ސިއްހީ ދާއިރާއިން މީހުން ތަމްރީންކޮށް އެ ދާއިރާ އަށް މީހުން އިތުރުކުރުމަށް އަދި ޕޮރޮގްރާމްތައް ހިންގުމުގައި ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް އެމްވީ މެޑިކަލްސް ޕްރައިވެޓް ލިމިޓެޑާއި އިންޑިއާގެ އެސްޓާ އެމްއައިއެމް އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިމަހުގެ 18 އިން 21 އަށް ދަރުބާރުގޭގައި ކުރިޔަށްދިޔަ "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019" ގެ ތެރެއިންނެވެ.

އެމްވީ މެޑިކަލްސްގެ މާރކެޓިންގް ޑިރެކްޓަރ އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހުސައިން ވިދާޅުވީ މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައި ވަނީ ރާށްްޖެއަށް ލިބިފައި ނެތް ވަސީލަތް ތަކާ ހިދުމަތް ތަކަށްކަމަށެވެ. އަދި ރާއްޖެއިން ލިބެންނެތް ސިއްހީ ހިދުމަތްތައް އެސްޓަރ މިމްސް މެދުވެރިކޮއް ލިބިގެން ދާނެކަމަށްވެސް ވަނީބުނެފައެވެ. ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮއްދިނުމަކީ އެންމެ ބޮޑަށް ބަލާނެ އެއްކަންތަށް ކަމަށްވެސް އަބްދުލް ޖަލީލް ހުސައިން ވިދާޅުވި އެވެ.

އެގޮތުން މި ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެފަރާތްތައް ތަމްރީނުވުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. އަދި ތަމްރީނު ވާން ބޭނުންވާ މީހުންނަށް ރާށްޖޭގައި ތިބެގެންނާއި ރާށްޖެއިން ބޭރުންވެސް އެފުރުސަތު ލިބިގެން ދާނެ އެވެ. އަދި ރާށްޖެއިން ބޭރުން ތަމްރީނުވާން ދާ މީހުންނަށް ގޮސް ތިބުމުގައި ހަރަދުވާ މިންވަރު ކުޑަވާނެ އެވެ.

މި އެއްްބަސްވުމުގެ ސަބަބުން މެޑިކަލް ޓޫރިޒަމް ފުޅާކުރުމަށް ވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށްވެސް ފަސޭހަވާނެ އެވެ. ސްޓާސް އެމްއައިއެމް އަކީ އިންޑިއާގެ އިތުރުން އެހެން ޤައުމުތަކުގައިވެސް ހޮސްޕިޓަލްތަށް ހިންގާ ބޮޑު ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަުފީ

    ތިޔަ ނަންތައް އަޑުއެހިތާގަ..

  2. ޒައީދު

    ދިވެހި ޓޫއަރިޒަމް ވަރައް އަވަހައް އިނދެޖެހޭނެ. މިތާގަ ޑިމާންޑައްވުރެ ސަޕްލައި ގިނަވެއްޖެ. ޓޫރިޒަމްގެ އަގު ވެއްޓި ލޯކަލް ޓޫރިޒަމާ ރިސޯޓް ޓޫރިޒަމަ ފުށުއަރާފަ ވަނީ. އަދި މިހާރު ދުނިޔޭގެ ފަތުރުވެރިކަން ދައްވަމުން އަންނަނީ ދުނިޔޭގެ އިގްތިސޯދު ދަށައްދަމުންދާތީވެ. ކުރިއައް އޮތް 3 އަހަރު ޓޫރިޒަމް ދާނީ ދަށައް. ފައިސާނެތިގެން ކުލި ނުދެއްކިގެން ރިސޯޓުތައް ބަނގުރޫޓުވާ މަންޒަރު ނިކަން އަވަހައް ފެންނާނެ. ބޭންކުތައްވެސް ހާލަތު ރަނގަޅެއް ނޫން، ރިއަލް އެސްޓޭޓް އުސޫލުން ފުލެޓް ތަރައްގީކުރަން ލޯނުދިން ބޭންކުތަކުގެ މާލީހާލަތު ދައްވާނެ.