މީހަކު ބުނީތީ ކަންކަމުގައި ޝިއާރު ފާޅު ނުކުރުމަށް އަންގައި ސިވިލް ސާވިސް މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން ނުސީދާ އިންޒާރެއް ދީފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިފަދަ އިންޒާރެއް ދީފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލު ކުރައްވައި އެމްޑީއެން އާއި ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިވުން ހުއްޓުވަން މަޝްވަރާ ކޮށްފައި ވަނިކޮށެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިހެން ބުނެފައި ވަނީ "ޤައުމީ ދުވަހުގެ އިލްތިމާސް" މި ނަމުގައި އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައެވެ.
"ޙިޔާލު ތަފާތުވުމާއި ދެބަސް ބަހުސް އުފެދޭ ކަންކަމުގައިވެސް، ރުޅި އިސްނުކޮށް ކެތްތެރިކަމާއި، ހެޔޮ ވިސްނުމުގެ ބޭނުންހިފައި ޤައުމާއި ރައްޔިތުންގެ މެދުގައި ބައިބައިވުމާއި، ފިތުނަ ފަސާދަ އަށް ޖާގަ ނުދެވޭ ގޮތެއްގެ މަތިން ބަސްމަގާއި އަމަލުތައް ގެންގުޅުމަކީ މިފަދަ ކަންކަމުގައި ކަންކުރަން އޮންނަ އެންމެ މޮޅު ގޮތްކަމާއިމެދު ޝައްކެއްނެތެވެ. އެހެންކަމުން، މީހަކު ބުނީތީ ކަމުގެ ދެކޮޅު ބެލުމެއްނެތި، ކަންކަމުގައި ޝިއާރުފާޅުކޮށް ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހެދުމަކީ ސިވިލް ސާރވަންޓުންގެ ސުލޫކީ މިންގަނޑާއި ޙިލާފުވާ ކަންކަމުގައި ވެސް ހަނދާންކޮށްދެމެވެ" އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސިވިލް ސަރވިސްގެ ޤާނޫނުގެ 18ވަނަ މާއްދާގެ (ހ) އިން ދިވެހި ސިވިލް ސަރވިސްގައި ޚިދުމަތްކުރާ މުވައްޒަފުންނަކީ ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއ،ި ރައްޔިތުންނަށް ވަފާތެރިކަމާއި އިޚްލާސްތެރިކަމާއި އެކު ޚިދުމަތް ކުރާ، ސިޔާސީގޮތުން ވަކި ފަރާތަކަށް ނުޖެހޭ، ޤާނޫނާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ، ގާބިލް ބަޔަކަށް ހެދުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗައް ލާޒިމްކޮށްފައި ވާއިރު، މި އުސޫލުތަކާއި މިންގަނޑުތަކުގެ ތެރޭގައި ސިވިލް ސަރވަންޓުންގެ އުޅުމާއި އަހުލާގު ބެހެއްޓުމަށްވެސް ހަނދާން ކޮށްދީފައެވެ.
މީގެ އިތުރުން، ސިވިލް ސަރވިސް މުވައްޒަފުން ނުރަސްމީ ގަޑި ތަކުގައިވެސް ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ނުކުރަށް ސިވިލް ސާވިސް ކޮމިޝަނުން އިލްތިމާސް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މިހާރު ފާޅުކުރަމުން މިގެންދާ ޝިޔާރަކީ ވަކިމީހަކު ބުނީތީ ކުރަން ޖެހޭ ކަމެއްނޫން މިއީ ތިޔަ އަމުރު ތިޔަނެރު މީހާއި އިސްލާމް ދީނައް ފުރައްސާކުރި މީހާއައި މިގައުމުގައި އުޅޭ ލާދީނީ މީހުން ނާއި މެދުގައި ފާޅުކުރަމުން ގެންދާ ޝިޔާރަކެވެ. މިފަދަމީހުން ﷲގެ ރަހުމަތުން ބޭރުވެދާނެތީ އަހަރުމެން ހިތާމަކުރަން
ޢަލީ ޝަމީމަކީ ނުބައި ނުލަފާ މީހެއް
މީހަކު ބުނެގެންތަ ޝިއާރު ފާޅުކުރަނީ މި. ނުހުއްޓުވޭނެ. ބޭން އެމްޑީއެން ބޭން އެމްޑީއެން ބޭން އެމްޑީއެން ބޭން އެމްޑީއެން
ގޮވާނަން ހަމަ. މީހަކު ބުނީތީ ފާޑުފާޑުގެ ބަޔާން ނެރެ ބިރުދައްކަން އުޅޭނެ ކަމެއް ނެތް.
