އައްޑޫ ސިޓީގައި އިންޑިއާގެ އެހީގައި ހަދަމުންދާ ފުލުހުންގެ ޓްރެއިނިންގް ސްކޫލާއި ގުޅޭ ގޮތުން ސުވާލު ކުރުމަށް ހޯމް މިނސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މިނިސްޓަރ އިމްރާނާ ސުވާލު ކުރަން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ. ހޯމް މިނިސްޓަރު ހާޒިރު ކުރަނީ އައްޑޫގައި ހަދަމުންދާ ފުލުހުންގެ ޓްރެއިނިން ސްކޫލަކީ ކޮން ފަރާތަކަށް ދޫކޮށްފައިވާ ބިމެއް ކަމާއި، އެ ބިމުގައި އިމާރާތްތައް ހަދަމުންދާ ބައެއްގެ މައުލޫމާތު ސާފު ކުރާށެވެ. އަދި އެތާނގައި ހަދާ އިމާރާތްތަކާ ގުޅޭ އެއްބަސްވުމުގެ ތަފްސީލު ވެސް ހޯދާނެ އެވެ.

ޓްރޭނިން ސްކޫލް އިމާރާތް ކުރަން އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ދީފައިވެއެވެ. ފުލުހުންގެ އާ ޓްރެއިނިން ސްކޫލެއް އާއްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައި ވަނީ އެ އަތޮޅު ހިތަދޫގައި ކުރިން ގާއިމް ކޮށްފައިވާ ފުލުހުންގެ ޓްރެއިނިންގް ސްކޫލް 2012 ވަނަ އަހަރު ރޯކޮށް އަންދާލާފައިވާތީ އެވެ.

އައްޑޫގައި އިމާރާތްކުރަމުންދާ ޕޮލިސް ޓްރޭނިން ސްކޫލްގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށް މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.

ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވުމުން ސަރުކާރުން ކުރިމަތިކުރުވި ބައެއް ދަތިތަކުގެ ސަބަބުން މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހުނެވެ. ޔާމީންގެ ސަރުކާރުން ވަނީ މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ކޯޓާ ދޫނުކުރުން ފަދަ ކަންކަން ކޮށްފައި ކަމަށް މަސައްކަތް ކުރާ ކުންފުނިން ބުނެފައި ވެއެވެ.

އިންޑިއާގެ އެހީގައި ވަރަށް ބޮޑު މަރުކަޒެއް އައްޑޫގައި އަޅަމުން ގެންދާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުން

    ޢެރޯކޮއްލީ ކޮންބައެއްބާ

    24
    1
  2. ޖަޒީރާ ބޯއީ

    އިމްރާނާ ސުވާލު ކުރުމަށްވުރެ ވާހަކަދައްކާ ގުރަޔަކާ ސުވާލްކުރުމްވެސް މޮޅުވާނެ. އެހެނީ އޭނަ ހުންނާނީ އިންޑިޔާ ސަރުކާރުން ރައީސް އިބޫ އަށް ފީޑުކޮށްފައިވާ ވަރަށް ކިޔާދޭން އެގޭނީ.

    17
    1
  3. ޢަލީ

    ބަލަ ތިކިޔަނީ އައްޑޫ ސިޓީއޭ، އެސިޓީއަކީ ތިމީހުންގެ ކައުންސެލަރުން ތިބޭތަނެއް، އެތަނުން ބިމެއް ބަޔަކަށް ދެންޏާ ދޭނީ އެމީހުންނެއް ނު، އެމީހުންކުރެން އަހާބަލަ، ޢިމްރާނަށް ކޯންޗެއް އެނގޭނީ،

    14
  4. ޝާހް،ރ.ވާދޫ

    ބަލަންތިބޭ، ތިކަލޭގެ ޖަވާބުދާރީވާކަށް ހާޒިރެއްނުވާނެ. ކޮންމެސް ރީޒަނެއްދައްކާ ތިތަނަށްނުގޮސް ފިލާނެ. މިހާތަނަށް ތިބުނާމީހާ އެކަން ކޮށްފައޮތީ އެހެން.

    18
  5. ބަބޫ

    އެތަނުގައި އެއަޅަނީ ތްރެއިނިންގ ސްކޫލެއްނޫން. މިލިޓަރީ ބޭސްއެއް. އިންޑިޔާ ސިފައިން ބައިތިއްބަން

  6. ށުމަން

    ގޭމް ކުޅޭނެ ކަމެއްނެތް،
    ކަލެއަށް ރަގަޅައް އިންގޭނެތީ ކޮން ޑީލެއްކަން...