ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީރަޖިސްޓަރީ ކުރުމުގެ މަސައްކަތް މިއަދު ނުބާއްވަން އިކޮނޮމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.

ދާދި ފަހުން ފެށީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކޮންމެ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ދެއެވެ.

ނަމަވެސް މިހަފްތާގައި ރަޖިސްޓްރޭޝަން ކުރިޔަށް ނުދާނޭ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީއިން ވަނީ ދަނޑަށް ބިދޭސީން ވަންނަ ގޭޓު ކައިރީ އިއުލާނެއް ތަތްކޮށްފަ އެވެ. ބަންގްލަދޭޝް ބަހުން ވެސް ލިޔެފައިވާ އެ އިއުލާނުގައި ބުނެފައި ވަނީ ރީރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ފަށާނެ ތާރީހެއް އެ މިނިސްޓްރީ އިން އަންގާނެ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ދާދި ފަހުން ވަނީ "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.

އަދި ބިދޭސީން ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި ކުރިޔަށް ދާއިރު ދަނޑާއި އެ ސަރަހައްދު ބިދޭސީއިން ފުރާލަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް 63،000 ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ވީކަމެއް ހަރާމް. ތި ދިޔައީޗޮކުން. ބިދޭސީ މައްސަލަ ހައްލުވެނިމުނީ. ތިކަހަލަ ސްޓަންޓް ތިޖައްސަނީ ކާކަށް ދައްކަންތޯ. ދެން ތިކަން ތިނިމުނީއެވެ.

  2. ސާމީ

    ބިދޭސީންތައް މާލެއިން ގެންގޮސް ވަކިން ރަށެއްގަ ބައިތިއްބާ. ތިމީހުންނާއިގެން މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވެއްޖެ.

  3. ސަޓޯ

    މިމީހުން ރާއްޖެ އެތެރެވިގޮތް ނުބަލާ ބަންގާލިންގެ އަތުން އަނެއްކާ އިބުރޭ ލާރިނަގަނީ.. އައްޗީ... ބަންގާޅިން ފެލާ ސަރުކާރު އިސްތިއުފާ