މީހަކު ބުނީތީ ކަލޭމެންވެސް ފާޑުފާޑުގެ ނޫސްބަޔާން ނުނެރިބަލަ. ބޭން އެމްޑީއެން
ދައުލަތުގެ މުއައްސަސާތަށް މިނިވަންކުރަން ހަޅޭއްލެވި މީހުންނަށް ސަރުކާރުހިންގަންލިބުނީމަ މުއައްސަސާތަށް އަޅުވެތިކުރުމުމުގަ، ހައްދުފަހަނަޅާފަ ހުރި ޓެރަރިސްޓް ނަޝީދު އާ ސަރުކާރުގެ ނުލަފާކަން ދައްކަންފެށީދޯ؟ އަދި ދިވެހިން ސިވިލްސާވިސް މުވައްޒަފުންވިޔަސް ޚިޔާލުފާޅުކުރަމުންދަނީ ޤާނޫނުއަސާސީއާ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ލާދީނީ ހައްދުފަހަނަޅާފަވާ ޓެރަރިސްޓ ޖަމާއަތެއް ދިވެރާއްޖެ ފިތުނަކޮށް ބިރުވެރިކަން އުފައްދާތީ އެ ޖަމާއަތަށް ފިޔަވަޅުއެޅުމަށް. އެޖަމާއަތުގެ މަސައްކަތްހުއްޓުވާ އެޖަމާއަތުގެ މީހުންނަށް ފިޔަވަޅު އެޅުމަކީ ދިވެހި ރައްޔަތުންގެ ފައިސާއިން މުސާރަދީ އެކަންހަވާލުވެ ހުވާކޮށްގެން ތިބި ބައެއްގެ މައްޗަށް ވާޖިބުކަމެއް. ރައްޔަތުންނެއް އިންސާނުންދެކެ ބިރެއްނުގަންނާނެ. ހަމައެކަނި ބިރުގަންނާނީ ﷲ ދެކެ. ވާޤި އެދޭނީވެސް އެފަރާތުން. ވަޒީފާދެއްވަނީވެސް ރިޒުޤު ދެއްވަނީ ވެސް ﷲ ސުބުހާނަހޫ ވަތާޢާލާ. ޢެމްޑީޕީ އެއްނޫން.
ތިޔަ ކޮމިޝަނުގެވެރި މީހާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވަން ކޮމިޝަނަކަށް ވިއަސް މިނިސްޓްރީ އަކަށް ވިއަސް މީހުން ޚިޔާލު ފާޅު ކުރަނީ އެބައެއްގެ ދިނާއި ރަސޫލާއަށް ހަޖޫޖަހާ ބަދުބަސް ބުނާތި އެބަޔަކާއި ދެކޮޅަށް ތިކޮމިޝަނާ ދެކޮޅަށް ނޫން
އަލީ ޝަމީމަކީ ލާދީނީ ފިކުރަށް ގޮވާލާމީހެއްތޯ-ތިވަރު ބޮޑުދޯ ވަޒީފާއަށް ބިރުގަތަސް! ޝަމިމު ބުންޏަސް ދީނާ ދުރަކަށް ނުދާނަން! ސިވިލް ސަރވިސް ގަވާޢިދުގައި ދީނާ ދުރަށްދާކަށް ލިޔފައިނޯވޭ! ހަފޮޅުން ބޭރުނުވޭ ޖައްބާރު ޝަމީމު!
މޮޔަވެގެންތަ މިއުޅެނީ ބަޔަކު އަޅެ ފަހެ ޚައިރާނެއް ނުވާނެތަ. ސިވިލްސާވިސް މުވައްޒަފުންނަކީ އެހެން ދީނެއްގެ ބަޔަކީ ތަ!މުސްލިމުން ނެއްނޫންތަ؟
ހައްތާ ބޭޒާރު ވަމުން ތިޔަދަނީ ހޭވިހަޑިއަށް ފަސްއަޅަން ހަދައިގެން. އެއްދޮގު ހެދި މީހާ އެދޮގު ފޫބައްދަން 40 ދޮގުހެދާނެއޭ ބުނާހެން.
