މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ގޮސް ސަލާމަތްކޮށްފިއެވެ.

ރަހީނުކޮށްފައި ހުރީ ބިދޭސީއެކެވެ.

މިއީ މި މަސް ތެރޭގައި މާލޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މީގެ ކުރިންވެސް ރަހީނުކޮށްފައި ވަނީ ބިދޭސީއެކެވެ. އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުވެސް ކުރިއެވެ.

މާލޭގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މާފަންނަނުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:14 ހާއިރު ލިބިގެން ފުލުހުން ހަރަކާތްތެރި ވި ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެގެއަށް ގޮސް އެ މީހާ ވަނީ ސަލާމަތްކޮށްފައެވެ.

އެ މީހާ ރަހީނުކޮށްފައި ވަނީ ދެ ބިދޭސީއެކެވެ. އޭނާ ރަހީނުކޮށް، އެ މީހުން އުޅުނީ އޭނާގެ އަތުން ފައިސާތަކެއް ހޯދާށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލޭގައި މީހަކު ރަހީނުކޮށްފި

މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ބަންގްލަދޭޝް މީހަކު، މާލޭގައި ރަހީނުކުރިއެވެ. އޭނާ ރވަނީ އޭނާ ރަހީނުކުރި މީހުން ކައިރިން އަމިއްލައަށް ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެރަ

    މިދެން ދޯ ބޮޑުވެއްޖެ ކަމެއް..... ދިވެހިންނޭ ކިޔަންވެސް ލަދުގަނޭ.... ހިތުން މުސްލިމުން އަމަލުން ޔަހޫދީން....ބޯހަލާކު

    11
    20
  2. dhanna nudhanna

    habaru kiyaafa comment kohba

  3. ފަލަޑޭ

    ރަހީނީ މޫސުމް.