3 ނޮވެމްބަރު 1988 ގެ ޝަހީދުންގެ ނަންތައް ދިވެހި ތާރީޚުގައި ތާއަބަދަށް އޮންނާނެ ކަމަށް ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު، މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު، މާރިޔާ މިގޮތަށް ވިދާޅުވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާއެއް ވާހަކަފުޅު ދައްކަވަމުންނެވެ.

"ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ ތަހުނިޔާ، އިބްރާހީމް މުހައްމަދު ޞޯލިހު އަށާއި، އެންމެހޭ ހިތްވަރުގަދަ ސިފައިންނަށާއި އަދި ރައްޔިތުންނަށް އަރިސްކުރަން. ވަކިން ޚާއްސަކޮށް 3 ނޮވެމްބަރު 1988 ގައި ޝަހީދުވި ބަތަލުންނާއި، އެބޭފުޅުންގެ އާއިލާތަކަށް ހެޔޮ މިންވަރު ލެއްވުން އެދި ދުޢާކުރަން. މި ހާދިސާގެ ޝަހީދުންގެ ނަންތައް ދިވެހި ތާރީޚުގައި ތާ އަބަދަށް އޮންނާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެފަރާތްތަކުގެ ފުރާނަފުޅަށް މަތިވެރި ނިޢުމަތް ލެއްވުމަށް އެދެން." މާރިޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދިވެހި ސިފައިންގެ އެންމެ މުހިއްމު އެއް ކަމަކީ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޤައުމީ ޙިދުމަތް އިސްކުރުން ކަމަށެވެ. ސިފައިންގެ ހުވާގައިވެސް އެކަން ހިމެނޭ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ލަފްޒުކޮޅަކީ ކިތަންމެ ކިޔާލަން ފަސޭހަ ބަސްކޮޅަކަށް ވިއަސް، އެ ބަސްކޮޅުގެ ބުރަދަން ވަޒަން ކުރެވެނީ، ފެނިގެން ދަނީ 3 ނޮވެމްބަރު ފަދަ ނުރައްކާތެރި ވަގުތުތަކުގައި ކަމަށެވެ.

"އަމިއްލަ ފުރާނައަށް ބެލުމެއްނެތި ކޮންމެ ދުވަހަކު ސިފައިން ތަމްސީލްކުރަމުންދާ އަސާސެއް އެއީ. ރަށްރަށުގައި ފެންބޮޑުވެގެން ސިފައިން ޙަރަކާތްތެރިވޭ، މީހުން ކަނޑުވެގެން، އޮޑިދޯނި ފަހަރު ހާލުގައި ޖެހޭ ހާލަތްތަކުގައި ސިފައިން ޙަރަކާތްތެރިވޭ، ބޭރުގެ ދޯނިފަހަރުތަކުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ވަގަށް މަސް ބާނަން އުޅޭ ޙާލަތްތަކުގައިވެސް ސިފައިން އެމީހުން ހިފަން ޙަރަކާތްތެރިވޭ. ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި ސިފައިން މީހުން ސަލާމަތް ކުރުމަށް ޙަރަކާތްތެރިވޭ،" މާރިޔާ ވިދާޅުވިއެވެ.

ދިފާޢީ ވަޒީރު މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އަސްކަރީ ޤާބިލުކަން އިތުރުކޮށް، ސިފައިންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. 3 ނޮވެމްބަރު ގައި ދިމާވި ފަދަ އުދުވާނީ ހަމަލާތައް ދިފާޢު ކުރުމުގެ ގޮތުން ކުރަން ޖެހޭ ޕްލޭންތަކާއި، ޑްރިލްތައް ޤަވާއިދުން ބާއްވަމުން ގެންދާ ކަމަށާއި، ރާއްޖޭގެ ކަނޑާއި، ވައިގެ ސަރަޙައްދު އެއްކޮށް މޮނީޓާ ކުރެވޭނެ ފަދަ ނިޒާމް ތައް ޤާއިމްކޮށް، އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އެބަގެންދަވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިނބޫ

    ހަމައެއާއެކު 3 ނޮވެމްބަރުގެ ރަތްލާޖެހި ބާޣީންގެ ނަންތައްވެސް ތާރީޚުގައި ތާއަބަދަށް އޮންނާނެ. ނުކެރޭނެ މިވާހަކަ ދައްކާކަށް.

