އެމަނިކުފާނާ މެދު ޢަދުލުވެރި ޝަރީޢަތެއް ކޮށްފިނަމަ، ގައިގަ އަތެއް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިގޮތަށް ވިދާޅުވެފައިވަނީ ޕީޕީއެމް އަށް ޚާއްސަ ބޭފުޅުންތަކެއްސޮއި ކުރެއްވުމަށް މިހާރު ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދާ ރަސްމިއްޔާތެއްގައެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީޢަތް ހިންގަމުންދަނީ އޮޅުވާލައިގެން، ނުބައި ތަހުގީގެއް ހިންގުމަށްފަހު ކަމަށެވެ. އަދި ޝަރީޢަތް ކުރަނީ މުޅިން އެހެން މައްސަލައެއް ކަމަށެވެ. މި ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ. ރަޔާމީން ވިދާޅުވީ އިންސާފުވެރި ޝަރީޢަތެއް ކޮށްފިނަމަ، އެމަނިކުފާނުގެ މަޢުސޫމްކަން ހާމަވެގެންދާނެ ކަން ޔަޤީންކުރެވޭ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑު އަޑެއް ނާހަން ތަހުގީގަށް ހެކިދޭއިރު، ޝަރީޢަތަށް ހެކިދޭއިރު، މީހަަކަށް ބިރު ދައްކައިގެން ވަކި ގޮތަކަށް ހެކިދޭ ވާހަކައެއް. ޙުކުމަށް 3 ،4 ގަޑިއިރަށް ވެފައި އޮތްވާ ފަނޑިޔާރު ސަސްޕެންޑް އެކުރަނީ. އިބްރާހީމް މުހައްމަދު ޞާލިހުގެ ޗީފް އޮފް ސްޓާފް މިގުޅަނީ. މިކަމެއް މިކުރައްވަނީ ދީނީ ޕާޓީގެ ކުދިން. މިކަމަށް ޚާއްސަކޮށް ތަމްރީން ލިބިފައިވަނީ ދީނީ ޕާޓީގެ ކުދިން. އެހެންވީމަ، އަޅުގަނޑަށް ޤަބޫލުކުރެވޭ ﷲ ގެ ރަޙުމަތް ތަނަވަސް. އިންސާފުވެރި، ޢަދުލުވެރި ޝަރީޢަތެއް ކޮށްފިނަމަ، ރައީސް ޔާމީންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ. އެއީ ވާނެ ކަމެއް ނޫން." ޔާމީން ވިދާޅުވިއެވެ.

ޔާމީން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގައި މިހާރު "ޝަރަފުވެރި ޚާއިނުންތަކެއް" ވެސް އުޅުއްވާ ކަމަށެވެ. އެކަން 1 ފެބްރުއަރީ (2018) ގެ އަމުރަށް ފަހު ފެނިގެންދާ ކަމަށެވެ. ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރު މަޤާމުން ދުރުކުރުމަކީ އެއީ އާދައިގެ ކަމެއް ނޫން ކަމަށާއި، އެބޭފުޅުން ވަކިކުރައްވަން އުޅުއްވަނީ ޤާނޫނާ ޙިލާފަށް ކަމަށެވެ.

"ފަނޑިޔާރުން ނެރޭ އަމުރުތައް ނުވަތަ ޙުކުމަކީ އެއީ ސުލޫކީ މައްސަލައެއް ނޫން. ޖުޑީޝަރީގެ ތެރޭގައިވެސް ތިބެނީ އިންސާނުން. އެ ބޭފުޅުންގެ މައްސަލަ ބައްލަވަން އެންމެ އިސްކޮށް މި ހުންނަވަނީ ރައީސް ނަޝީދު. ރައީސް ނަޝީދުގެ އެފުށް މިފުށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އެތާނަގައި ނުހުންނާނެ ސަހަލު އެއް ބޭފުޅެއްވެސް." ޔާމީން ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ އެމަނިކުފާނާ ދޭތެރޭ ކަންބޮޑު ނުވުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

"އަޅުގަނޑު ދަންނަވާނީ ﷲގެ އިރާދަފުޅުން ކަންބޮޑުވާކަށް ނުޖެހެޔޭ. އަޅުގަނޑު ކަންބޮޑެއްނުވޭ އަޅުގަނޑު ބައިތުލްމާލުން އެންމެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ. އަޅުގަނޑުގެ ނަފްސުގެ މުއްސަނދިކަން މާ ބޮޑުވާނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ މުއައްސަސާތައް ހަލާކުވެގެންދަނީ އެ މުއައްސަސާތަކާ ހަވާލުވެގެން ތިބޭ މީހުން އެމީހުންގެ ޤާނޫނީ މަސްޢޫލިއްޔަތު ނުފުއްދާތީ ކަމަށެވެ. އަދި އެބޭފުޅުންނަކީ "ޚާއިނުން" ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.

