ބ. ތުޅާދޫ އަށް ވަޑައިގެންނެވުމުން ޕީޕީއެމްގެ ސަޕޯޓަރުން އޭނާގެ ގަޔަށާއި ބޮލަށް އަރަން އުޅުނު ކަމަށާއި އެތަނުގެ ތެރޭގައި އެމްޑީޕީގެ މެމްބަރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ހޯއްދަވަން ހިސާން ތުޅާދޫ އަށް އިއްޔެ ވަޑައިގަތުމުން އެ ރަށުގައި މުޒާހަރާކޮށްފައިވެއެވެ. އެ މުޒާހަރާގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެފައިވެއެވެ. އެ މުޒާހަރާގައި ބައިވެރިވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ކަމަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަމަވެސް ހިސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުޅާދޫއަށް ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް ނުކުތީ ޕީޕީއެމްގެ 10 މީހުން ކަމަށާއި އެ މީހުން އުޅުނީ އޭނާގެ ގަޔަށް ބޮލަށް އަރަން ކަމަށެވެ.

"އަޅުގަނޑު ވަށާ އެތިބީ، އަޅުގަނޑުގެ ޓީމު މީހުން. އެމްޑީޕީ ކުއްޖެއް އެތަނަކު ނެތް. ޕީޕީއެމްގެ މީހުން ގޮވީ ރައީސް ނަޝީދަށް އަޅުގަނޑު ސަޕޯޓް ނުކުރާ ކަމަށް. އަޅުގަނޑު ހިތުން މިއީ އެމްޑީޕީގެ އެންމެން ވެސް ވިސްނާލަން ޖެހޭ ކަމެއް:" ހިސާާންގެ ޓުވީޓުގައި ވެއެވެ.

ހިސާން އެހެން ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާގެ ޓުވީޓަށް ކޮމަންޓް ކުރި މީހުން ބުނެފައި ވެއެވެ.

"ކަނޑައެޅިގެން ދޮގެއް. އެތަނުގައި ތިބި އެމްޑީޕީން މީހުން ވެސް. ކަމަނާ ރިސޯޓް ބޯއިސްއަށް ވި ވައުދުތަކާ، އެއާޕޯޓްއާ، އެތަކެއް ދޮގުތަކެއް ހަދާފަ ވޯޓު ހޯދަން އައީމަ ވީ ގޮތް. ފުރަތަމަ ވެސް ބުނި ކަންކަން ކޮށްދެއްވާ. އަޅުގަނޑަށް ތުޅާދޫ ކިޔާ ނުދީ. އެތާ ދަންނަ އެމްޑީޕީގެ މީހުން ވެސް އެބަތިބި" ހިސާންގެ ޕޯސްޓަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވެއެވެ.

ހިސާންއަކީ ކުރިން ނަޝީދުގެ ލީގަލް ސެކެރެޓްރީއެވެ. އަދި ރައީސް ނަޝީދާ އެންމެ އަރިސް އެއް ބޭފުޅާއެވެ. ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ދުވަސް ވަރު ވަނީ ރައީސް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ތާއިދު ކުރައްވާކަން ފާޅުގައި ހާމަ ކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލުގެ ކެމްޕޭންގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

ހިސާން ނިސްބަތްވެ ވަޑައިގަންނަވަނީ ބ. ހިތާދޫ އަށެވެ. އަދި ނިމިގެން ދިޔަ ދައުރުގެ މަޖިލިސް އިންތިހާބުގައި ހިތާދޫ ހިމެނޭ އޭދަފުށީ ދާއިރާއަށް ވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ނުކުރެއްވުމުން މި ހިނގާ މަޖިލިސްގެ އިންތިހާބުގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވައިގެން ހޮވިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހަހަހާ

    ދައްކާ ވާހަކަ ދިމައެއްނުވޭ ރޮޒޭ ބުނި އެއމްޑީޕީ މިހުންވެސް ތިއްބޭ،،

    16
  2. ކުލޮ

    10 މިހުންތަ އެފެންނަނީ ، ދެން ކީއްކުރަން އެހާބޮޑު މައްސަލަޔަކައް އެވަނީ..

