ވަކި މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވަތަ ވަކި ވަގުތެއްގައި ބައެއް ފެންމަތިވުމުން އެކަމުގައި ފިޔަވަޅު ނޭޅޭނެ ކަމަށް ނުދެކުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަން ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަމުން ހިސާން ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންނަކީ އެ މުވައްޒަފުންގެ ޒިންމާތަކެއް އޮންނަ މުވައްޒަފުން ކަމަށާއި، އެ މުވައްޒަފުންނަކީ ޖަވާބުދާރީވާން ޖެހޭ ޖަވާބުދާރީ ކުރެވޭ ބައެއް ކަމަށެވެ.

އަދި ހިސާން ވިދާޅުވީ، ޖޭއެސްސީން މީހަކާމެދު އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގައި މީހަކު ހުރި މަގާމަކަށް ނުވަތަ ވަގުތަކަށް ނުބަލާނެކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޭފުޅުންނަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަދާކުރަން ޖެހޭ ދުސްތޫރީ ޒިންމާތަކުގެ މަތީ މި ކޮމިޝަން ދެމި ހުންނާނެކަން. އަޅުގަނޑުމެން އަޅުގަނޑުމެންގެ މައްސޫލިއްޔަތު އަދާކުރާނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނު ތަކުގައި ބަޔާންކޮށްފައިވާ އިޖްރާއަތްތަކާ އެއްގޮތްވާ ގޮތުގެ މައްޗަށްކަން،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެނެވެމުން ދާ ކަމަށާއި، އެގޮތުން ޖޭއެސްސީގެ މަސައްކަތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެވެމުން ދާ ކަމަށެވެ. އެގޮތުން ފަނޑިޔާރުންނާ މެދު ހުށަހެޅޭ މައްސަލަތައް އަވަހަށް ބަލާފައި އެ މައްސަލަތައް ނިންމަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރޭ އޮތް އެ ޖަލްސާގައި އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހާޒިރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ބިންގޯ

  ވަކިމަގާމެއްގައި ހުރުމުން ފިޔަވަޅު އަޅާކަށް ނުކެރޭނެ. ތީހަހަމަ މަމޮޅުވާން ދައްކާވާހަކަ. ހަމަނިކަމެތި މީހާއަށް ފިޔަވަޅުއަޅަނީ.

  76
 2. Anonymous

  ހިސާން ކަލޭވެސް ވަރަށް ޖަ އްބާރުވެގެން ތި އުޅެނީ، ގާނޫނު އަސާސީގަ އި ބަޔާންކޮށްފަ އިވާ އިޖުރާޢަތްތަކާ މުޅިން ޚިލާފަށް ހުރިހާކަމެ އްވެސް ތިކުރަނީ، ކޮސްވާހަކަ ދެ އްކުން ހު އްޓާލާ، ކަލޭމެން ހަމަ ބިމަށް ތިރިވާން މާތްﷲގެ ރަޙުމަތްފުޅުން ވަރަށް ކާރިވެ އްޖެ.

  69
  • ފީކަކޫ

   އަދިވެސް ނުވިސްނޭދޯ. ތިހެން ގަދަބަސް ބުނާމީހުނަށް ވާގޮތް. ކުރިއަށް މިއޮށް އަހަރުތަކުތެރޭ ކަމަނާ ތިޔަކުރި ކަންތަކާ މެދު ޝަޜީއަތް ހިންގާނެ. އަދި ރޮއޮހޭރެނިކޮށް ޖަލަށްވެސް ލާނެ. ތީ ހަމަ ދުވަސްކޮޅެއްގެ މަގާމެއްކަން ނޭނގުނީތީ ދެރަވޭ

 3. މުސައްލަ

  މީނާ ހުރީ އުދުހޭ މުސައްލައެއްގެ މަތީ. އެހެންވެ މީނާގެ މައްޗަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ.

  64
 4. މޭލޭ

  ޢައުރަނިވާކުރޭ

  66
 5. މަބޭ

  ހިސާން އަކީ މީގެކުރިންވެސް ނުފޫޒުފޮަރުވުގަ އެންމެކުރީގަ އުޅުނު އެކަކު އަބޮލޯ ގާޒީވަގަ އްނެގުމާ ފިރުވައިގެން ގެންގުޅުމުގަ އޭރުނެރުނު ހުރިހާ ގާނޫނީލަފަޔެ އް ޑްރާފްޓްކޮ އް ޒުބޭރުލަ އްވާ އެނެރުވަނީ އިސާން .

