ލ. ގަމުގެ ގެއެއްގެ މަސްފެންގަނޑަށް ވެއްޓި ހާލު ދެރަވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔަ ކުއްޖާ އިތުރު ފަރުވާ އަށް އިންޑިއާއިން ބޭރަށް ފޮނުވާލައިފިއެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ލ. ގަމުގެ ގެއެއްގެ ގޯތިތެރޭގައި ހުރި މަސްފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްގެން ފަރުވާދެމުން ދަނީ ދެ އަހަރުގެ ކުއްޖަކަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ގެއްލިގެން ހޯދަމުން ދަނިކޮށް އެކުއްޖާ ފެނިފައި ވަނީ މަސްފެންގަނޑުގެ އަޑީގައި އޮއްވައެވެ. އެ ކުއްޖާ ފެނުމާއެކު، އެ ކުއްޖާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ފުލުހެކެވެ. އެ ހޮސްޕިޓަލްގައިވެސް އެ ކުއްޖާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.

އަދި މިއަދު ކުއްޖާ އިންޑިއާއަށް ފުރުވާލި އިރުވެސް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ކުއްޖާގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އައިޖީއެމްއެޗް އިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައިކަލް މީހާަ

    މި މައުސޫމް ތުއްތު ކުއްޖާއަށް އަވަސްޝިފާއެއް ދެއްވާށި. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި، އާމީން.

    23
  2. ޔާމިން

    އާމީން

  3. ނިޒޫ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާންކޮ، އެ ތުއްތު މައުސޫމް ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި، އާމީން

  4. ނިޒޫ

    ހައްދަވާ ބޮޑުކުރެއްވަ ރަސްކަލާންކޮ، އެ ތުއްތު މައުސޫމް ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި، އާމީން