ހދ. ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަފައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީގައި ހުންނަ “ކަކާ” ނަމަކަށް ކިޔާ ގެއެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 4:16 ގައި ކަމަށާއި އަލިފާންގަނޑު ނިއްވާލެވިފައިވަނީ 4.40 ގައި ކަމަށެވެ.

ކަކާ ގޭގައި އަލިފާނުގެ ހާދިސާ ހިނގުމުން އެމްއެންޑީއެފުން ވަނީ ހަރާކާތްތެރި ވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެެއެވެ.

އެގޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުންބޭ

    އަލިފާން ސަރުކާރު

    18
    1
  2. އަލީ

    އަލިފާނުގެ ދުވަސްވަރެއް މިއީ... ބިރު ހުރިކަމެއް އެންމެން ތައުބާވޭ... ކުރިއަށް އޮތީ ކިހާ ބިރުވެރި ދުވަސް ތަކެއް ކަމެއް ނޭގޭ ހެޔޮ އަމަލު ގިނަ ކުރޭ ... ނަމާދު ކޮށް ހެޔޮ ދުއާ ކުރޭ