ދިވެހި ޝިޕިން ލައިނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ދިވެހި ޝިޕިން ލައިނެއް އުފެއްދުމުގެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ.

މި ގަރާރު ހުށަހެޅުމުގެ ބޭނުމަކަށް ބުނެފައި ވަނީ މެރިޓައިމްގައި މަސައްކަތް ކުރަމުންދާ ދިވެހިންނަށް ދިމާވަމުން ދާ އުނދަގޫތައް ހައްލު ކުރުނަ ކަމަށާއި ޝިޕިން ލައިނެއް އުފެއްދުމަކީ އެފަދަ މައްސަލަ ތަކަށް އޮތް ބޮޑު ހައްލެއް ކަމަށެވެ. އަދި މިފަދަ ގަރާތެއް ހުށަހެޅުމުން ސަރުކާރުގެ ސަމާލުކަމަށް އެމައްސަަލަ އަންނާނެ ކަމަށް އޭގަރާރުގައި ވެއެވެ.

މިގަރާރުގައި އިތުރަށް ވަނީ ރާއްޖެއަކީ ކަނޑުދަތުރުތަކަށް ބަރޯސާވެފައިވާ ގައުމެއް ކަމުން، ޓްރާންސްޕޯޓް މިނިސްޓްރީ އިން ރާވައިގެން ރައްޔިތުންނަށް ރަނަގޅު ހިދުމަތްތަކެއް ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ.

އަދި ދިވެހިން އިމްޕޯޓް ކުރާ މުދަލުގެ އަގު ކުޑަކުރުމަށާއި، ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ޝިޕިން ލައިނެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް އެގަރާރުގައި ވަނީ ބުނެފައެވެ. މީގެ ކުރިންވެސް ރާއްޖޭގައި ޝިޕިން ލައިނެއް އޮތްކަން ފާހަގަކޮށް އެގަރާރުގައި ވަނީ އޭރު އާމްދަނީގެ ގޮތުގައި 12 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި އޭރު 2000 ސީމަނުން ތިބިކަމަށާއި އެހެން ނަމަވެސް މިހާރު އެއަދަދު 300 އަށް ދަށްވެފައި ވާކަން އެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެން ކަމުން ޝިޕިން ލައިނެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި އެގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

މި ގަރާރު މަޖިލިހުގެ ތަޅުމަށް މާދަމާ އޮންނަ ޖަލްސާގައި ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގގ

    އެއްކަމެއްވެސް ކުރާނެކަމެއްނެތް ރައްޔިތުން އަތްފައި ބުރިކުރަންފެށީ. އާއިލާ ގޮވައިގެން ކާންބޯދުއްވި ކާރުގަނޑު ހުއްޓުވައި މުޅި ދިރިއުޅުން ބަރުބާދުކޮށްލައިފި މީސްމީހުންގެ މިނުލަފާ ސަރުކާރުން

    13
    2
  2. ހުސޭނުބޭ

    އުޑުން ތަރި ބާލައި ޤަރާރެއް ހުށައަޅާބަލަ! ކަލޭމެންގެ ނެތް ކަމެއް ކުރެވޭނެ ފެންވަރެއް!

  3. މާމީ

    ސެންކޯ ޝަރީފައް އުފައްދާ ކުނިފުންޏެއް ކަމައްވާނީ އެމް އެސް އެމް އެލް ވިއްކާލީ ޝަރީފު މެންގެ ނުބާރޭވުމުން ފައިދާނުވޭ ނުވޭ،،،،،، މިހާރު މިއޮތީ ވިއްކާ ސަރުކާރު ......