ގިރިފުށީގައި ތަމްރީން ހަދަމުން ދިޔަ ދިވެހި ސިފައިން ޖެހި ވަޒަނެއް ފަތުރުވެރިއެއްގެ ގަޔަށް އަރައިފިއެވެ.
މިއަދު ގިރިފުށީގައި ލައިވް ވަޒަން ބޭނުން ކުރިކަން އެމްއެންޑީއެފް އިން ކަށަވަރު ކޮށްދެއްވާފައި ވާއިރު، މިކަމާއި ގުޅިގެން އެމްޑީއެފް އިން ވިދާޅުވީ މިހައިތަނަށް އެނގިފައިވާ ގޮތުން އެ ވަޒަނަކީ ތަނެއްގައި ޖެހި، ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށާއި، އެ ވަޒަން ދިޔައީ އެ މީހާގެ ކަރުގައި ކޭއްތިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން ވަޒަން އެރި ކަމަށް ބުނެ ރިޕޯޓު ކޮށްފައި ވަނީ ސަފާރީ އެއްގައި ހުރި ފިރިހެން ފަތުރުވެރިއެއްގެ ގަޔަށެވެ.
މިހާރު އެ ފަތުރުވެރިޔާ ވަނީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ފަތުރުވެރިޔާ ގަޔަށް އަރާފައި ވަނީ "ރިކޮޗެޓް" ވަޒަނެކެވެ.
މި ހާދިސާ ހިނގި ގޮތް އެމްއެންޑީއެފް އިންނާއި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ތިޔަ ވަރަށް ނުރައްކާވީ!!
އެހެންތަ
ތަމްރީންތައް ހަދާ ހިސާބައް ނުދާން އަންގާފަދޯ އޮންނަނީ
މާރިއާ! ޖައްވަށް ފަޒާއަށް.
ޑިފެންސް މިނިސްޓަރ އިސްތިއުފާ ދޭންޖެހޭނެ ފަދަ ކަމެއް. ވަރަށް ދެރަ ކަމެއް. އަވަސް ޝިފާއަކަށް އެދެން.
އިންޑިއާ އިން ލައިވް ވަޒަން
އަހަރުމެން .ދިވެހިންގެ.ގަމާރުކަން.ކެނޑޭނީ.ކޮން.ދުވަހަކުންބާ؟
ހަމަ.ކަމެއްވާއިރައް.ސިޔާސީ.ވެގެން.މި.އެނބުރިގަންނަނީ.ބަޑި.ޖަހާކަން.އަންގައިދިނުމަށް.ރަތް.ކުލައިގެ.ދިދައެއް.ނަގާފަ.ހުންނާނެ.އެޔައް .ސަމާލުވުމަކީ.ދަތުރު.ކުރާއުޅަނދުފަހަރުގެ.ޒިންމާއެއް.
ހުސައިނާބުނާކަސް ސިޔާސީވާނެ މިހެންވީމާ. މާދަމާ ނޫސްކޮންފަރެންސް ބާއްވާފާ މާރިޔާ ބުނާނެ އެއީ ކުރީ ސަރުކާރުގެ ދޯދިޔާކަމުން ވީކަމެކޭ. ކުރީ ސަރުކާރުން ގެނެސްފައި ހުރި ވަޒަނެކޭ.
ވަޒަނެއް މަޑު ހިނގުމެއްގައި ދަމުން ދިމާވި ފަތުރުވެރިއެއްގެ ކަރުގައި ކޮއްޓާލާފައި ސަމާސަކޮށްލާފާ ދިޔައީ. ވަރަށް ފުރިހަމަ އެމް.އެން.ޑީ.އެފުން ކަން ސާފުކޮށްލަދިންގޮތް.
