ސްނެޕްޗެޓާއި، ޓެލެގްރާމާއި، ވައިބާ ފަދަ އެޕްލިކޭޝަންތަކުން އެކި މީހުންނާއި ވާހަކަ ދައްކައިގެން ގެސްޓްހައުސްތަކަށް މީހުން ގެންގޮސް ބަރަހަނާކޮށް އެމީހުން ބްލެކްމެއިލްކޮށް ފައިސާ އަތުލަމުން ދިއުމުގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ފުލުހުންނަށް ހުށަހެޅެމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ވަނީ ހުއްދަ ނޫން ގޮތުގައި މީހުން ހިފަހައްޓައި ފައިސާ އަތުލުމުގެ ފަސް މައްސަލައެއްގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ކޮށްފައެވެ. މީގެތެރެއިން ގިނަ މައްސަލަތަކީ މީގެ ކުރިން ވެސް މީޑިއާގައި ރިޕޯޓް ކޮށްފައިވާ މައްސަލަތެކެވެ.

މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖަރ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޗެޓްކޮށް ވާހަކަ ދައްކައިގެން މީހުން ގެސްޓްހައުސްތަކަށް ގެންގޮސް ފައިސާ ފޭރުމުގައި އަންހެނުން ވެސް ބައިވެރިވަމުންދަ ކަމަށެވެ.

"ސްނެޕްޗެޓް، ޓެލެގްރާމް، ވައިބާ ގްރޫޕްތަކުގައި ވެސް މިފަދަ ކުށްތަކަށް އަރައިގަންނަމުންދާ މީހުން ހަރަކާތްތެރިވަމުންދޭ. މިބާވަތުގެ މައްސަލަތަކުގައި އާއްމުގޮތެއްގައި މިކަން ހިނގަން މެދުވެރިވަނީ ތަފާތު ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކޮށްގެން، އެކި އުމުރުފުރާގެ އަންހެން ކުދިން ވެސް ބޭނުން ކޮށްގެން ޗެޓް ކުރުމަށް ފަހުގައި ބައްދަލުކުރުމަށް ކަމަށް ބުނެ ގެސްޓްހައުސްތަކަށާއި އެހެނިހެން ތަންތަނަށް ވިކްޓިމައިސްވާ ފަރާތްތައް ދިއުމުން އިތުރު ބަޔަކު އައިސް ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި، އެފަރާތްތަކަށް ބިރުދައްކައި، ވިކްޓިމައިޒްވާ ފަރާތްތައް ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ކުރުމަށްފަހުގައި އެފަރާތްތަކުގެ އަތުން ފައިސާ އާއި މޯބައިލް ފޯނާއި އަގުބޮޑުތަކެތި ފޭރިގެންކަން މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހްގީގުތަކަށް ފާހަގަ ކުރެވޭ." ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މިފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކުން އަންހެން ކުދިން ބޭނުންކޮށްގެން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފޮނުވައި ޗެޓްކޮށް ބައްދަލު ކުރަން ތަންތަނަށް ގެންގޮސް ތޫނު ހަތިޔާރުން ބިރު ދައްކައި ބްލެކްމެއިލް ކުރަނީ ވިކްޓިމައިސްވާ ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަނާޅާނެ ކަމަށް ގަބޫލުކޮށްގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މިފަދަ ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހެޅުނު ނަމަވެސް މައްސަލަ ހުށަހަޅާ ފަރާތްތަކުން ވެސް ފުލުހުންނަށް ފުރަތަމަ ރަނގަޅު މައުލޫމާތު ނުދޭ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ތަހްގީގު ކުރުމުގައި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތެފްޓް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވީ މީހުން ގެސްޓްހައުސްތަކަށް ގެންގޮސް ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ހިންގަމުން ގެންދަނީ ނެޓްވޯކްތަކަކުން ކަމަށެވެ. މިރޭ ފުލުހުން މައުލޫމާތު ހާމަކުރި ފަސް މައްސަލައިގެ ތެރެއިން ތިން މައްސަލައިގައި ހިމެނޭ މީހުން ބްލެކްމެއިލް ކުރަން ގެންގޮސްފައި ވަނީ ވިލިމާލޭގައި ހުންނަ ގެސްޓްހައުސްއަކަށެވެ.

އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ލަތީފް – ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ (ޖެރީ)
އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ލަތީފް – ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ (ޖެރީ)

ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މިފަދަ ބައެއް މައްސަލަތައް އަދިވެސް ފުލުހުންނަށް ހުށަނާޅައި އޮތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައި މައްސަލަތަކުގެ ތެދު މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްދެއްވުމަށް ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހަންމަދު

    ހުއްދަނޫންގޮތުގައި
    ހިލޭ އަންހެނުންނާއި ފިރިހެނުން
    ބައްދަލުކުރުވާ ގެގެސްޓްހައުސްތަކުގެ.
    ވެރިންނާމެދު ފިޔަވަޅު އަޅާނަމަ
    ތިގޮތަކަށް ތިކަންކަމެއް ނުހިންގޭނެ!
    ހައްލު ވަރަށްސާފު!

