ސަރުކާރުން ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޮލަރެންސޭ" ވިދާޅުވެފައި ވީނަމަވެސް ކޮރަޕްޝަނުގެ އަމަލުތައް ނުހުއްޓުވޭނެ ކަމަށާއި އަދިވެސް ގިނަ ވަޒީފާތަކެއް ދެމުންދަނީ ކޮރަޕްޝަނުން ކަމަށް ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
އަފީފް މިމޭރުމުން ވިދާޅުވެފައި ވަނީ ދައުލަތުގެ ކުންފުނިތަކުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފައިވާ ކަރުދާސް، މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރަޒެސް ކޮމެޓީ އިން ދިރާސާކޮށް ފޮނުވާފައިވާ ރިޕޯޓަށް ބަހުސްކުރައްވަމުނެވެ.
އޭނާ ވިދަޅުވީ ކޮރަޕްޝަނަކީ ކިތަންމެ ވަރަކަށް ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ހައްލުވާނެ މައްސަލައެއްް ނޫންކަމަށެވެ. އަދި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ އަމަލުތަކާމެދު ވާހަކަދައްކަވަމުން ގެންދާއިރު މިހާރުވެސް ސަރުކާރުގެ ގިނަ ވަޒީފާތަކެއް ދެމުން ދަނީ ކޮރަޕްޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވިދާޅުވިޔަސް އެފަދަ ކަންކަން ހުއްޓުވެން ނެތް ކަމަށާއި އެކަމުގެ އެންމެ ބޮޑު ސަބަބަކީ އަދިވެސް މީގެ ކުރިން ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށް މަސައްކަތް ކުރަމުން ގެންދިޔަ ފަރާތްތައް ހަމަ އެ މަގާމުތަކުގައި ބައިތިއްބާފައި ތިބުން ކަމަށެވެ. އަދި ކޮރަޕްޝަނުގެ އަމަލުތައް ހިންގި މީހުން ކުރީގެ ރައީސް ޔާމީނުގެ ސަރުކާރު ބަދަލު ވުމާއެކު ސަރުކާރުގެ ކޯލިޝަނުގެ ޕާޓީތަކަށް ވަނުމުން އަނެއްކާވެސް އެފަރާތްތަކަށް މަގާމުތައް ދެމުން ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ސަރުކާރު ބަދަލުވުމާއެކު މި ފެނުނީ ކޮރަޕްޝަންގެ ކަންކަން ޔާމީންގެ ކައިރީގައި ހިންގަން ތިބެފައި އައިސް ޖުމްހޫރީ ޕާޓީއާ ގުޅުނީ، އައިސް ރައީސް މައުމޫންއާ ގުޅުނީ، އައިސް އަދާލަތު ޕާޓީއާ ގުޅުނީ. އެމީހުންނަށް ވަޒީފާ ދޭން މި ޖެހުނީ. އެތަނުގައި ބައިތިއްބަން މި ޖެހުނީ" އަފީފް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، ހަމައެކަނި ބިލް ބޯޑެއްގައި ޒީރޯ ޓޮލަރެންސް ޖަހައިގެން ތިބެވެން ނެތް ކަމަށާއި އެފަދަ އަމަލުތައް މަދުކުރުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ.
އިނގޭ ކަލޭނެނަކަށް ނުހުއްޓުވޭނެކަން. ކޮރރަޕްޓް ބަޔަކަށް ކިހިނެތއ ކޮރަޕްޝަން ހުއްޓުވެނީ. ކަލޭ ކެއި ލާރިގަނޑު އަދިވެސް އޮތީ
ޥަގުން ވައްކަން ކުރާނެ! ޥަޒީފާލިބެނީ ، ވަޒީފާތަކަށް ލަނީ، މަގާމްތަކަށް އިސްކުރަނީ، ރައްޔިތުން ވޯޓުން ހޮވަނީ އެކަހަލަ މީހުން ކަމަށްވައްޏާ ތިޔަކަން ހުއްޓުވޭނެބާ! ޢެބުނަނީ ކާނެވަރަކަށް ކާށޭ ނޫންބާ! ދެފަހަރު ދެއަގައިން ވާހަކަ ދެއްކިދާނެ!
ދެން ވެރިކަމަށް އެރީ ކޯންޗެކޭކިޔައިގެން ތަ . ރައްޔިތުން ވޯޓުން ހޮވުނީ ރަޢީސް ޔާމީން ، މަކަރާ ހީލަތުން ވެރިކަމަށް އެރީ ތިބައިގަނޑު. ތި އެމްޑީޕީ އެ ކިހިނެއް ރަނގަޅުވާނި ތިމީހުން ގެ ޕާޓީ ކުލައަށް ވެސް ބޭނުންކުރަނި ބުޑިސްޓުން ބުދުފައްޅީގަ ބޭނުންކުރާ ކުލައެ ކިހިނެއް ރަނގަޅުވާނި
0 ކުރެވޭނީ ކިހިނެއް. ސަރުކާރު ކުންފުނިތަކުގައި ތިބެނީ އޭގެ މީހުން. އަދި ޔުނިޓްތަކުގައިވެސް ތިބެނީ އޭގެ މީހުން ރަގަޅަށް މީހަކު މަސައްކަތް ކޮއްފިއްޔާ ޖަހަނީ ހަޖޫ. މަވެސް މީ ސަރުކާރު ކުންފުންޏެއްގައި އުޅޭތާ 29 އހަރުވެފައިވާ މީހެއް. މިވަރުގެ 0 ޓޮލަރެންސްއެއް ނުފެނޭ. ކައުންޓަރުން ފެށިގެން އެންމެ މައްޗަށް. ހުސް ނުކިޔަވާ މީހުން.
ކަލޭގެ ކޮރަޕްޓް ކަން އެނގޭ މީހުންވެސް ތިބޭނެ ދޯ.