ރައްޔިތުންގެ މަޖިލީހުގައި ބ. ތުޅާދޫ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ މެންބަރު ހިސާން ހުސެއިން އާއި ދެކޮޅަށް އަޑު އުފުލީ ރައީސް ޔާމީނަށް ހަރާމް ހުކުމެއްކޮށް ހުރަގެއަށް ލާފައިވާތީ އެކަމާއި ދެކޮޅަށް ކަމުގައި ޕީޕީއެމް ޕީއެންސީ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު އަތީފް (ތުޅާދޫ އަތީފް) ވިދާޅުވެއްޖެއެވެ.

އަތީފް "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ހިސާން ތުޅާދުއަށްވަޑައިގެންނެވުމުން އިހުތިޖާޖު ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމުގައި އިނދެ ހިސާން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރުދައްކައި ރައީސް ޔާމީންއަށް ހަރާން ހުކުމް ކޮށް ހުރަގެޔަށް ލާފައިވާ ކަމަށް ގަބޫލުކުރާތީ އެކަމާއި ދެކޮޅަށް ކަމަށެވެ. އެ އިހުތިޖާޖުގައި ރައީސް ނަޝީދާ ގުޅުމެއް އޮތް މީހަކާއި ގުޅުވޭނެ ގޮތެއް ނޯންނާނެ ކަމަށް އަތީފް ވިދާޅުވިއެވެ.

ހިސާން އާއި ދެކޮޅަށް ތުޅާދޫ ރައްޔިތުން ކުރިއަށް ގެންދިޔަ އިހްތިޖާޖުގައި އެންމެ އިސްކޮށް ހުރީ އަތީފް އެވެ.

އާދީއްތަ ދުވަހު ހެނދުނު ހިސާން ތުޅާދުއަށް ވަޑައިގަތުމުން އެރަށު ގިނަ ބަޔަކު ވަނީ ހިސާން އެރަށުގައި "ބަންދުކޮށްފައެވެ." ހިސާން ފުރަތަމަ ވަޑައިގެންނެވި ގެސްޓްހައުސް ކައިރީގައާއި ގެސްޓްހައުސް އިން ނިކުމެވަޑައިގެން އޭނާގެ އާއިލާ އާއި ގުޅުން އޮންނަ ގެއަކަށް ވަޑައިގަތުމުން އެގޭކައިރީގައި ވެސް މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ކުރާތީ ގެއިން ނިކުމެވަޑައިނުގެންނެވިފައި ހިސާން އަށެއްކަ ގަޑިއިރު ހުންނަން ޖެހުނެވެ.

ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުޅާދޫއަށް ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް ނުކުތީ ޕީޕީއެމްގެ 10 މީހުން ކަމަށާއި އެ މީހުން އުޅުނީ އޭނާގެ ގަޔަށް ބޮލަށް އަރަން ކަމަށެވެ.

"އަޅުގަނޑު ވަށާ އެތިބީ، އަޅުގަނޑުގެ ޓީމު މީހުން. އެމްޑީޕީ ކުއްޖެއް އެތަނަކު ނެތް. ޕީޕީއެމްގެ މީހުން ގޮވީ ރައީސް ނަޝީދަށް އަޅުގަނޑު ސަޕޯޓް ނުކުރާ ކަމަށް. އަޅުގަނޑު ހިތުން މިއީ އެމްޑީޕީގެ އެންމެން ވެސް ވިސްނާލަން ޖެހޭ ކަމެއް:" ހިސާާންގެ ޓުވީޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޓިނުއަދުރޭ

    ޢަނެއްކާ ތިއަތީފަކީ ސިކުނޑި ހަމަނުޖެހޭ މީހެއްބާ.

    3
    23
  2. ައަހުމަދު

    ކުރިހުކުމް ހަރާމް އެކަމަކު ނެގި ފައިސާ ހަލާލް ؟

    5
    27
    • އެނޮން

      އެމްޑީޕީ އިން ނަގާނީ ހަލާލު ރިޝްވަތު ދޯ… މިހާރުވެސް ތިމީހުން އެންމެ މަތީ ހުސް ކޮރަޕްޝަން… ލަދު ކޮބާ

  3. ބޮނޑިބަތް ޖަމީލު

    ތުޅާދޫ ޢާޠިފަށް ބުނެލަންއޮތީ ކަލޭ ޖެހޭނީ ތެޅިތެޅި ހުންނާށޭ! މި ޤައުމުގައި އުފެދުނު އެންމެ ބޮޑު ވަގު އަދި އެންމެ ބޮޑު މުޖުރިމު އެހުރީ ހުރަގޭގައި ބަހައްޓާފައި. އިންތިޙާބު އަންނައިރުވެސް އޭނާ ހުންނާނީ އެތަނުގައި. ޖަލަށްދާންޖެހޭ ލިސްޓުގެ އެންމެ ކުރީގައި ދެން އޮތީ ތި ބޯގަޅި ޢާޠިފް. ވަރަށް ސަލާމް.