  50
 6. ދަންނަދައިތަ

  އާ އެހެންތާވާނީ ކަލޭމެންކޮއްފިއްޔާކޮންމެކަމެއްވެސް ޤާނޫނީއިމުގެތެރެއިން އެހެޔޮވައްކަންކުރިއަސް އެހެންމީހަކުކޮއްފިއްޔާ ޤާނޫނީއިމުންބޭރުން ލަދުކޮބާ

  52
 7. ކެޔޮޅު

  ކޮބާތަ އެމްސީ ހަމީދު ކޮބާތަ އަންނި ކޮބައިތަ ސަހިންދާ ފިޔަވަޅެއް އެޅޭނެތަ ތިސާނުނެނައް ތިންކުރާގޮތް ހަތް އުޑުގެމަތިން މާތްﷲ ބައްލވާ ވޮޑިގެންވާނެކަން އެނގޭތަ؟

  52
  • ވެރި ސޮރު

   ހިސާނު އުޅެނީ ބައްޕާ ފުޅު ހިންގި ހަޑިތަށް ފޮރުވަންތޯ ނަޝީދު ޖަލައްލުން އަރުވާލުން ފަދަ ހުކުމް ކުރީ ކޮންބަޔެއްތޯ އޭރުގައި !

   27
 8. ކަންނެލިއޮޑި

  ދީނަށް ހުރުމަތެއްް ނެތް މީހަކު ދައްކާކަށް ނުދައްކާކަށް ވާހަކައެއް ނޯންނާނެ. އެކަނބުލޭގެ ވެސް ސައިޒުވުން ވަރަށް ގާތްވެއްޖެ.

  49
  1
 9. ތައްހާނު

  މީދެން ކާކު ބޮޅު ދައިތަ ކަލޭމެން ވެރިކަމަށް ގެންނަން ހިތުން އެކަން ވާނެޔޯ މިބޮޅޭއަށް ދެނީ ބަންޑާރަ ނައިބު ކަމޯ

  28
 10. ގާބޯ

  ތިބުނަނީ ބުނާގޮތަށް ކުރާށޭތަ ނޫނީ ހަ އިލަމް އަށް ހެދި ގޮތް ހަދާނަމޭ ބުނަން ވާހަކަ އެއއއއެ އއް ބިރު ނުދަ އްކާތި ބަޔަކަށް ނުހަ އއްގުން އަނިޔާ ދޭކަމަށް ވާނަމަ އެމީހުން ދިފާ އުކުރުމަށް ރަ އްޔިތުން ނުކުންނާނެ އޭރުން ދެރަވެ ނިކަމެތިވާނީ ކަލޭމެން

  17
 11. ބިންގޯ

  މީ ވެސް ވަރަށް މޮޅަށް ކަންކަން އެގޭ މީހެއް

  14
 12. މަގޭ ބަސް

  މަންޖެ ތިހެން ބުންޏަސް ތީހަމަ ހޮޅި ވާހަކައެއް. މޑނ އިން ނެރުނު ޝައިޠާނީ ރިޕޯރޓް ދިފާޢުކުރި މިހާރު މަޖިލީހުގެ ރައީސް ބުނީ އެރިޕޯޓްގައި ގޯސްކޮށް އޮތީ ހަމަ އެންމެކަމެކޭ. އެހެންބުނެ އެރިޕޯޓް ދިފާޢުކުރީމަ އެޅި ފިޔަވަޅެއް ދައްކަބަލަ.. މީހުން އަނގަގޮއްވަން މޮޅުވާހަކަ ނުދައްކާ?

  23
 13. ސަމީރު

  މީ ހަދަ ހަޑި އަންހެނެކޭ ދޯ .. އަދީ މާބޮޑު ވެގެން އެބައުޅޭނުން

  22
 14. ކަންނެލި ރާޖާ

  މި މީހާ އެބުނީ ތިމަންމެން އަންގާގޮތަށް ޙުކުމް ނުކުރާނަމަ ފަނޑިޔާރުން ވިސްނާލަން ޖެހޭނެކަމަށް. ވަރަށް ސާފު

  22
 15. ާއާމޮލް ކުރަޅި

  ކޮބާ ސަހިންދާ. އިސްތަށްޓޭ ކިޔާބަލަ

  22
 16. އަލީސައީދު

  ކަލޭމެން ލަދުގަންނަން ޖެހޭނެ ތިޔަ ބާވަތުގެ ވާހަކަ ދައްކަން. ފެމިލީ ކޯޓުގެ ހަސަން ސައީދުގެ ރިޕޯޓް ބަލާލަބަ މީހަކު ހޭބުއްދި ފިލާގޮސްފާނެ. އޭނަގެ މައްޗަށް އެހުރިހާ ތުހުމަތެއް ސާބިތު ވީމާ ޕްރޮމޯޝަން ދީފަ ކޮންވާހަކަ އެއް ތިޔަ ދައްކަނީ؟

  19
 17. އެކަމަކުދޯ

  އާދޭސްކޮއްފަބުނަން އޮރިޔާމުންހުރެ ކެމެރާކުރިމަްއްޗައް ނާރަބަލަ!!

