ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ބ. ތުޅާދޫއަށް މުޅިންހެން ވެސް ވަޑައިގަންނަވަނީ ޕިކްނިކް ހަދާލަން ކަމަށް ޕީޕީއެމްގެ ތުޅާދޫ ގޮފިން ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވޯޓު ހޯއްދަވައި ދެއްވުމަށް ހިސާން މިއަދު ވަނީ ތުޅާދޫ އަށް ވަޑައިގެންފައެވެ.

ނަމަވެސް ތުޅާދޫ ބަޔަކު ވަނީ ހިސާންއާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ޕީޕީއެމްގެ ތުޅާދޫގެ ރައީސް މުހައްމަދު އަތީފް "ވަގުތަށް" ވިދާޅުވީ ހިސާން ތުޅާދޫ މެމްބަރުކަމަށް ހޮވި ވަޑައިގަތް ފަހުން އެ ރަށަށް މީގެ ކުރިން ހަ ފަހަރު ވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ އީދަށް ޗުއްޓީއަށް ކަމަށާއި އަދި ގެސްޓު ހައުސްއެއްގައި ހުރެލާފައި ވަޑައިގަންނަވަނީ ކަމަށް ވިދާޅުވިއެވެ.

ތުޅާދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ތުޅާދޫއަށް ވެފައި ވައުދުތައް ނުފުއްދުމެވެ.

އެގޮތުން ހޮސްޕިޓަލާއި އެއާޕޯޓާއި ދަނޑު ވެސް އަޅަން ވައުދުވި އިރު ދައުރު ނިމިގެން ދިޔަ އިރު ވެސް އެކަން ނުވާ ކަމަށް އަތީފް ވިދާޅުވި އެވެ.

"އޭގެ އިތުުރުން ވަރަށް ފަހުން އެބަ އޮތް ހޭންޑް ބޯލް ކޯޓެއް އަޅާނަމޭ ވެސް ވައުދު ވެފަ. ނަމަވެސް ކައުންސިލްއިން ބުނީ އަދި ބިން ވެސް ނުދެމޭ" އަތީފް ވިދާޅުވިއެވެ.

ހިސާންއާ ދެކޮޅަށް މުޒާހަރާ ކުރީ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީގެ ތުޅާދޫ ރައްޔިތުންނާއި ޕީޕީއެމްގެ ރައްޔިތުންނެވެ.

އެ ރަށަށް ހިސާން ވަޑައިގެންނެވުމުން މުޒާހަރާކުރަން ފެށުމުން މެގަ ފޯނުތައް ވެސް ފުލުހުން ވަނީ އަތުލައިފައެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ވެސް ހިސާންގެ ހިމާޔަތުގައި ކަމަށް ބުނެ ތުޅާދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ހިސާންއަކީ ކުރިން ނަޝީދުގެ ލީގަލް ސެކެރެޓްރީއެވެ. އަދި ރައީސް ނަޝީދާ އެންމެ އަރިސް އެއް ބޭފުޅާއެވެ. ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ދުވަސް ވަރު ވަނީ ރައީސް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ތާއިދު ކުރައްވާކަން ފާޅުގައި ހާމަ ކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލުގެ ކެމްޕޭންގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

ހިސާން ނިސްބަތްވެ ވަޑައިގަންނަވަނީ ބ. ހިތާދޫ އަށެވެ. އަދި ނިމިގެން ދިޔަ ދައުރުގެ މަޖިލިސް އިންތިހާބުގައި ހިތާދޫ ހިމެނޭ އޭދަފުށީ ދާއިރާއަށް ވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ނުކުރެއްވުމުން މި ހިނގާ މަޖިލިސްގެ އިންތިހާބުގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވައިގެން ހޮވިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ނިކަމެތި ކުދިން އުޅޭ ގޭގެ ތެރެއަށް ހިސާން އެޅިގާ އުކަނީ ހިތެއް ނެތީމަ.

    26
  2. ޑގގ

    ލަދެއް ހަޔާތެއް ހުރި މީހެއް ނޫން. އެމްޑީޕީގެ މެންބަރުންނަށް ވަފާތެރި ނުވި މީހަކު ގައުމަށް ހުންނާނެ ކުލުނެއް ވެސް ނޯންނާނެ

    18
  3. ަންޒާ

    މަގޭހިތަށް އަރާ ދިވެހިންނަށް ހަމަ އަބަދު އޮންނަނީ ކޮންމެ ރަށަކަށްދަނޑާއި ހޮސްޕިޓަލާއި އެޔާޕޯޓު ބާވަޔޭ. ހިތަށް އަރާ ބަޔެއްފަހަރު އެހެން ގައުމުތަކުގަ އުޅޭ ޓައުންތަކުގެ މީހުންވެސް އެގައުމުތަކުގެ ސަރުކާރު ފަރާތުން އަބަދު އެދެނީ ކޮންމެ ޓައުނެއްގައި ދަނޑާއި ހޮސްޕިޓަލާއި އެޔާޕޯޓު އަޅުވަންތޯ. ހަގީގީ ތަރައްގީއަކީ ވަކިވަކި ރަށްތަކަށް މިގޮތަށް ކަންކަން ކުރުމުގެ ބަަދަލުގައި ގައުމުގެ ސަރަހައްދުތަށް ސަރަހައްދީ ގޮތުން ތަރައްގީކޮއް ވިޔަފާތިއާއި ވަޒީފާ އުފެއްދުން ނޫންތޯއެވެ. ކީއްކުރާނީ.. ދިވެހިންނަށް އަބަދުވެސް އޮންނަނީ ދަނޑާއި އެޔާޕޯޓާއި ހޮސްޕިޓަލެވެ ކޮންމެ ރަށެއްގައި. ސޭކުސްތާނު މިއީ. ޮޮ ަ

    10
    4
  4. ދޮންކަލޭފާނު

    ޕީޕީއެމޭ ކިޔައިގެން އުޅޭ ބާޣީ ޖަމާޢަތަކީ މިގައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މުސީބާތެއް. އިސް ސަފުގައި އެއުޅޭ އަދުރޭމެންނަކީ ބޮޑެތި މުނާފިޤު ވަގުން. ތިޔަ ޕާޓީ މި ވުޖޫދުން ފުހެލުމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލަން.

    2
    18
  5. މެން

    މިގައުމައް މި މުސީބައިތައް ފާޅުވެގެންއައީ އމްޑީޕީ ކިޔާ ޖަމާއަތެއް އުފެދިގެން އައިފަހުން މީ ހަގީގަތަކީ މި ގައުމުގެ ރައްޔިތުން ހަޔަތް ކަނޑުވާލީ އެމީހުން މިހާރު ފޭހި އިލޮށިގަޑު އަމިއްލަ ލޮލައް ވަންނަނީ