މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިއްބައި ސަލާމަތްކުރި ތިން މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

އެތިން މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ވަނީ ތިން މީހުން ވެސް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް މިއަދު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ބާރުގެ ބޭނުންކޮށްގެން އެތަނުގެ ތެރެއަށް ވަދެ މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ރަހީނުކޮށްފައި ތިބި ތިން މީހުން ސަލާމަތްކޮށް، އެމީހުން ރަހީނުކުރި މައްސަލައިގައި ދެމީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.

ތިން މީހުން ރަހީނުކުރި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އެހެންވެ އެމީހުން ރަހީނު ކުރި ކޮން މަގުސަދެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

މީހުން ރަހީނު ކުރުމަކީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. އެފަދަ މައްސަލައެއްގައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކޮށްފިނަމަ 10 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    ގައުމެއްވެސް ރަށެއްވެސް ނެތެވެ.

  2. ބޯދިގުޒައީމް

    މިވެރިކަމުގަ އިމްރާންއާ އިބޫ އަދިކޯލިޝަން ޕާޓް ނަރްއިންނައް ރަނގަޅުފިލާވަޅެއްމިލިބުނީ މި5އަހަރު ނިމިދިޔަސަރުކާރުބޮލުގަ އަޅުވާނުލާކަމެތްނެއް މިދައުރު ނިމެމުންމިދަނީ ދުނިޔޭގެފެންވަރުގެ ރިކޯޑްތައްހަދަމުން ހުރިހާދާއިރާތަކަކުން ރެޔާ ދުވާލު ލިބުނުކުރިއެރުމަކީ އިމްރާން ހުދުވުން ބޯނުލާ ދެންމީނަ ނުކުމެވިއްކާނީއިސްލާހުކުރަން 5މަދޭ ލަދެއްހުރިނަމަ ކުރީއުޅުނުގޮތައް80މުންޑާ އެކް ގުރޫޕްތަކުގަ ބިރިޔާނީކައްކަންނިކުއްނާނީ މަދަނީ އަބްދުއްލާ ބުނިގޮތައް

  3. ނުސްރާ

    ޢެ ކުއްވެރިންގެ ފޮޓޯ ވެސް ނުޖަހާތޯ. ސިއްރުކުރީމަ ތިކަންތައްތައްކުރަން ހިއްވަރުދޯ އެ ދެވެނީ. މިއޮއް ކުޑަ ކުޑަ ގައުމު ހަލާކު ކުރަނީ މި ގައުމުގެ އިސްވެރިން ހަމަ

    7
    1
  4. ޗިކަން ޗޯސް

    ނަފްސާނީ ގޮތުން އެމީހުނައް ލިބިފަ ހުރި ގެއްލުން ބަލާލީމުތަ؟

  5. ދަރަނި ދަންތުރަ

    ސޯލިބޭ ބުނީ ގައުމު އަމާން އޮމާން ވެއްޖެ ކަމަށް ފުލުހުން ދޮގުހަދަނީީ

  6. ބޯހަލާކު

    ތިވާނީ ޑުރަގު ކޮޅެއްގެއްލިގެން ކުރިކަމަކަށް،،،،