ލާދީނީ ޖަމިއްޔާ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ނިންމުމަކީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އޮތް މަގު ހަނިކުރުން ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.
އެމްޑީއެން އުވާލުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން އެޖަމިއްޔާއިން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް އިއްޔެ ލިއުމެއް އާންމުކޮށްފައެވެ. އެމްނެސްޓީގެ ލިއުމުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އެމްޑީއެން އުވާލަން ނިންމާފައި ވާކަމަށާއި އަދި އެކަމުން ދޭހަވަނީ މީގެ ކުރީގެ ސަރުކާރުގެ އާދަކާދަތައް މިސަރުކާރުގައިވެސް ހުރިކަން ކަމަށެވެ.
އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމާފައި ވަނީ އެއްމަސް ދުވަހުގެ އެޖަމިއްޔާ ސަސްޕެންޑް ކޮށްފައި އޮތުމަށް ފަހުގައި ކަމަށާއި، އެޖަމިއްޔާ ސަސްޕެންޑް ކުރުމަށް ފަހު ރާއްޖޭގެ މަޝްރަހު ހޫނުވެފައި ވާކަމަށާއި، އަދި އެކަމުގެ ސަބަބުން އެމްޑީއެންގެ ބައެއް މެންބަރުންނަށާއި އެޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއިލް އަށް އެތައް ބަޔަކު ދަނީ ދީނީ ގޮތުން ފުރައްސާރަކުރުންތައް ކުރިމަތި ކުރަމުން ކަމަށްވެސް އެލިއުމުގައި ވަނީ ބުނެފައެވެ.
"ރާއްޖެއަށް އަލަށް އައި ވެރިކަމުގެ އަމާޒަކަށް ވާންވާނީ މީގެ ކުރީގައި އެގައުމުގައި ވެރިކަން ކުރި މީހުންގެ ނުލަފާ ގޮތްތައް ބަދަލު ކުރުން. އެހެން ނަމަވެސް އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމި ނިންމި ނިންމުމުން ދޭހަވެގެން ދަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންނަށް އެގައުމުގައި އޮތް މަގު ހަނިކަން" އެޖަމިއްޔާއިން ކަނޑައަޅައިފައި ހުންނަ ސައުތު އޭޝިއާގެ ރިސާޗް ޑިރެކްޓަރ ދިނުޝިކާ ދިސަންޔާކޭ ބުންޏެވެ.
އެލިއުމުގައި އިތުރަށް ބުނެފައި ވަނީ އެމްޑީއެން އުވާލުމަށް ނިންމާފައި ވަނީ އެޖަމިއްޔާ އިން 2015 ވަނަ އަހަރު އާންމުކޮށްފައިވާ "ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ރިޕޯޓެއް ނެރެ ރަސޫލާ (ސ.އ.ވ) "ފަލީހަތް" ކޮށްފައި ވާތީ ކަމަށެވެ. އެމްޑީއެން އިން އަޑު އުފުލާފައި ވަނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށާއި އަދި އެޖަމިއްޔާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކޮށްފައިވާ ކަަމަށް އެމްނެސްޓީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ރާއްޖޭގެ ގިނަ ބަޔަކު ވަކާލާތުކުރަން ފެށި ހިސާބުން ފެށިގެން ބޭރުގެ އެތައް ޖަމިއްޔާއަކުން ވަނީ އެމްޑީއެން އަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ "މައުސޫމް" ޖަމިއްޔާއެއް ކަން ހާމަކޮށްދޭން އެކި ލިއުންތައް ނެރެފައެވެ. އެކޮންމެ ޖަމިއްޔާ އަކުންވެސް ވަނީ އެމްޑީއެންގެ ކޮޅަށް ޖެހިފައެވެ. އެ ރިޕޯޓުތަކުގައި ބުނެފައި ވަނީ އެމްޑީއެން އަށް ފިޔަވަޅެއް އެޅުމަކީ އިންސާނީ ހައްގުތަކަށް ދެވޭ އިހާނަތިކަމެއް ކަމަށެވެ.
އެމްޑީއެން އިން ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނަ އަޅައި ދިއުން އޮތް މިންވަރާއި މެދު ދިރާސާކޮށް ނެރެފައިވާ ރިޕޯޓުގައި ވަނީ އިސްލާމް ދީނުގެ އަސާސްތަކަށް ގޮންޖަހާފައެވެ. އަދި އެއީ އިންސާނީ ހައްގުތަކަށްވުރެ ހަރުކަށި ދީނެއްކަން ރިޕޯޓު ކިޔާ މީހުންނަށް ވިސްނައިދިނުމަށް އެތައް މަސައްކަތެއް ކޮށްފައި ވެއެވެ. މީގެ އިތުރުން އެރިޕޯޓުގައި ވަނީ ގުރުއާނުގައި ބަޔާންވެގެންވާ ކަންކަން ދޮގުކޮށްފައެެވެ. އޭގެ ތެރޭގައު ރަސޫލާގެ އިސްރާ މިއުރާޖް ވާހަކަ ހިމެނެއެވެ.