    16
  3. ޙުތރ

    ގަޔަށް އެރުމޭ ދިވެހި ބަހުގައި ބުނަނީ ރޭޕް ކުުރުމަށް!

    23
  4. ޙަނދުކޭތަ

    ލޮލް ކީއްތަވީ އެރިއްޔާ ރައްޔިތުން އަދި ކަލޭމެންގެ ބޮލައް އަރާދުވަސް އޮތީ

    25
  5. މޮޔަ

    ތީ ހަމަ ރާވައިގެން ސޯލިބެއާ އަންނި އާ ކުޅޭ ފިލްމެއް.
    ޕީޕީ އެމް ކުދިންނޭ ކިޔަނީ އެޕާޓީގެ އަގު ވައްޓާލަން.
    ވެރިކަން ހޯދަން ގައިގަ ގުއި ހާކަން ޖެހުނަސް އެކަންވެސް އެވެރިންކުރާނެ

    19
  6. އަލިމުތް

    މީނަގެ ޓީމުތަ ދިވެހި ފުލުހުންނަކީ؟ ފުލުހުންތަ މީނަގެ ދަބަސްވެސް އުފުލާދެނީ؟ ބަލާއެއް!

    24
  7. އިގްތިސާދީ ޗޯރު

    ޕީޕީއެމް މެންބަރުން އެމްޑީޕީމެންބަރުންހާ ގޮތްކުޑައެއްނުވާނެ.

    25
  8. ޅޮލްޒ

    you deserve it

  9. ޢިއްތިހާދު

    ގައަޔައް ބޮލައް އަރަން އުޅުނީ ނައިޓައްނުދެވޭތީ ނައިޓްފެނުނީމަ ވާނީއެހެތާ ކުރިންބުނިއެތިކެންސަލް

    20
  10. ޒަކީ

    ޕީޕީއެމް ނަޝީދު ސަޕޯޓަރުން ގަޔަށް ބޮލަކަށް ނާރާނެ. ނަސީބެއްނު ހަރުވާޅު ނުބޭލިކަން.

    24
  11. އަރާހަމަކުރާނެ

    މުސްކުޅިން ބުނާތީ އަޑުއަހަމެވެ. އެމީހަކު ކުރި ކަމެއް އެމީހަކާ އަރާހަމަކުރާނެއެވެ. ރަށްރަށަށް ވަޑައިގަންނަވާ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންނަށް ގޯނާކޮށް ދުއްޕާންކޮށް ދުއްތުރާކުރަން ދަސްކޮށްދިނީ އެމްޑީޕީން. ދަސްކޮށްދިން މީހުންގެ ތެރޭގައި ހިސާނުވެސް ހިމެނޭ. މުސްކުޅިން ބުނިގޮތަށް އެކަންތައް މިއަދު ތި ފެންނަނީ.

    25
  12. މަހޭޝް

    ކުރިވަރު ކުޑަ

    22
  13. ހުސޭނުބޭ

    ވީމާ މީނާ ހުންނަ މަޤާމުގެ ހަސަދަވެސް ޕީޕީއެމަށް ފިލުވާލާކަން އެބަ އެނގޭނު. ރަގަޅު ގޮތަކީ އަޅުގަނޑު އަމިއްލަ ރަށު މީހުން އަޅުގަނޑު ބޮލަށްއަރާފި، މިހެން.

    21
  14. Anonymous

    ޕޕމ ކުދިންރަގަޅުތާ ކަލޭހިނގާފަ ޢަދެވޭވަރު ކުރިކަން!!

    21
  15. ހ މ ޒ

    ހިސާން ރިއެކުޓު ކުރީމަ އަންނަނީ ހިނި...

    19
  16. Anonymous

    ކަމަނާފާނު ހާދަރީއްޗޭ

    2
    15
  17. މުދިންބޭ

    ހިސާނޫ އެތާތިބީ ހަމަ 10 މީހުން! ވީޑިޔާއިން ލައްކަގިނަ މީހުންފެނޭ! ފާޅުގައިދޮގު!ދެން ސަރީއަތްތަކަށް ހަދާނީ ކިހިނެއްބާ!