    28
  2. ކިންގފިޝަރ

    ސިފައިންނާމެދު އިއްޔެ ދެއްކީ އެހެން ވާހަކައެއް. މިއަދު މި ދައްކަނީ އެހެން ވާހަކައެއް. މާދަމާ ދައްކާނީ ކޮން ވާހަކައެއްކަމަށް ނޭނގޭ. ނަމަވެސް އެންމެ އިންސާނެއް. ތަފާތު އަނގައެއް. ތަފާތު ވިސްނުމެއް. އަމިއްލަ އެދުން ހާސިލު ކުރުމަށް ތިބޭ ސިޔާސީ ލީޑަރުންގެ ސިފަތައް.

    12
    1
  3. އ

    ތާއަބަދަށް އެފަދަ ބޮޑު ގެއްލުމެއް ރާއްޖެއަށް ދިން މީހުންގެ ނަންތައް ވެސް ލިޔެފައި އޮންނަން ވާނެ ކަމަނާގެ ބައްޕަ ކަމަނާގެ މަންމަ އެދުވަހު ޝަހީދު ވީނަމަ ތިޔަ ހެން ތޯ ބުނުއްވާނީ

    8
    1
  4. ދިވެހިމީހާ

    މާރިއާ ދިވެހި ސިފައިންނަށް ކުރި މަލާމާތްވެސް ތާއަބަދަށް އަހަރެމެން ހަނދާން ހުންނާނެ.

    12
  5. މިއަދު

    3 ނޮވެމްބަރ ގެނައި ބާޣީންގެ ނަންތައްވެސް ތާއަބަދަށް ދިވެހި ތާރީޚުގައި އޮންނަންވާނެ

    12
  6. މިއަދު

    ދިވެހިސިފައިންތިފަދަ ބޮޑެތި ޖަލްސާތަކަށްގޮސް އެތިބެނީ އެމީހުންގެ ސިފަވަންތަކަމުގައި އެއީ ގައުމުދެކެލޯބިވާ ރަޢިއްޔަތުންގެ ރުމާއި ލޯބި އެބައިމީހުން ލިބިގަންނަން މަސައްކަތްކުރާ ބައެއްކަން ޤަބޫލުކުރާހާލު ތިޖަލްސާއަށް މިނިސްޓަރ މަރިޔާ ގޮސްތިހުރިގޮތުން މަވާ ލަދުން ހަމަހަލާކު ހިތައްއެރި ސަހަރޯއޭ މިހިރަ އަންހެނެކޭ މޫނު އަނބުރާލީ ޓީވީއާއި ދުރުފަރާތަށް

  7. ޙަސަނުބެ

    ފުރަތަމަ ތިމާގެ ޢަމަލާައި ބަހާައި ފޭރާމާއި ރަނގަޅުކޮށްބަލަ

  8. ބެއްޔާ

    އެއީ ފިދަނަތަކެކޭ ބުނިމީހާ ނޫންތަ މީ.

  9. ީތުއްސޮރު

    ޖުބެއިރް ބިން މުތްއިމް ރިވާކުރައްވާފައިވެއެވެ. ރަސޫލާ (ސއވ) ހަދީޘް ކުރެއްވިއެވެ. " އަސާބިއްޔާއަށް (ޤައުމިއްޔަތާއި، ވަތަނިއްޔަތަށް) ގޮވާ މިހާއަކީ އަހަރުމެންގެ ތެރެއިން ވާމީހެއްނޫނެވެ. އަދި އަސާބިއްޔާއަށް (ޤައުމިއްޔަތާއި، ވަތަނިއްޔަތަށް) ހަނގުރާމަކޮށް އަދި އަސާބިއްޔާއަށް ( ޤައުމިއްޔަތާ، ވަތަނިއްޔަތަށް) މަރުވާ މީހާއަކީވެސް އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ.

    ނޮވެމްބަރ 3 ގައި ނިޔާވި ސިފައިންނަކީ ސަޙީދުންބާ...؟؟؟؟!!!!!!!!!!!!!!!