫޅުނުނަމަ 5000 ވޯޓުވެސް އޭނަޔަށް ނުލިބޭނެ! ޞާލިޙަށް އިތުރަށް ގުނި ވޯޓަކީ ޔާމީންގެ ވޯޓުން ވަގަށް ނެގި ވޯޓް!

    9
    9
  17. ޖާބެ

    މަޑުމަޑުން އިބޫ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް މަޖިލިސް ތެރެއިން ކުރެވެމުންދަނީ. އިބޫއަށް އޮތީ ދެގޮތެއް.
    ފުރަތަމައީ ޤާނޫނު އަސާސީ އިސްލާޙްކޮށް އިބޫއަކީ ރަމްޒީ ރައީސެއް ކަމަށް ހަދައި އަންނި އަކީ ބޮޑު ވަޒީރަށް ހަދައި ގައުމު ހިންގުމުގެ ހުރިހާ ބާރެއް އަންނިއަށްދިނުމަށް އިބޫ ރުހުން.
    ދެވަނައީ އިބޫ ފުރަތަމަ ކަމަށް ނުރުހޭނަމަ ވެރިކަމުން އަޒުލް ކުރުން. މިކަން ކުރާނީ މަޖިލީހުން. އެއަށްފަހު، އަންނި ވެރިކަމަށް އެރުން.
    މިއީ މިބުނާ އަނދިރި ދަޢުލަތުން މިހާރު ވަރަށް ބާރަށް ކުރިއަށް ގެންދާ އެޖެންޑާ 19 އަކީ. މިކަންދަނީ ވަރަށް ބާރަށް ކުރަމުން. ސަޕޯރޓްކުރަނީ އެމްޑީޕީގެ އެންމެހާ ގުންޑާއިން.

    10
    1
  18. މަހޭޝް

    އޭ މޮޔައިންނޭ އެއީ ތެދެކޭ އޭނަ ބުއްޏަސް
    ތިކަމުގަ އޮޅިގެން ތިއުޅެނީ ތަމެން ޕިންކީން ފުރަތަމަ ތި ހެދި މީހުން އެވާހަކަ އެގޮތަށް ތީގަ ލިޔުނުނަމަ މިއަދު ތިހެން ބުނެވޭނެ ޖާގަ އޮތީސް،

    2
    2
  19. ހުސެން

    އޮޅިފުޅުވަޑައިގެން އުޅެނީ ކާކުކަން ރައްޔިތުންނަށް އެބަ އިނގޭ،ފިރުއައުނު ވެސް ނިކަން ފުއްޕި.

    8
    1
  20. ސޔމ

    ތިމަނިކުފާނު ހީފުޅުކުރައްވަިގެން ތިޔަ އުޅުއްވަނީ ކުއްހީއެއް. ހިތައް އަރާހާ ޤާނުުނެއް ނެހެދޭނެ. އިސްލާމް ދީނާ ދެކޮޅު ބިލްތަކެއް ހަދަިގެން ރައީސް އމޞ ލައްވާ ތަންފީޒެއް ނުކުރެވޭނެ. ެއެމަނިކުފާނު މާތްވެގެންވާ އިސްލާމް ދީނާއި މި ޤަުމުގެ މިނިވަން ކަމާއި އިސްތިޤްލާލާ އަމާން ކަން ނަގައެއް ނުލާނެ. ވީމާ އމޞ ގެ ވެރިކަން ފެއިލް ކޮށްލަން މަސައްކަތް ނުކުރެއްވުން އެދެން.

  21. މިއަދު

    ނަޝީދަށް އޮޅިވަޑައި ނުގަންނަވާ ތިމަޖިލިސް އުވާލުމުގެ ބާރުވެސް އެބައޮތް ޤާނީގޮތުން އެއޚުރެވިދާނެކަމެއް

  22. ގާނޫނު

    ގާނޫނު ހަދާ މަޖިލީހަށް ގާނޫނު ޑްރާފްޓް ކޮށްގެން ގާނޫނެއް ނުހެދޭނެ. ގާނޫނު ހަދާ މަޖިލީހަށް ގާނޫނެއް ހުށަހަޅަން ޖެހޭނީ އެހެން ފަރާތަކުން. އެއީ ސާފު މައްސަލައެއްްް. ދޮގެއް ނުހަދައި ނުހުރޭވޭނެ ދޯ.