އަންހެންފަތުރުވެރިޔެ އްތަ ނޫނީ ފިރިހެންފަތުރުވެރިޔަކަ އްތަ ވަޒަން އެރީ؟ އެވާހަކަނެތްދޯ ބުނެފަ އެއ އް އަނެ އްކާ ފަތުރުވެރިޔާ ރުޅިފުޅުވެސް ދުރުނުވަނީތަ؟ ހެހެހެ
ތިވާނީ މޮޔަވެގެން އައި ފަރު ތޮޅި އެއްގެ ތުންގަނޑު ހެރުނީކަމަށް
ޥަރިހަމަ މީހުން މަރުވިޔަސް، މި މާލެއިން ދުރު ހިސާބަކަށް ކޮންމެވެސް ނުދާތި ކަމެއްކުރަން. ޢޭރުން އަތޮޅުތެރެއަށް ކުރިއެރުމެއް ލިބިދާނެ. ޢެހެންޏާފަހެ، އެހެރަ އެކަހެރި ބޮޑެތި ރަށްތައް ހުޢްޓަ ހަމަ މާލެ ބުޑުގަ ޓްރެއިނިންގ އައިލެންޑްވެސް.
ނަސްލީއިމްތިޔާޒު ބޮޑުވެގެންގޮސް ބުއްދިފިލާފަމިތިބެނީ.. ބަލަ ތިރަށަށް ކުރިއެރުމެލިބޭނެތަ ސިފައިންގެ ތަމްރީނު މަރުކަޒެ ހަދާ ސިފައިންގެ މަރުކަޒަކަށްހެދީމަ.. ގިރިފުއްޓަކީ ޒަމާނުއްސުރެ ސިފައިންގެ ތަމްރީނު މަރުކަޒެ.. އެތަނުގަ ހަދަމުންދާ ތަމްރީނެއްގެ ތެރެއިން ބޭނުންކުރި ލައިވް ވަޒަނެ ފަޅެއްގައޮތް ސަފާރީއެއްގަހުރި ފަތުރުވެރިއެއްގެ ކަރުގަ ވަޒަން ފިރުމުނީއޭ މިކިޔަނީ.. ދެން ތިރަށަކާ މާލެއަކާ ކޮންކަމެ މިކަމުގަ.. މާލެއާ އެއްވަރެ އެއްވެސް ސަރުކާރަކަށް އެއްވެސް ވެރިޔަކަށް ނުގެނެވޭނެ ކައިރި ޒަމާނެއްގަ.. މާލެއަންނަންޖެހޭނެ ވެރިރަށްވީމަ.. އެހެން ނޫންނަމަ އިންޑިޔާގަ ދިއްލީއަށް ދާންނުޖެހޭނެ ތިރިވަނަންތަ ޕޫރަމުން. ކޮލަމްބޯއަށް ކެންޑީ ނުވަރައެލިޔާއިން.. މިރާއްޖެއާ އެއްމެކައިރިން މިބުނީ.. ދުނިޔޭގަ ކަންހިގާމަގު އެގިގެން ވާހަކަދައްކަބަލަ.. އަހަރެމެން ކޮއްމެ ރައްޔިތަކަށްވެސް ރަގަޅު ހުރިހާރަށެއްގަ ސިންގަޕޫރުންލިބޭ ޙިދުމަތް ލިބެންހުންނަނަމަ..
ދެން ބުނާނީ އޮޅިގެންވީ ކަމެކޭ
ވެދާނެ ކޮންމެވެސް ގަޣުމަކުން ހަދިޔާ ކުރި ވަޒަން ތަކެޣް ގެ ސަބަބުން 🙂 🙂 🙂
މާރިޔާ ބަޑި ފަރިތަކުރަނީދޯ
މާރިޔާ ދީދީ ޅަކުދީނަށް ބަޑި ދީގެން ތަމުރީނު ހަދުވަނީ ދޯ ؟؟
ބޫންބޫން
ޖައްވައް ހަވަޔައް ފަޒަޔައް ބަޑިޖަހަނީ. ހަމަ އެ 30 އަހަރު ޖެހިތަނައް ބަޑި ތިޔަ ޖަހަނީ. ދެން އަރާނެ މީހުންގެ ގަޔައްވެސް.
އިންޑިޔާއިން ތި ބައިވަރު ދިނީ ތިކަހަލަ ދޯހަޅި ކަންތައްތައް ކުރުވަންކަން ނޭނގެ!
