ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ކުރީގެ ރައީސް، އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ޑިފެންސް މިނިސްޓަރ މާރިއާ ދީދީގެ އާ ގުޅޭ މައްސަލަތަކެއް ޕްރޮގްރެސިވް ކޯލިޝަންގެ ލީގަލް ޓީމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދުގެ މެންދުރުފަހު އެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ޕީޕީއެމްގެ ފަރާތުން އަހުމަދު ސިއްދީޤުއާއި، އައްސަދުގެ އިތުރުން މުހައްމަދު ޝަހީދު އެވެ.
އެބޭފުޅުން ހާމަކުރެއްވި ގޮތުގައި އެ މައްސަލަތައް މިއަދުގެ 13:50 ވީއިރު ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަތައް ބެލުމާ ބެހޭގޮތުން 3 ދުވަސް ތެރޭގައި އޭސީސީގެ ފަރާތުން ގޮތެއް ނިންމައި، ލިޔުމުން އަންގާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ މައްސަލަ ގޮތުގައި ހުށަހަޅާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މައްސަލައެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދަޢުލަތުގެ ނިޝާން ޖަހާފައި އިންނަ ރިޔާސީ ލޯންޗުކޮޅުގައި އެމަނިކުފާނު އަމިއްލަފުޅު ދަތުރުތައް ކުރެއްވި މައްސަލައެކެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ހާމަކުރެއްވި ގޮތުގައި ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ސިޔާސަތެއް ގެންގުޅޭނެ ކަމަށް ވިދާޅުވެ، ރައީސް ޞާލިހު 17 ނޮވެމްބަރު 2018 ގައި ވެރިކަމަށް ހުވާކުރެއްވުމަށްފަހު މިއަހަރުގެ އޭޕްރީލް މަހާ ހަމަޔަށް ކެމްޕެއިން ދަތުރުފުޅުތަކަށް ރިޔާސީ ލޯންޗުކޮޅުގައި ސަތަރި އަޅުއްވައިގެން ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނަށް ކެމްޕެއިންކޮށްދެއްވުމަށް ރައީސް ޞޯލިހު ކުރައްވާފައިވާ ދަތުރުފުޅެއް ކަމަށް އެބޭފުޅުން ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.
ދެވަނަ މައްސަލައެއްގެ ގޮތުން ހުށަހަޅާފައިވަނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު ނަޝީދުގެ މައްސަލައެކެވެ. އެއީ ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ހުވަދުއަތޮޅަށާއި، ފުވައްމުލަކަށް އަދި އައްޑު އަތޮޅަށް ވަޑައިގެން، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތްތައް ކޮށްފައިވާ ކަމުގެ މައްސަލައެކެވެ. ދަޢުލަތުގެ މަޖިލީހުގެ މީޑިއާ ބޭނުންކޮށްގެން އެމަނިކުފާނު ޕާޓީގެ މަސައްކަތްތަކުގައި އުޅުއްވާފައިވާ ކަމަށް އެ މައްސަލައިގައިވެއެވެ. އަދި އެއީ ރަސްމީ ދަތުރުފުޅެއް ކަމަށް ވިދާޅުވި ނަމަވެސް، އެބޭފުޅާ އުޅުއްވާފައިވަނީ ކެމްޕެއިން މަަސައްކަތްތަކެއްގައި ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ޤާނޫނީ ޓީމުގެ ފަރާތުން އޭސީސީއަށް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.
ތިންވަނަ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޑިފެންސް މިނިސްޓަރު، މާރިޔާ އަހްމަދު ދީދީ އާއި ގުޅޭ ކޮރަޕްޝަނުގެ މައްސަލައެކެވެ. އެއީ ޑިފެންސް މިނިސްޓަރު، މާރިޔާ، އަމިއްލަފުޅު ދަތުރުފުޅެކޭ ކިޔައިގެން ޔޫއޭއީ އަށް ވަޑައިގެން، އެޤައުމުގެ އިންޓީރިއާ މިނިސްޓަރު، ސައިފް ބިން ޒައިދު ބައްދަލުކުރެއްވިއިރު، އެކަމަނާގެ ދަރިކަލުން އެ ބައްދަލުވުމުގައި ބައިވެރިކުރެއްވި މައްސަލައެކެވެ. އަދި އެކަމަކީ ރާއްޖޭގެ ޤައުމުގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި، ދަޢުލަތުގެ ވަޒީރެއްގެ އެފަދަ ބައްދަލުވުމެއްގައި އާއްމު އެއްވެސް ފަރުދަކު ބައިވެރިނުކުރެވޭނެ ކަމަށާއި، އަދި އެއީ މަޤާމުގެ ނުފޫޒާއި، ދަޢުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އެކަމަނާ ހިންގެވި ކޮރަޕްޝަނުގެ ޢަމަލެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ޤާނޫނީ ޓީމުން އޭސީސީއަށް ފޮނުވި މައްސަލައިގައިވެއެވެ.
ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި މި ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލޭނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ޤާނޫނީ ޓީމުން ހާމަކުރިއެވެ. "އަޅުގަނޑުމެންގެ ވެރިކަމެއްގައި މި މައްސަލަތައް ބެލޭނެ. ޔަޤީނުންވެސް 2023 ވަނަ އަހަރު އަންނާނީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއް. މި ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް އެބައޮތް. ބަދަލުދިނުމުގެ ގޮތުން ބިލިއަނުން ފައިސާ އެބަ ބަހާ." ޝަހީދު ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިއްދީޤު ވިދާޅުވީ އެއްވެސް ރައްޔިތަކީ ޤާނޫނަށްވުރެ މަތީގައި ހުރެވޭނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި "ދަޢުލަތުގެ ފައިސާ އަކީ މައިންބަފައިންގެ ތަރިކަމުދާހެން ހޭދަކުރަން ޖެހޭ އެއްޗެއް ނޫން" ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލެއް ކަމަށްވާ ސިއްދީޤު ވިދާޅުވިއެވެ.
ސާބަހޭ،،،،،،،............
ޒިރޯ ޓޮލަރެންސް އެނގޭނެތަ
ތި ރަޑާލިފަތި 2023 ވަނަ އަހަރު އޮންނަ އިންތިހާބަށް ކައިރިވެސް ނުވެވޭނެ !
ތި ލާދީނީ ބޮކިފަތި ތައް 2023 ގައި ތަޅައިގެންދާނެހެން ހާދަ ހީވެޔޭ.
ދައުލަތުގެ ފައިސާ އަކީ މައިން ބަފައިންގެ ތަރިކަ މުދާ ވީމަ ދޯ އެމް،އެމް،ޕީ،އާރު،ސީ ގެ ލާރިގަނޑު ކާލައިގެން ވަގުކަލޭގެ އެއުޅެނީ.....
އާނ ދޯ؟ އަދި ޖާބެ އަތުންވެސް އެވަރަށް ނަގައިގެން ބަހައިފިޔޯއެއްނު. ޖާބެ ވަގެކޭ ގޮވާވަރު މަދީއެއްނު.
އެލާރިގަނޑު ދިނީ(އަދުރޭ_09 )ތިބޭފުޅާހެން ހާދަ ހީވޭ.
ތިޔަ މައްސަލަތައް ބަލާއިރު، ރައީސް ޔާމީނުގެ 5 އަހަރު ތެރޭ ތިޔަ ބާވަތުގެ ކިތައް މައްސަލަ ބަލަން އެބެއްތޯ؟ މުލިއާގެ މެޑަމްގެ އޮފީހެއް ގޮތުގަ ޕީޕީއެމް ކެމްޕެއިނަށް ބޭނުންކުރުމާއި، ސަރުކާރުގެ ބިންތަކުގަ ޕީޕީއެމް ޖަގަހަ ހެދުމާއި، އިންތިޚާބު ތަކުގަ ރައީސް ޔާމީނު ކެމްޕެއިން ދަތުރުތަކުގަ ދަޢުލަތުގެ ވަޞީލަތްތައް ކޮޅެއް ނެތް މިންވަރަށް ބޭނުންކުރުން، މިހެންގޮސް އެތައް ޖަރީމާއެއް އެންމެންނަށް ފެންނަގޮތަށް ހާމައަށް.....
ޔާމީނު ވަގުކަމަށް ބަލައި އެ ވިއްކައިގެން ވަރިކަމުން ބާލައި ދެންއެރި ބަޔަކު އެގޮތަށް އުޅުނީމަ ދެކޮޅެއް ނުޖެހޭ ދޯ.
ކަދުރުފާތުމަ ވަކިބަޔަކަށް ކަދުރު ބަހާފަ ޕެނަޑޯލް ބެހި ވާހަކަވެސް ދައްކަބަލަ.. ހެހެހެ
އެވާހަކަ ދައްކާ އަދިވެސް ނުނިމޭތަ! އެހެންވިއްޔާ ކުރިއަށް ގެންދޭ. އަހަރުމެން މިހާރު މިދައްކަނީ ކަދުރުކަޅުދައްތަ ކަދުރުތައް ވަގަށް ނަގައިގެން ރައްޔިތުންނަށް ނުދީ ފޮރުވި ވާހަކަ. ކެރޭނެތަ މިވާހަކައާ ބައިވެރިވެލަން؟
އާ ރަނގަޅު. އެތެރެކޮށްފަ ބަހައްޓާ. އިރުވައި ހަޅައަށްފަހު އަހަރުމެން ތިކަންތައް ބަލާނީ. ޅިނދު ފީވިޔަކަސް ދެނެއް ބޭސްފަރުވާއެއް ނުލިބޭނެ. ޅިނދު ހިފައިގެން 13 ހަމަކުރަން ޖެހޭނީ.