އެމްޑީއެން ރިޕޯޓުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެޖަމިއްޔާ އާއި މެދު ފިޔަވަޅު އެޅުމަށް ރާއްޖޭގެ އެތައް ރައްޔިތުންނެއް އަންނަނީ ގޮވާލަމުންނެވެ.
އިންސާނީ ހައްގޭ ކިޔައިގެން ވާހަކަ ދައްކާއިރު އިސްލާމެއްގެ ހައްގަކީ ކޮބާކަން އެގޭތަ؟
އެމީހުންނަށް ހައްޤަކީ އެމީހުން ރުހޭގޮތަށް އެންމެން އުޅުން.. ސަކިންދާ ރައީސް އިބޫއަށް އިންޒާރު ދިން ގޮތަށް ބޭރުގެ ގުނބޯ ޖަމުއްޔާތައް ލައްވާ ޕުރެޝަރު ޖައްސަންފެށީ ދެއްތޯ؟؟ ރިޕޯޓުގެ މައްސަލައިގެ އިތުރުން ރައީސުޕްޖުމްހޫރިއްޔާއަށް އިންޒާރުދިން މައްސަލަ ވެސް ވަކިން ބަލާ ޖިނާޢީ ދަޢުވާ ކުރުމަށް ގޮވާލަން..
އެމްނެ ސްޓީގެ އައްޕަގާތު ތިވާހަކަ ބުނެބަލަ.މި ރާއްޖެއަކު އެއްވެ ސްޓީއެއް ބުނާބަހަކައް ނު ސިހޭނެ ޕޮއްޕޮއް.
އިސްލާމްދީނަކީ އަހަރެމެންގެ ހައްޤެއް! އެއީ އެންމެ ފުރަތަމަ ހައްޤު! އެ ހައްޤަށް އަރާގަންނަ މީހުނަނށް އދަބަދުދެވެންޖެހޭނެ! އިންސާނުން ތަފާތުވާހެން އިންސާނީ ހައްޤުވެސް އެއްބަޔަކު އަނެއް ބަޔަކުންނާ ތަފާތުވާނެ! ކަލޯމެންނަށް އެކަން ނޭގެނީ!
އެމް ނެސްޓީއަކައް ނުބެހެވޭނެ އަހަރެމެންގެ ދާޙިލީ ކަންކަމާ.
މި މީހުނައްވެސް ހައްގު އަދަބު ލިބެންޖެހޭ ތިއޮތީ ކަލޭމެނައްވެސް ޔަގީންވެފަ ރިޕޯޓްގޯސްކަން ވީމާ އަވަހާ ހައްޔަރުކުރޭ ފިޔވަޅު އަޅާ ވެއްޓިއްޖެއްޔާ ފިސާރި ތަދުވާނެ...
އެމްއެސްޓީ އިންޓަރނޭޝަނަލް އަކީ އިންސާނީ ހައްޤު ދަންނަ ބައެއްނޫން. ނުބެހޭކަންތަކާ ނުބެޙޭ.
ކަޝްމީރުގައި އިންޑިޔާގެ ސިފައިން ހިންގަނީ ކޮންކަމެއް... އިންސާނުން ދިރިތިއްބާ އަނދަނީ..!
އެކަމަކު އެއްޗެއް ނުބުނެވޭ..! ނުހުެއްޓުވޭ.. އިސްލާމް ދީނާއި ދެކޮޅު ކަމެއް ވެއްޖެއްޔާ ވަރަށް ތިބެ ފޫގަޅާނެ..!
ދެފުށް ކެހެރިން " އެމްނެސްޓީ އިންޓަރނޭޝަނަލް " އަކީ
މިވެސް ލާދީން ޕްރޮމޯޓުކުރުމަށް ގެންގުޅޭ ޓޫލެއް..
އަހަރުންނަށް ވަރަށް ރަނގަޅަށް އިނގޭ އެމްނެސްޓީގެގޮތް، އަހަރުމެން ހުރިހާ ދިވެހިން އިސްލާމް ދީނުގެ ހައްގުގައި ނުކުނާނަން، ވަރިހަމަ ކުރިއަށް އޮތް ދުވަސްތަކުގަ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ކާއްޓާއި މަހާއި ގަހުގެ މޫ ކައިގެން އުޅެންޖެހުނަސް. ސަދޫމަށް ނިސްބަތްވާ ގައުމަކަށް މި ދިވެހިފަސްގަނޑު ނުހަދާނަން. ބޭރުގެ ވުޒާރާތަކުން ބަޔާން ނެރެނެރެ ތިބެންޖެހޭނީ. ލޭކެކޭ އެބަ މިހާރުވެސް .
އެމްނީސިޓީގެ އިންސާނީ ހައްގަކީ ކޮން އުޑަކުން ބާވައިލެއްވި އެއްޗެެއްތޯ؟ އެހައްގުތަކަކީ ލާދީނީ ބައެއް އިސްލާމްދީނަށް މަލާމާތްކުރުމަށް އުފެއްދި ގަވާއިދުތަކެއް. އެމްނީސިޓީ ބޭނުންވަނީ ސެކިޔުލަރިސަމް. ބޮއިކޮޓް އެމްނީސިޓީ! boycottamnesty#