    46
    3
    • ހަހާހަހާ

      ގެސްޓް ހައުސް އަށް ގޮސް ފާޑުފާޑަށް އުޅޭ މީހުންތަށް ބްލެކް މެއިލް ވަނީ... ކީއްކުރަން ގެސްޓް ހައުސް އަށް ދަނީ!!! ކީއްކުރަން ނުބައި ނުލަފާ ފާހިޝް އަމަލްތައް ހިންގަން ގެސްޓް ހައުސް ތަކަށް ދަނީ!!!! ހަމަ ރަގަޅު

  2. ހޭރެވޭ

    ޢަހަންމަދު ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް.ފުލުހުންގެ އިންޓެލިޖެންސް ވަނީ ފެއިލްވެފަ ...ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖޭގެ ގިނަ ރަށްތައް ވެއްޖެ ...ﷲ ގެ އިރާދަޔާއެކު .މިނޫން ދުވަހެއް މި ދީބަށް ދައްކަވާށި.އާމީން

    23
    1
  3. MDP

    (ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކޮށްގެން، އެކި އުމުރުފުރާގެ އަންހެން ކުދިން ވެސް ބޭނުން ކޮށްގެން ޗެޓް ކުރުމަށް ފަހުގައި ބައްދަލުކުރުމަށް ކަމަށް ބުނެ ގެސްޓްހައުސްތަކަށާއި އެހެނިހެން ތަންތަނަށް ވިކްޓިމައިސްވާ ފަރާތްތައް ދިއުމުން) ދެން ތިޔަ ބުނަނީ މީ މިއަދު ވިހޭ ކުޑަކުދިންނޭތަ ކުޑަކުއްޖާ ނުނިނދާއިގެން މިގޭދޮށަށް ބުޅާ އަންނާނޭ ބުނީމަ ގަބޫލް ކޮއްލާއިގެން މަންމަ ބުނާބަސް އަހާއިގެން ނިދަން. ތިޔަ މީހުންގެ ނުބައި ނުލަފާ ކަމުންނެއް ނޫންތަ ކަނޑައެޅިގެން ﷲ ސުބުހާނަހޫވަތައާލާ ހަރާމް ކުރެއްވި ކަމަކަށް އަރައިގަތުމަށް ހިލޭއަންހެނަކަށް ހެއްލިގެން ޒިނޭ ކުރުމުގެ ނިޔަތުގައި އެކަހެރި ކޮށް ބައްދަލު ކުރުމަށް ގެސްޓް ހައުސް ފަދަ ތަންތަނަށް ތިޔަދަނީ. ދެން އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލް ވެސް ހޯދައި ދޭން ޖެހެނީ ދިވެހިސަރުކާރަށްތަ؟ އިސްލާމް ދީނާ ޙިލާފު ހުރިހާ ކަމެއް ކޮއްގެން ލިބޭގެއްލުމުގެ ބަދަލު ފުލުހުންނައި ސިފައިން ހޯދައިދޭކަމުގައި ވަނީނަމަ ތިޔަކަންތަކަށް ދުވަހަކުވެސް ހައްލެއް ނުލިބޭނެ. ފުލުހުން ތިޔަބުނަނީ ފާޅުގައި ކޮންމެ ގޮތަކުން ވެސް ޒިނޭ ކުރާށޭ ޒިނޭ ކުރާށޭ ކަލޭމެނަށް ގެއްލުންދޭ މީހުންހޯދައިގެން އެމީހުނަށް ތިމަންނަމެން އަދަބު ދޭނަމޭ. ކިހާ ހެއްވާ މުސްލިމް ގައުމެއްމީދެން.

    21
    3
  4. ޖާމުނަގަރު

    ގައުމު ހަލާކުވެއްޖެ //

    20
    2
  5. ޕީޕީއެމް ޝެއިޚް

    ޔާމީނުމެން މިޤަޢުމު ނޮޅާ ކާލިފަހުން މިޤަޢުމު ހަލާކުވެއްޖެ

    1
    3
  6. ހަނާ

    މިހާރު ތިފެންނަނީ އެޭރު ބުނިއެޖެންޑާ ނަވާރަ އަދިމުޅިން ފުރިހަމަ ނުވޭ މަޑުމަޑުން ދަނީ ބަދަލުވަމުން

  7. Anonymous

    އާއްމު ކޮށް ފިރިހެނުން ފިރިހެނުން ނާ ގުޅުން ހިންގަން ދަނީ ތަފާތު އެޕް ބޭނުން ކޮށްގެން ދެން ލަޑު ލިބެނީ

  8. ޔާމިނުޕީޕީއެމް

    ތި މީހުން ދޫކޮށްލައިފިޔާ އިހަށް ވުރެ ފުޅާކޮށް ތިކަން ކުރާނެ . މިސަރުކާރުގަ ހައްޔަރު ކުރާ ބަޔަކު ދެން އަންނަ ސަރުކާރެއްގަ ދޫކޮށްލައިގެން ކުށްވެރިންނެއް ނުހުއްޓުވޭނެ.

  9. Anonymous

    ހުރިހާ އެންމެނަށް އެކި ކަންކަމުގައި ވެދިން އެހީއަށް ފަށްފަށުން ޝުކުރިއްޔާ.. މަންމަ، ބައްޕަ، ދޮންބެ އަދި އާއިލާ، ތުއްތު އަދި އާއިލާއަށްް ހިތުގެ ފުންމިނުުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.. އެންމެން ދެކެވެސް ވަރަށް ލޯބިވޭ..

  10. ހަހާ

    ގެސްޓް ހައުސް އަށް ގޮސް ފާޑުފާޑަށް އުޅޭ މީހުންތަށް ބްލެކް މެއިލް ވަނީ... ކީއްކުރަން ގެސްޓް ހައުސް އަށް ދަނީ!!! ކީއްކުރަން ނުބައި ނުލަފާ ފާހިޝް އަމަލްތައް ހިންގަން ގެސްޓް ހައުސް ތަކަށް ދަނީ!!!! ހަމަ ރަގަޅު