މޯބައިލް ލެބޯރަޓަރީގެ ޚިދުމަތް ލ. އަތޮޅުގައި ރަސްމީކޮށްފަށައިފި އެވެ. މި ޚިދުމަތް ފައްޓަވައިދެއްވާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.
މި ޚިދުމަތް މިއަދު ރަސްމީކޮށް ފަށާފައިވާއިރު ލ. އަތޮޅުގެ ހަތަރު ރަށަކަށް މި ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން ލ.ދަނބިދޫ، މުންޑޫ، މާމެންދޫ އަދި ކުނަހަންދޫއަށް މި ޚިދުމަތް ލިބިގެންދާނެ އެވެ.
މި ޚިދުމަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށްރަށުގައި ޤާއިމްކޮށްފައިވާއިރު މިއީ އެ އަތޮޅުގެ ލެބޯރަޓަރީގެ ޚިދުމަތް ނުހުންނަ ރަށްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ
މި ޚިދުމަތާއެކު ލެބޯޓްރީ ސާމްޕަލް އެންމެ ކައިރީގައި ހުންނަ ލެބޯޓްރީއަކަށް ގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.
މި އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ޤާއިމްކުރެވިފައިވަނީ ލ.ގަމުގަ އެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 150 އަށް ވުރެ ގިނަ މީހުން މި ހޮސްޕިޓަލުގެ ލެބޯރަޓަރީގެ ބޭނުން ހިފާ ކަމަށް އެހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކިހާދެރަކަމެއް1000މީހުންހަމަނުވާރައްރައްބޮޑަތިރައްރަށައްބަދަލުކޮއްބަލަ،،،،،،،،،،،،،،ބޭކާރުކަންކަންނުކޮއްބަލަ.........ރާއްޖޭގަ30ހަކައްރަށުގަމީހުންއުޅޭގޮތްހަދާއަސާސީހިދުމަތްރަގަޅުކޮއްބަލަ........................މީމާގިނަލާރިތަކެއްލިބޭޤައުމެއްނޫނޭ.......