މަތީގަޑިން ޖަހަންދެން ތިބެވޭނީ . ﷲ ގެ ޙަޟްރަތުގައިދީނަކީ އިސްލާމްދީން. ޤުރްއާން ދޮގުނުކުރެވޭނެ. ޙަދީޘް ދޮގުނުކުރެވޭނެ.
ދިވެހިން ގޮއްމުށަކައް ނުސިހޭނެ ކަން ދައްކާލަން ވާނެ. ދިވެހިން އިސްލާމްދީން ހިމާޔަތް ކުރާނެ ތިބޭނީ އިސްލާމުންގެގޮތުގަ. ދިވެހިރާއްޖެމިވަގުތުމިއޮތީ ކާފަރުންގެއަތްމައްޗައް ދިއުމުގެ މަގުމަތީގަ.
ހަމަހިލާ ކެނެރީގޭ ޖާހިލުގެ އައުވާނުންނަކަށް މިދީބު ދިޔަކަނުދޭނަން ﷲ އަކުބަރު ﷲއަކުބަރު.
މީހަކު ބުނީތީ ފާޑުފާޑުގެ އިލްތިމާސްތައް ނުކުރުމަށް ސިވިލްސާރވިސް ކޮމިޝަނަށް ގޮވާލަން
އޭ މިހިރަ އަނގަގަދަ މިތުރާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ރާއްޖެތެރޭ ރަށަކަށް ވަޑައިގަތީމަ އެރަށު ސުކޫކު ލީޑިންގ ޓީޗަރާ އިތުރު ޓީޗަރުން ވެގެން އެކަމަނާއަށް ފާޅުފަ ވަގަށް ގޮވާ ބެނާހިފައިގެން ފަހަތުން ދުވިއިރު ކަލޭ އޮތީ ކޮންތާކު ފިލައިފަ. އެމީހުން ސުލޫކީ މައްސަލަ ނުބެލީ ކޮން ކާކިދެކެ ބިރުންތަ؟ މިހާރު ތިއުޅެނި ކޮން ބިރެއް ގަނެގެން.
ޤައުމާދީނަށް އިހުލާސްތެރިކަމުގަ މަސައްކަތް ކުރުމައް ބޮޑު ހުވައެއް ކޮއްގެން މަނިކުފާނު ހިލާފު ވަނީ ކީއްވެތޯއެވެ؟
ޤައުމައް ގައްދާރުވަނީ ކީއްވެތޯ؟
ﷲއާ އެކަލާންގެ ދީނައް ފުރައްސާރަ ކުރަނީ ކީއްވެތޯ؟
މިކަންކޮއްފަ އެހެންމީހުން އަނގަ ބަންދުކުރާން އުޅޭނެކަމެއްނެތް؟
މާތް ﷲ އާ އެކަލާންގެ ރަސޫލާއަށްވުރެން މަތިވެރި ފަރާތެއް ކޮބާ؟
އެކަމަކު ދެން މީ ބޮޑުވަރު. ތިޔަކަހަލަ ކަންތަކުން ލާދީނީ ކަންތަކަށް ތާއީދުކުރާމީހުން އެނގިގެން މިދަނީ. ޢަހަރުމެން ހެއްދެވި ފަރާތަށާއި ރަސޫލާ އަށް ކުރާ ގަދަރާ ލޯތްބަކަށް ކަލޭމެނަކަށް ބަދަލެއް ނުގެނެވޭނެ.
ބަލަ ސަރުކާރު ކުނފުނިތަކުގައި ނުރަސްމީކޮއް ހިތުހުރިވަރަކަށް އިތުރުގަޑި ހަދާފަ އެތަނުގައި ޔާމިންއަށް ބަވާފަ އެއީ ފިތުނައެއްނޫންތަ
ސިވިލްސާވަންޓުންވެސް އެހެންމީހުންވެސް މިގައުމުގައި އިސްލާމްދީންނޫން ދީނަކަށް ފުުރުސަތު ދީގެންނުވާނެ. ލާދީނީ މީހުންހުއްޓުވަން އެންމެންވެސް އެމީހަކަށް ކުރެވުނުކަމެއް ކުރަންވީ. އެމީހުން ދައްކާބިރަކަށް ސިހޭކަށް ނުޖެހޭ.