  14
 18. Anonymous

  ކޮބާ ފިޔަވަޅު އެޅިފަ. ލާދީނީ ޓެރަރިސްޓުންނައް ފިޔަވަޅެއް ނާޅާ. ޢެމްޑީޕީގެ ލާދީނީ ފިކުރައް ތަބާވާ އެކަކައްވެސް ފިޔަވަޅެއް ނާޅާ. މާ އެނގިގެން ތިއުޅެނީ ވާނުވާގަ.

  11
 19. ޢަހުމަދު

  ކަލޭތީ އިންސާނިއްޔަތު ކަމެއްނެތް ޖައްބާރު މީހެއްކަން ދަންނަ ބައިވަރު މީހުން އުޅޭ

  13
 20. ޢިބޫ

  ޢަޅެ ނިކަން އަންނި އައް ފިޔަވަޅު އަޅާބާލަ ކިޔާފަ ހުރި ލާދީނީ އެއްޗިއްސައް.. މަބުނާނަން ތީތެދެމޭ އޭރައް

 21. ލަނގިރިޕާޓީ

  ކަނބުލޯ ކަނބުލޮ ހީކުރާހާ ގޮތަކަށް މިދުނިޔޭގެ ކަންކަމެއް ނުހިނގާނެ. ހަތަރެސްފައި އޮޅި ރައްޔިތުން މޮޔަހައްދަންއުޅުނަސް ތިޔައީ އެވަރު ސިކުނޑިއެއް ހުރިބައެއްނޫން. ﷲ ސ ވ ފިރިހެނެއްގެ އަރިކަށީގެ ކަށި ކޮޅަ ކުންން އަންހެނާއުފެއްދެވި ކަމާމެދު ވިސްނާފިނަމަ އެ ކަން ވަރަށް ސާފު ކޮށް އެނގި ޔަގީންވާނެ. އަންހެނާގެ މޫނާއި ދެއަތްތިލަ ފިޔަވާ ދެންތިޔަހާމަ ކުރަނީއައުރަ ކަންވެސްނޭންގޭހާލު ތިމާވަރެއް ނެތިގެން އުޅުމަ ކީ ލައް ކައެ ކޭ ހީވަނީތިޔަ. ޕޮހް

 22. ސޯދިގު

  އެންމެ ފުރަތަމަ ކަލޭތީ ހުރިގޮތަށް ހުރި ރީދޫ ގޭންގް ގެ މީހެއް. ކަލެއަށް ސިޔާސީ މީހެކޭވެސް ނުކިޔާނެ. ގޭންގް ލީޑަރުވެސް ތިތާ އެބަހުރި. ތި ބިރު ދައްކަނީ އުއްތަމަ ފަޑިޔާރަށް. ގޭންގް މެންބަރަކު އަދި ނުވިތާކަށް އެގޭންގެވެސް އަންހެން މެންބަރަކު ގައުމެއްގެ އުއްތަމަފަޑިޔާރަށް ބިރު ދައްކާ ހިސާބަށް ކަންތައް ދިޔައިމާ ގައުމު އޮތް ދެރަވަރު ހާލަތު އެ އެގުނީ. ކަލޭ ހީނުކުރާތި ހުޅަގުން ބާރު ލިބިގެން އިންޑިއާއިން ފޯރިމަރަމުން ހިންގާ ރީދޫ ގޭންގް މުލުން ލުހެލާ ނެތި ނުކޮށްލެވޭނެކަމަށް. 7 ފެބުރުއަރީ ވެސް އޮތީ މާދުރަކު ނޫން.

 23. ދިއްގާ

  ކަލޭ ތި މަގާމުގަ ދުވަހެއްގަ ކޮޅުން ގޭންގް މީހެއްގެ ގޮތުގަ ހުރުމަކުން ކަލެއަށް ފިޔަވަޅު ނޭޅޭނެ ކަމަށް ހީކުޅައީތަ؟