މާލޭގެ ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައި، ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް އިއްޔެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބާރުގެ ބޭނުންކޮށްގެން އެތަނުގެ ތެރެއަށް ވަދެ ތިން މީހުން ވަނީ ސަލާމަތްކޮށްފައެވެ.

އަދި އެ މީހުން ރަހީނުކުރި މީހަކާއި ކުޑަކުއްޖަކު ވަނީ ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުއްޖާ ވަނީ އާއިލާއާއި ހަވާލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރަހީނުކޮށްފައި ތިބި ތިން މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ކޮށްފައެވެ. އިއްޔެ އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އެ މީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެލެކްސް ގަންޖާ

    ކުޑަކުދިން އެކަހަލަ ކަންތަކެއް ނުކުރާނެ ދެންކުރާނީ އެއަށްވުރެ ބޮޑުކަމެއް މިއޮތީވާ ޤާނޫނެއް

    17
  2. Anonymous

    ޢެމީހުން ރަހީނުކުރަންޖެހުމުގެ ސަބަބަކީ ކޮބައިބާ؟؟މިއީ މިހާރު އިންޑިއާގެ އަވަށަކަށްވީމަ އެގައުމުގަ އާއްމުކޮށް ހިންގާފަދަ ޖަރީމާތަށް މިގައުމުގެ ރައްޔިތުންވެސް ހިންގަންފެށީބާ؟؟

    15
  3. އަހަރެން

    ޖިނާއީ ކުށަކަށް އަރާގަތީމައި 18 ވާންޖެހޭތޯ؟ އެއީ އެކަމުގެ ލައިސަންސެއްތޯ ؟ ގާނޫނު ބަދަލު ކުރަން ފެނޭ. ޖިނާއީ ކުށް ފަތުގައި ލިޔެވެނީ 18 ވީމަތޯ ؟

    17
  4. ޢަބްދުލްމުހައިމިން

    ކުޑަ ކުއްޖަކަށް 3 މީހުން ރަހީނު ކުރެވޭތަ؟ ޢާއިލާ އަށް ނުބެލެހެއްޓިގެން އެހިސާބަށް ދެވިފައި އެހުރީ. ދެން ކުރާނީ އެއަށްވުރެ ބޮޑުކަމެއް. މިހާރުވެސް ނޭނގެ ގޭގައި ހުރިކަމެއް. ތިބުނާ ބަންދުގެ މުއްދަތުޖެހި މީހާގެ ވަނަވަރު ހާމަނުކުރާނަމަ، އޭގެ މާނައަކީ އޭނާ ގާތު ބުނެދެވެނީ ތަކުރާރުކޮށް އެކަން ކުރާށޭ! ފުލުހުންނަށް އެމަޢުލޫމާތު ހާމަނުކުރެވިގެން މިއުޅެނީ ކީއްވެބާ!

    18
  5. ައަހުމަދު

    ކުޑަކުދިން ނުކުރާނެ އެވަރުގެ ކަންތައް...ޖެހޭނީ ރިމާންޑް ގޮޅީގަ ބަހައްޓަން...މިގައުމުގެ ޒުވާން ޖީލް ހަލާކުވުމުގެ ސަބަބުތަކުގެ ތރރެއިން ވިޔާނުދާ ސަބަބެއްމި

    18
  6. ޖާނު

    ޓެސްޓް ކޮއްލަން އުމަރު ހޮވަމާ

  7. ކިނބޫ

    ދީނީގޮތުން ބާލިގުވާ އުމުރައްދިޔައީމަ އެއީ ބޮޑުމީހެއް. 18 އަށް ބަލާކަށް ނުޖެހޭ

  8. ސަކީލާ

    ކުދިންނޭ ކުޑަކުދިންގެ ހައްގުތަކަށް ބުރުއަރާކަހަލަގެ ވާހަކަ ނުދައްކާ ކޮމިޝަންތެކަށް ހާޒިރުކޮށްފާނެ

    3
    1
  9. ނަޝާ

    ކުޑަ ކުއްޖެކޭ ކިޔާފަ އެމީހާ ފޮރުވާނެކަމެއްނެތް. ޢެ ނުބައި އަމަލުހިންގީ ކޮންބައެއްކަން އެންމެންނަށް ހާމަކުރަން ޖެހޭނެ. ނުބައި ކަންކަން ކުރަން ފެންބޮވައި ގަނެފަ ތިބި މީސްމީހުނަށް ހިއްވަރު ތިދެނީ އެއައްވުރެ ބޮޑެތި ނުބައި ކަންކަންކުރުމަށް. ކުއްކުރާ މީހުންނަށް އަދަބުދޭން ބޭނުންނުވަންޏާ އެމީހުންގެ ފޮޓޯ ހާމަކުރޭ

  10. މެންޓޭ

    އެހެންތާ ވާނީ. މަންމަ ގާތުން ކިރުބޯ ކުޑަކުއްޖެއް ވިއްޔާ. އަޖައިބެއްކަހަލަ ގާނޫނުތަކެއް ހުރި ގައުމެއް މިއީ. ބޭކާރު ރައްޔިތުންގެ މަޖްލީހެއްވިއްޔާ. ހުސްވެސް ވެރިކަމާހެދި އުޅޭމީހުން.