ސިއާރު ފާޅުކުރަންޖެހެނީ މީހަކު ބުނީމައެއްނޫން، އިސްލާމްދީނުގެ ދިފާއުގައާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރާ މީހުނާ ދެކޮޅަށް ތެދުވުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް .މިފަދަ މީހުން ނާ އެއްފަރާތް ވުމަކީ ކޮންމެ މީހަކަށް ވާޖިބު ކަމެއް . އުނދަގޫވާނަމަ އުނދަގޫކުރާނަމަ އެއްފަރާތް ކޮށްލުމަކީ ސަވާބު އިތުރުވާކަމެއް.
އިސްލާމް ދީނުގަ ކަބް އޮތް ގޮތް ހާމަ ކުރުމަކީ އެއްވެސް މީހަކާށް ހުއްޓު ވޭނެ ކަމެއް.ނޫނެވެ. އަދި މުންކަރާތް ނަހީ ކުރަން ޖެގެ އެވެ .
ޔާﷲ އެހެން ބުނި މީހެއްގެ އަތްފައި ވާކުރައްވާންދޭ!
"މީހަކު ބުނީތީ ކަމުގެ ދެކޮޅު ބެލުމެއްނެތި" ސަޅި އިބާރާތްކޮޅެއް އޮޅިގެންވެސް ލިޔެވިފަތިއޮތީ.
ރަސޫލާއަށް ބަދުބަސް ބުނީމަ ބަލަންޖެހޭ ދެކޮޅެއް ނެތް. އަންނި ބުނެގެން ތިކޮމިޝަނަށް ދެކޮޅު ބެލުނުތަ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަމައެކަނި ލިބެނީ ދީނާއި ދެކޮޅަށް އަޑުއުފުލާ މީހުންނަށްއެކަނިބާ؟. ހިޔާލު ފާޅުކުރުމުގެ ހައްގަކީ އެންމެނަށްވެސް ލިބިގެންވާ ހައްގެއްކަން ދީނާއި ދެކޮޅު މީހުންވެސް ގަބޫލުކުރަންވާނެ އަދި ހަޖަމް ދަސްކުރަންވެސްވާނެ. އަދި ދީން ހިމާޔަތްކުރަން އަޑުއުފުލާ މީހުންނަށް ފިޔަވަޅު އެޅުން އެއީ ގަބޫލުކުރެވޭނޭ ކަމެއްނޫން #ބޭންއެމް.ޑީ.އެން.
ކޮމިޝަނުގެ ރައީސް އެއީ ބޮޑުއަނގައެއް....ބޭކާރު ތާކުންތާކު ނުޖެހޭ އަނގަ ތަޅާނީވެސް...
މަ ހީކުރީ އެމްޑީޕީ ބައިގަނޑު މީގެކުރިން ރއީސް ޔާމީނު ސަރުކާރުގަ މިކަހަލަ ކަންކަން ވީމަ މި ރައްޔިތުން ދެކެލޯބިވާ ރައްޔިތުންނަށް ހުރިހާ ހައްގެއްދޭ އޯގާތެރި ސަރުކާރުން މިކަހަލަ އެންގުންތަކެއް މުވައްޒަފުންނަށް ދުވަހަކުވެސް ނާންގާނެކަމަށް.. މިސަރުކާރުގަ ހުރިހާ ރައްޔިތުންނަށް ހުރިހާ ހައްގެއް ލިބިގެން ދާނެކަމަށް.. މިހެންމިބުނީ އެމްޑީޕީން ވެރިކަމަށް އަންނަން ތެޅުނުއިރު ހީވީ މިވެރިންނަކީ ކޮންމެ ރައްޔިތެއްގެ ހިތުގެ އެއްފަޅިހެން..
ސިވިލް ސަރވިސް ކޮމިޝަނުން ކީއްތޯ ސިވިލް ސަރވިސްގެ އަންމަ ބުންޏަސް ލާދީނީ އެމް.ޑީ.އެން އުވާލަން ގޮވާނަން. އަދި ލާދީނިިިިިިިިިިިިއްޔަތާއި ދެކޮޅަށް ޝިއާރުވެސް، ޝުޢޫރުވެސް ފާޅުކުރާނަން. ان شاء اللہ.