    1
    8
  4. ކކ

    2023 ޔާމީން..އީޒީ ކޮށް..އިންޝާﷲ..އާމީން..

    7
    1
  5. ކޮރަލް

    ތުޅާދޫ މީހުން ހިސާްނ ހޮވީމަ އޭނަ ތުޅާދޫ އަށް ކޮށްދިން ކަމެއް ފެންނާ ކަށް ނެތެވެ. އެކަމި އަމިއްލަ ބޭންކް އެކައުންޓް އެދަނީ މައްޗަށެވެ. އަންނަ ދިމާ އެއް ނޭނގެ އެވެ.

    5
    1
  6. އެކުވެރި

    ވާންޗޯ ވެގެން ހިތުން ޕޮލިޓިކްސް ވިޔަސް ތި ބޮޑުވަރު . . ޔާމިނަށް ވީމަ ހަރާން . . އެހެންމީހުންނަށްވީމަ ހަލާލު

  7. ކުރުކޮއްފޮނިކޮއް

    މީނަޔަކައް ތެދެއްނުހެދޭނެކަން އެގިއްޖެ މިއަންހެނާ ދެއްކިވާހަކައިން ބަލަ ކަލޭމެންނޭ މަގުމައްޗައް ނުކުމެ ގޮވީ
    އިންސާފުގެ ވާހަކަ ކަލޭމެންނައް ވެރިކަންލިބުނީމަވީ ކުރިއައްވުރެވެސްގޯސް ކަލޭމެންގެކުރިމަތީގަ އިންސާފަކީ ބޭއިންސާފް ބޭއިންސާފަކީ އިންސާފްކަލޭމެންނާ ޖެހިފަ ސަދޫމްވެސް އޮންނާނީ ކަލޭމެންގެ ފަހަތުގަ

  8. އަލްޖިބްރާ

    ވައްކަން ކުރުން ހަރާމް ނުވަނީތަ ؟ އެކަންކޮށްގެން ކުރާ ހުކުމް ހަރާމް ވާގޮތެއް ހުކުމް ޙަރާމޭ ތިގޮވާބައިގަޑު ބުނެދީބަލަ ؟

    1
    3
  9. ސަރިދޯޅު

    ދެން ޔާމީން ހުރަގެެއިން ނެރުނުތަ. ގަދަބާރުން ކަންކަން ކުރަން އުޅުން ޤަބޫލެއް ނުކުރެވޭ. އިންސާﷲ ޔާމީން ވަރަށް އަވަހަށް ސަލާމްތްވާނެ.

  10. ދިވެހިދަރި

    ބޭއިންސާފުންކަމެއްދާނަމަ ނުވަތަ ވަކިކަމެއްހާސިލްކުރުމަށް ވަކިފަރާތަކާމެދުކަމެއްކުރާނަމަ ނުވަތައަނިޔާއެއްދީއެފަރާތެއްގެއަގުވައްޓާލުމަށްމަސައްކަތްކުރާނަމައެފަރާތަށްތާއީދުކުރާފަރާތްތަށް މަޑުންނުތިބޭނެކަންދަންނަންޖެހޭ ވީމާ، މިއީއެގޮތުން ހިނގާކަމަކަށްވެދާނެ މިއީ ހިސާނަށްއުދަގޫކުރުމަށް ނުވަތަ ހިސާނުކުރައްވާކަމަކަށް ހުރަސްއެޅުމަށް ނޫނީހިސާނު ބަންދުކުރުމަށް ކުރެވުނުކަމެއްކަމުގައި ނުދެކެވޭ މިއީ ކަމެއްއަނަގައިދިނުން ހަނދާންކޮށް
    ދިނުން ބައްކަންތަށްކުރެވޭނީ އެކަމެއްކުރެވެންއޮންނަގޮތަކަށް ތަފާތުވުމަކީ ވެދާނެކަމެއް ނަމަވެސް މިކަންހިންގިފަރާތުން ހިންގިސަބަބު ބުނެއެއްނޫންތޯ ވީމާ، މިކަންހިންގަންޖެހުނު ސަބަބު މިހާރުއެގޭނެ މިއީ ހަމަތިބެލާފަ އިދިކޮޅުފަރާތަކަށްކުރި
    ޖެއްސުމެއްނޫން ވީމާ، މިހާރު ހިސާނަށްއެގިލައްވާނެ ޖުޑިޝަލް ސާވިސް ކޮމިޝަންގެ
    ރައީސްގެ މަގާމުގައިހުނަވާ ފަނޑިޔާރުންނަށްނުފޫޒްފޯރުވާ ބިރުދައްކައިގެން ކަމެއް
    ކުރެވިފައިވކަމަށް ރަގަޅުގޮތަކީ ނުހައްގުންކުރެވިފައިވާކަންތަކަށް މަޢާފަށްއެދި ގޯސްކަންތަށް
    ރަގަޅުކުރަން އުޅުއްވުން