އުޅެއުޅެގެން އަތުޖެހުނު ވަރު. ކީއްކުރާނީ. ކުޅޭކުޅޭ ދެތިން މައްސަލަ. އަހަރުމެން ކުޑައިރު ބަތްކައްކާ ކުޅޭ އިރު ތިޔަކަހަލަ މައްސަލަ ތައް ބަލާ އުޅުނީން.
ކަދުރު ފާތުމަ ހިންގި ހިތޯނީ ކޭންޕާއި ކަދުރު ފާތުމަ ބެހި ސިޓީ އުރައިގައި އިން ފައްސަތޭކަ ރުފިޔާ ! ހެއްހެއް އެންމެ ފައްސަތޭކަ ރުފިޔާ.
ދިވެހިރާއްޖޭގެ ކޯޓްތައް އެމްޑީޕީ ޖަގަހަޔަކައް ހަދައިފި މިމައްސަލަވައްދާނަން.. އާރާއިބާރު ލިބިގެން ގައުމު ފުޑާލާ މަންޒަރު މިފެންނަނީ
ސުނިލް ސެޓީ އާއި ދޮގުހަދާ ސިއްދީޤް ތޯ ޤާނޫނީ ޓީމް ލީޑްކުރަނީ؟؟؟ ލަދުން ބޯހަލާކު
ނަސީދުގެ ބައިވަރު މައްސަލަ އޭސީސީ އަށް ވައްދަންޖެއެހެއެވެ ފުރަތަމަ އޭނާ ޖަލުން މިނިވަންވާން (ނަފްސު ލޯންޑަރ ކުރަން) ބޭނުންކުރިފައިސާ އަކީ ކޮންތާކު ންހޯދި ފައިސާއެއްތޯ ބަލަން ޖެހެއެވެ އެފައިސާ ޚަރާބު މަގަކުން އައިސްފައިވާނަމަ އޭނާ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދޭން ޖެހެއެވެ.
ކަދުރު ފާތުމައެއް އެމްއެމްޕީއާރުސީ އެއް ކިޔާނެކަމެއްނެތް. މައްސަލައެއް އޮތިއްޔާ އޭސީީސީ އަށް ހުށަހަޅާ. އިބޫ، އަންނި، މާރިޔާގެ މިމައްސަލަތަކަކީ، މިފަދަ ކަމެއް އާދައިގެ މީހެއްގެ ފުށުން ފެނިއްޖެނަމަ ކޮރަޕްޝަން. މާޤާމުގެ ނުފޫޒުގެ ބޭނުން ނާޖާޢިޒު ގޮތުގަ ހިފުން. އޭސީސީ ގެ ނަޒާހަތްތެރިކަން މިފަހަރު ފެންނާނެ.
ސަރުކާރުގެ ރަސްމީ ނިންޖަކަށް.ނުވާގޮތަށް ރައީސް ސޯލިޙާއި ފަޒުނާ، އެދެމަފިރިންގެ އަމިއްލަ ނިންޖަކަށްވާ ގޮތަށް މުލިއާގޭގައި ނިދާފައިވާތީވެސް ދަޢުވާ ކުރަންވާނެ. މި ކޮމެންޓުވެސް ޖަހާލަ ދޭތި.
މިމީހުން ލަދެއްހަޔާތެއް ނެތިގެން ތޯ ތިއުއުޅެނީ
ޔާމީނު ޑަޒަން ޑަޒަނަަަަަނައް ވައް ކަން ކުރިއިރު
މިވެރިކަމުގައި އޭސީސީ އަށް ހުށައަޅާ މައްސަލަ ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގު
ކުރީގައި އޮތް ސަރުކާރު ކޮރަޕްޓޭ ވައްކަމޭ ކުރަނީ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ރައީސް އޮފީހަށް ބޮޑެތި ކޮރަޕްޓް ކާރޓެލްސް އިން ތައް ވައްދައިގެން ނޫ މަޑު ކަޅު މަޑި އަދި ލޯ ބޮޑު ކަޅު އައިނު ކުންފުނި ތަކަށް ދައުލަތުގެ ބަޖެޓުން 500 މިލިއަނުން ޑޮލަރު ނަގާ ދީފައި ބުނަނީ އެއީ ކޯޓުން ބޭރުގައި ކުޑާ ކޮށް ކަޓެއް ޖައްސާލީއޭ އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ގައުމުގެ ޚަޒާނާ މިމެން ދަވާލާ ހުސްކޮށްލާ ޗާބޫކުންނޫންތޭ މިއޮތް ތަޅަނީ
މީކޮންކަހަލަ ޓީމެއްތަ ތިޔަހެރަ ސިއްދީގައް އުފަންރަށުން 50ވޯޓުލިބުނުތޯ އަދަބު އަހުލާގުގެ ކަންފުޅެއްވެސްނެތް
މި ސަރުކާރުން ތިން ބަޖެޓް ދަވާލައިފި ވީ ކަމެއްހަރާން