    19
  18. Anonymous

    ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިސާއި ވެރިކަމާއި ސިޔާސީ ކަންތަކާއި ވެރިކަމުގެ ބާރުތަކުގައި ފިރިހެނުންނާ އެއް ހަމައެއްގައި ނުވަތަ ފިރިހެނުންނަށް ގޮތްކިޔައިދީ ސިޔާސީ ފަރުދާއިން ނުކުމެ ސިޔާސީ ދާއިރާއާއި އެނޫންވެސް ދާއިރާތަކުގައި ހިލޭ ފިރިހެނުންނާއި އެކު އަންހެނުން އުޅުމީ ޤައުމެއްގެ ހަލާކު. މީހެއް ބުނެފާނެ މިކަންވެސް ދީނީ ކަމަކަށް ހަދާލީހޭ. އެހެންވެއްޖެއްޔާ މީގެ ތެދުކަން ބަލަން ބޭނުންނަމަ މަޝްހޫރު ވަރުގަދަ ރޯމަން އެމްޕަޔަރ ހަލާކުވެ ވީ ސަބަބުތައް ދިރާސާކޮއްލުމަށް އެެދެން. ތާރީޚު ދަންނަ މީހުން މިކަމަށް ހެކިވާނެ. ގައިމު އެމީހުންނީ މުސްލިމުންނެއްް ނޫން.

    12
    1
  19. Anonymous

    ކަމަނާއަށް މިހާރު ޕީޕީއެމް މެމްބަރުންނާއި އެމްޑީޕީ މެމްބަރުންވެސް އޮޅުންނުފިލާ ކަން އިނގިއްޖެ، އަދި އެބަބުނޭ އެއްވި މީހުން ގޮވިއޭ ތިމެންނަ ރ ނަޝީދަށް ސަޕޯޓުނުކުރާކަމަށް، ޕީޕީއެމްމީހުން އެހެންގޮވާނެތަ؟؟ ޕީޕީއެމް މީހުންޖެހެނީ ހަމަ ކަލޭ ގަންހިންގަން، ރ.ޔާމީން ބޭއިންސާފުން ޖަކަށްލައިގެންއުޅެނީ އެއް ޚިޔާނާތެއްގަ ބައިވެރިވާ އެތަށް ޚާއިނުންނަށް ދައުވާނުކޮށް މިނިވަންކޮށް ބަހައްޓާފަ، ތިކަހަލަ މީހުންނަށް އަދި އުނދަގޫ ދުވަސްތައް އޮތީ ކުރިޔަށް، އަދި އެހެން ދުނިޔެއަކަށްވެސް ދާންޖެހޭނެތާ؟؟

    15
  20. ދަރަނި ދަންތުރަ

    ކަލޭ ގަޔަށް ބޮލަށް އެރި ޕީ ޕީ އެމް މީހުންނެއްނޫން އެއީ ނަސީދުގެ އައުވާނުން އެހެން ބުނަން ނުކެރުނީ މާލޭން ލޮޓިއެއް ފީފާނެތީދޯ ، ޕީ ޕީ އެމް މީހުން އެހާ ޑީ ގުރޭޑު ނުވާނެ ހިސާނޫ

    19
  21. Anonymous

    ރޯނު އެދުރު ހިސާނުމެން ރޯނުއެދުރު ރ.ބުރާހިމްގެ ސަރުކާރު އަބަދުވެސް މިގައުމުގައި ދަމަހައްޓަން ބޭނުންވާތީ ބޭއިންސާފުންވިޔަސް ހުކުމްކޮށް ރ ޔާމީނު ޖަލަށް ލައިގެން އުޅެނީ، މީނަގެ އެެއްބަނޑު އަންހެނަކު ޔޫއެންގެ މަގާމެއްގައި ބަހައްޓައިގެން މިސަރުކާރުން އޭނައަށްވެސް ކޮންމެ މަހަކަށް ބައިމިލިޔަން ރުފިޔާ އެބަދޭ، ނިކަމެތި ރައްޔިތން ބަނޑަށްޖައްސާ ބަހައްޓާފަ