ޑީޑީ ކަލެވީނު ދުރުރަށެހަދައިދެން
ޓުއަރިސްޓަކަށް ޓެރަރިސްޓް ހަމަލާއެއްބާ؟ ޑިފެންސް މިނިސްޓަރ ކޮބާ
އެހާ ދުރުގަ ހުރި ފަތުރު ވެރިޔެއްގެ ކަރަށް... ހާދަ ފަރިތައޭ ދޯ މަރީގެ ފޯރސް ކުދިން ކޮޅު..
އަމާޒަށް ބަޑި ޖަހަން 1 ވަނަ
ނަސީބެއްނުން ޑިފެންސު މިނިސްޓަރުގެ ބޮލަ ތިޔަ ވަޒަން ނޭރިކަން.
ޖިހާދީ ރޫހެއްގާ އެވަޒަން އެއޮތީ ގޮސް ރާއްޖޭގެ ޓޫރިޒަމް ފޫއަޅުވާލާފަ. އެހެންނުން ނަޝީދު.
ޓެރަރިސްޓް ހަމަލާއެއް. މަރީ 25 އަހަރަށް ޖަލަށް.
ތިއީ ޓޫރިޒަމް ބޮއިކޮޓްކުރުމަށް އެމްޑީޕީން ހިންގާ ޖަރީމާތަކުގެ ބޮޅަކަށް ނުވާނެބާ؟
ތިއީ ޓޫރިޒަމް ބޮއިކޮޓްކުރުމަށް އެމްޑީޕީން ހިންގާ ނާތަހުޒީބު ޖަރީމާގެ ބޮޅެއްނޫންނާ؟
ސސިފައިން ހަމަ ރިހައީ އެވެ.
އެ ވަޒަން ހޮވައިގެން މަޖިލީހަށް ހާޒިރުކޮށް ނަޝީދު ލައްވާ އިމްޕޯޒިޝަނެއް ދޭންވީ "ދުވަހަކުވެސް މަ ދެން މައްޗަކަށް ނާރާނަމޭ، އެރިޔަސް މީހަކާ ނުބެހޭނަމޭ" 100 ފަހަރު ލިޔަން. އަދި ނަޝީދާއިއެކު ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގަންވީ ކީއްވެގެންހޭ ބަޑި ޖެހި މީހާ ބަޑިޖަހަން ޓްރިގަރަށް އޮއްބާލުމުންވެސް ބަޑިން ނިކުތީ ކިޔާ.
ހިލޭ ވަޒަން ލިބުނުކަން އަންގާލީ މީގެ ކުރިންވެސް ހަތިޔާރުގެނޭ އިސްތިހާރެއް ނުކުރޭ. ރައްޔިތުންނަށް އިންޒާރު ދެނީ އޭ ވަޒަން އޭވަޒަން
ލިބޭއިރަށް ތަމްރީނު ހާދަ މޮޅޭ
މާރިޔާ އިސްތިއުފާ ދެއްވާފައި ގެއަށް ދުރުވޭ.
މާރިޔާ އިންޑިއާއިން އާ ވަޒަން ހޯދަދިނީމަ ހުރި ބާ ވަޒަންތައް ތަޅާ ހުސްކުރަނީ ދޯ
މީތަ މި އަދު ސިފައިން ފެށި ޚާއްޞަ ތަމްރީނަކީ.
ބަލާފަވެސް ހީވޭ މާކަ ބޮޑުވަރެއްނުވާހެން.
މި ބުނީ ވަޒަނެއް ކޭތްތިގެނެއް އެ ވަރެއް ނުވާނެ ދޯ؟ އެ އޮތީ ލޭން ތަތްތެޅިފަ! ކޭއްތިލީމަ ދާނީ ތެޔޮހަން އެހެންނު!
ތީ ވަޒަނުގެ މައްސަލައެއް ދޯ...
ޏުޖެހެދޯ ގޮސް ފަތުރިވެރިއެއްގެ ގަޔަށް އަރާކަށް...
ޢެވެސް ދީނަށް ފުރައްސާރަ ކުރާ މީހެއްގެ ބޮލައްއެރި ނަމަ ވަރަށް ސަޅި.... ނޫންތޯ....؟
ރާއްޖެ އަށް ކުރި އެރުން ލިބޭނެ ???