ސީރިއާގައި ހިނގާ ހަނގުރާމަ އާއި ގުޅުންހުރި ކަމުގެ ތުހުމަތުގައި ތުރުކީން 134 ދިވެހިން ބްލެކްލިސްޓުކޮށްފައިވާކަން އަލްޖަޒީރާ ނޫހުން ހާމަކޮށްފިއެވެ.

އަލްޖަޒީރާ އިން އާއްމު ކުރި ވީޑިއޯ އެއްގައި ބުނާ ގޮތުން ސީރިޔާގައި ހިނގާ ހަނގުރާމާގައި ބައިވެރިވުމުގެ ތުހުމަތުގައި 25 ދިވެއްސަކު އެ ގައުމުން ވަނީ މީގެ ކުރިން ޑީޕޯޓް ކޮށްލާފައެވެ. އަދި 134 ދިވެއްސަކު ވަނީ އެ ގައުމުގެ ބްލެކްލިސްޓަށް އަރާފައެވެ.

އެ ވީޑިއޯގައި ވާގޮތުން ސީރިއާއަށް ގޮސްފައިވާ ގިނަ ދިވެހިންނަކީ އެކިއެކި ކުށްތަށް އެމީހުންގެ މައްޗައް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކޮށްފައިވާ މީހުންނެވެ. އަދި އެމީހުން ސީރިޔާ އަށް ދަނީ އެމީހުން އަރައިގެން ކުށްތަކަށް ތައުބާން ވާން އޮތް ހަމައެކަނި މަގަކީ ޖިހާދު ކުރުން ކަމަށް ބުނެ ބަޔަކު މީހުން އެމީހުންނަށް ނުބައި ގޮތުގައި ވިސްނުވައިދީފައި ވާތީ ކަމަށްވެސް ވެއެވެ.

ތުރުކީގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމުން ހާމަވީ ހަނގުރާމަ އާއި ގުޅުންހުރި ކަމަށް ބެލެވޭ 25 ދިވެހިން ޑީޕޯޓުކޮށްފައިވާކަން. އަދި 134 ދިވެހިންގެ ނަން އެ ގައުމުގެ ބްލެކްލިސްޓަށް އަރާފައިވޭ،" އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ސީރިޔާ އަށް ހަނގުރާމަ ކުރުމަށް ދާ ދިވެހިން އެކަން ކުރަނީ ތުރުކީ އަށް ދަތުރު ކުރުމަށް ފަހު ތުރުކީ މަގުން ސީރިޔާ އަށް އެތެރެވެގެންނެވެ. އެމީހުން ސީރިޔާ އަށް އެތެރެވަނީ ޕާސްޕޯޓަކާއިވެސް ނުލައި ކަމުގައިވާތީ، އެމީހުން ހަނގުރާމަ އަށް ދިޔަކަން ސާބިތު ކުރަން ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ.

ކުރިގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އެގޮތަށް ބުނެފައި ވާއިރު، އެ ވީޑިއޯގައި އެ ތަންކޮޅު ވަނީ ހިމަނާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބޮޑު ނުކުޅަދާނައެއް މިގައުމަށްވެސް ހުތުތު މޮޔަވެގެން ކުރާނެ ނުކުރާނެކަމެއް ނޭގިގެން

    46
    9
  2. ....

    ޖަލުން ؟؟

    11
    1
  3. ނޫޑުލްސް

    ހާދަ އުފާވެރި ހަބަރެކޭ. އެމީހުންނައް މިގައުމައް ނޭރޭނދޭވެ. އާމީން.

    12
    5
  4. އާދަމުގެދަރި

    ތައުބާވެވޭނެ ދޯ ރާއްޖޭގަ އޮވެގެންވެސްް ދެން ކީކޭ ބުނާނީ

    13
    3