މާލެ ފަޅު ބޭރުން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މާލޭގެ ފަޅު ބޭރުން ދެ ލޯންޗު ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މިވަގުތު އެސަރަހައްދުގައި ހަރަކާތްތެވަރިމުންދާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާ ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްވި ދެ ލޯންޗް މިހާރު ވަނީ މާލޭގެ އެއް ނަންބަރު ފާލަމާ ދިމާލު ފަޅުތެރެއަށް ވައްދާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓުވި ދެ ލޯންޗުގެ ތެރެއިން އެ ލޯންޗަކީ ޅ. އަތޮޅުގެ ފެރީގެ ޚިދުމަތްދޭ ލޯންޗެވެ.

މިހާދިސާގައި އަނިޔާވި މީހުންނަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ.

އެ ދެމީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.