ހަގީގަތުގައި ޢަލީ ޝަމީމު ބޭނުން ވަނީ ދެންވެސް އެ ކޮމިޝަނުގެ ރައީސްކަން ފަސް އަހަރު ކުރުން މީނާ ސިވިލް ސަރވަންޓުންގެ ދިފާޢުގައި ކޮށްދިން ކަމެއް ބުނެދީބަލަ ކަމެއް އިސްލާހު ކުރުމުގެ ޚިޔާލު ދިނަސް ބުނާނެ ލިޔުމުން ހުށަހާޅާށޭ ކަލޭ މިވީހާ ތަނަށް ސިވިލް މުވައްޒަފަކަށް ވިއްޔާ އޮތީދެރައެއް ދީފާ ކަލެއަށް ވުރެ ފަހުމީވެސް ރަނގަޅު ކުޑަ ކުރި މުސާރާގައި ސޮއި ނުކުރަން އޭނާ އެންގި އަންނި މުސާރަ ކުޑަ ކުރި އިރު އޭނާ އެކަމާ ދެކޮޅު ހެދި މިއަދު މުސާރަ ކުޑަ ކުރިއަސް ކަލޭގެ މުސާރަ ބޮޑެއްނު ތިހެން އުޅެނިކޮށް އަނގަވަތައްލާ ވެއްޓިދާނެ .. މީނާ އަކީ ވާހަކަ ދައްކަން ތަނަކަށް އަރުވައި ފިއްޔާ ހުއްޓަން އިނގޭ މީހެއް ނޫން .....
މިއަދު ވަޒީފާގެ ބިރައް އަނގައިގަ މަލަން އަޅައިގެންތިބެފަ މާދަަމާ ﷲގެ ދަރުބާރުގައި ދައްކާނީ ކޮންމޫނެއް ﷲއަށް ބިރުވެތިވޭ މީ ސިޔާސީީ ކަމަކަށްވާނީ ކޮންފަދައަކުން، ﷲއާއި ރަސޫލާއަށް ފުރައްސާރަ ކުރި ބައެއްގެ ދިފާއުގާ ބަޔާާންްނެެެރެެ ހައްޤު ބަސް ބުނާމީހުންނައް ބިރު ދެއްކުމަކީ ވަރަށް ދެރަ އަދި އެހާމެ ފިނޑި އަމަލެއް.
#ބޭން ޝަމީމް
ސިވިލް ސަރވިސްގަ ތިބެނީ ކަންބަޅި ބަކަރިތަ ނޫނީ އިންސާނުންތަ؟ އިންސާނުންކަމައް ވައްންޏާ ހަމަބުއްދި ހުންނާނެ ސުއޫރުވެސް ފާޅުކުރާނެ، އަޅުވެތިކުރަން ނޫޅޭ
މީހަކު ބުނީތީ ސިވިލް ސަރވި ސް މުއައްޒަފުންނަށް ފިޔަވަލު ނޭޅުމަށް ގޮވާލަން!
ހާދަހާބޮޑުވެއްޖެކަމެކޭމީ މާދަމާބުނާނެ ރަ ސްމީގަޑީގަ މި ސްކިތައްނާރާށޭ
ކަލޭމެން ހުރިހާ މީހުންނަކައް ބިރެއް ނުދެއްކޭނެ. ޙައްގު ބަސް ބުނާން. ދޫ ބުރިކޮއް ހައްޔަރުކޮއް މެރި ކަމުގައި ވިޔަސް މިފަހަރު މަޑަކުން ނުތިބޭނަން. ޢިންޝާﷲ
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މެކުހަށް. ޑިމޮކްރެސީގެ އައްޕާ ލާދީނިީ ނަޝީދޫ...ކަލޭގެ ލަދުކޮބާ. ދީނަށް ފުރައްސާރަ ކުރާ މީހެއްގެ ކޮން ލަދެއް ޙަޔާތެއް ވަކި އޮންނާނީ ދޯ.
ލާދީނީ ޕަޕެޓް ޝަމީމް ސިވިލް ސަރވެންޓުންނަށް ބިރުދައްކަން ނޫޅޭ. މިކަހަލަ ތާކުންތާކު ނުޖެހޭ ނަޒާހަތްތެރި ކަމެއްނެތް ކުފޫހަމަނުވާ މީހުން މުއައްސަސާތަކުގެ ރައީސުންނަށް ލީމަ މުއައްސަސާތަކުގެ އިތުބާރު ގެއްލި މުވައްޒަފުންގެ ނަފްރަތު އިތުރުވެ ގައުމުގެ މަސްލަހަތު ގެއްލި މިދަނީ.