    16
  22. ވިސްނާލުމަށް އެދެމޭ

    ނައިޓަށް ދިޔާމަދޯ...ޕޕމގެ މީހުންނާއެކު ރައްޔިތުންގެ އަދަދު ގުނަނީ އެހެންވީމަ ތުޅާދޫއަށް ކަމަނާގެ ވައުދުތައް ނުފުއްދަންޏާ އެ ރައްޔިތުން ނުކުންނާނެދޯ އެކަންނޭގުމަކީ ކަމާނާގެ މައްސަލައެއް..އަނެއްކޮޅުން މޑޕއިން ކަމަނާމެން ނަމޫނާދެއްކި ޑިމޮކު ރަސީގެ ރީތިކަން ތިއީ...ހަޖަމްކު ރޭ....

    12
  23. ތގހ

    2023 ޔާމީން އިންޝާﷲ..އާމީން...

    16
  24. ޑައެލޯގް

    ޖުޑީސަރީގައި އިންނަ އެންމެ މުހިއްމު އެއްމެންބަރު މިދަނީ އިބޫގެ ކެންޕެއިނަށް އެކިރަށްރަށެވެ. ދެން ޖުޑީޝަރީ މިނިވަންވާނެވަރު ވިސްނާލާށެވެ. 3 ބާރު ތިއޮތީ ފައްކާކޮށް ވަކިވެފައެވެ.

  25. ކޮއްޔާ

    ތިދަނީ ދަސްކޮށްދީފަ ހުރި މަގުން //

  26. ކޮރަލް

    އެހެން ވެގެން ލައިލާ ވެސް އަންނި ދޫކޮށް އިނގިރޭސި ވިލާތަށް ދިޔައީ އެވެ.

  27. ކަމަނާ

    ވައުދު ފުއްދުމުގެ ނަމުގައި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން މުޅި ދައުރުގައި ގުދަށް ބައިތިއްބައިގެން ރެއާ ދުވާލު މަސައްކަތް ކުރުވާފައި އެމީހުންނަށް މުސާރަ ބޮޑުކޮށްދިނުމެއް ނެތި އަދި ހުރިހާ ދިމާލެއްގައި އެންމެނަށް ފްލެޓްދީ ހަދާއިރު ނުފެންނަ ކަމަށް ހަދައިގެން ހުރިހާ ބާރެއް މުށު ތެރެއަށް ލައިގެން ހުރި މީހަކަށް އެއްޗެއް އިހުސާސް ވާން ރަނގަޅު ވަގުތެއް.

  28. އަަނެއް ދިވެހި ރާއްޖެ

    ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސަކަށް ހުންނަ މީހަކު ސިޔާސީ ކެމްޕޭން ތަކުގައި އުޅުމަކީ ބަލައިގަނެވޭ ކަމެއްބާ؟ ކޯޓުތަކަށް މީނަ ނުފޫޒު ފޯރުވާ ކަމުގެ ވާހަކަ ވެސް އެހާ މަޝްހޫރު. ފަނޑިޔާރުންނަށް މުސާރަ ބޮޑުކޮށްދިން އިރު ޖުޑިޝަރީގެ އިދާރީ މުވައްޒަފުންނަށް އެއް ކަމެއްވެސް ކޮށްދީފައި ނުވަނީ ހުރިހާ މަސައްކަތެއް ކުރާ ބަޔަކީ އިދާރީ މުވައްޒަފުން ކަން މި ވެރިންގެ ހޭވެރި ކަމުގައި ނެތީމާބާ. ޖުޑިޝަރީ ވަރަށް އިސްލާހު ކޮށްފި. ވާ ސަލާމް

  29. ކޮވިޑް

    ކުރިވަރު ކުޑައީ މަކަރާހީލަތުން ވޯޓް ހޯދައިގެން ރިސޯޓް ބޮއިސް ރަށަށް ނައިޓަށް ގެންދިިޔައީމަ ވާނެ ހައެތި ތިވަނީ ދެން ގަޔައް ބޮލަށް އަރަންދެން ކެއްކޮށްލާ.

  30. ޒާ

    ތިމާ ކުރާކަންތައް ނުފެނޭތަ؟ އެރިލެއް ކުޑައީ. އަދި އުނދަގޫ ދުވަސްތައް ފެންނާނެ.