"އެބަޔަކު ކުރި ކަމެއްގެ ނަތީޖާ އެބަޔަކާ ބައްދަލުކުރާނެ. ވަކި ގޮތަކަށް މިބޭފުޅުން ކަމެއް ކުރަން ބުނެފިއްޔާ، އެއާ މުޅިން އިދިކޮޅަށް އެކަމެއް އެމީހުން ކުރާނީ. އެމީހުން ހީކޮށްފާނެ މިހާރު މި ހިނގާ ކަންތައްތައްތައް ނުބެލޭނެ ކަމަށް. މި ހުރިހާ ކަމެއް ބެލޭނެ. ކިތަންމެ ވަރަކަށް ރޭވިއަސް، އަޅުގަނޑުމެން އިންސާނުންނަކީ ޟައީފް ބައެއް. އަޅުގަނޑު މީގެ ތަޖުރިބާ އަށް ދާކަށް ނުޖެހޭނެ." ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކަމަނަ

    ކޮން މޮޅުވާހަކަ، ޖަލު ރެޑީގަ، ހަމަ ޖަލަ އް ވަ އްދާނީ. ހަހާ

    14
    81
    • އަލީ

      ކެނެރީގޭ ޖހލ ވެސް ހަމަ ޖަލަށް ލާން ގޮވާބަލަ

      22
    • ގަންޖާބޯ

      މަ ޖަލަށް ލީމަ ޅިނދު ފީވެ މައިބަދަ ވާގި ނެތުނަކަސް ޔާމީން މަހާ ފިނޑިއެއް ނުވާނެ. މަ ކޮންމެ ދުވަހަކު ރޮއިހޭރި ބިންމައްޗަށް ވެއްޓި ހަތަރެސްފައިން ވައްތަރު ޖައްސާ އަނގައިން ފޮނު އަރުވާ ހެދިއިރު ޔޫއަށް ވަރަށް މަޖާ ދޯ؟ ކެކެކެ

  2. ޔާމިން ޕީޕީ ސީ

    މިރާ އްޖެތިބި 99% މީހުން ތިބީ އައރެން ޖަލަ އް ލާން އަހަންނަކީ ބޮޮޑުު ވަގެ އް

    13
    75
  3. ލަކީ

    ހެހެ ތިބޭފުލާ ގެ ވެރިކަމުގަ ކުރެއްވީ އަދުލުވެރި ޝާޜީޢާތަކެއްތޯ

    18
    62
  4. އަދުރޭ

    ޔާމީީނަަކީީ ރާ އްޖެދު އް އެންމެބޮޑު ވަގު ވަރަ އްސާފު
    = އަދުރޭ=

    19
    72
  5. ފިލްވ

    ތިބުނީ ޔާމީނު އަމިއްލައަށް މީގެ ތަޖުރިބާ ކޮށްފީމޭދޯ. ވީމާ ޖަލު އެބަ އިންތިޒާރު ކުރޭ

    14
    63
  6. މެންބަރު ޝިޔާމް

    ޔާމީނު އަކީ ހޭޖެހުނީސްސުރެ ވަ އްކަންކުރަމުން އ އައ އި ވަގެ އް
    =މެންބަރު ޝިޔާމް=

    15
    66
  7. ކިޔުންތެރިޔާ

    ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. ވެރިކަމާއި، މުއްސަނދިކަމާއި، މަގުބޫލުކަމާއި، ރީތިކަމާއި، ނިކަމެތިކަން އަދި މޮޅާއި ދެރަ ދެއްވާ ފަރާތަކީ ﷲ ސުބުހާނަހޫ ވަތަޢާލާ. ކޮންމެ ކަމެއްވެސް މެދުވެރިވަނީ އެކަމެއްގެ ފަހަތުގަ ފޮރުވިފައިވާ ކަންތައްތަކެއްވާތީކަން ކަށަވަރެވެ. ރައްޔިތުންނަށް މިހާރު ދައްކާނެ އިތުރު މަންޒަރެއް ނެތެވެ. ﷲ ގެ އިރާދަފުޅުން ނަޝީދާއި އޭނަގެ މިތުރުން މިގައުމުގަ މިހާރު ހިންގާ ލާދީނީ ފިކުރާއި، ޚުދު މުޚުތާރު ވެރިކަން ފަޟީހަތްވެ ނިމިއްޖެއެވެ. ދީނީ ފަގުޑި ތުރުކުރައްވައިގެން ތިބި ބޭފުޅުންގެ ނިޔަތްވެސް އެނގި ސާފުވެ ހިނގައްޖެއެވެ. މި ސަރުކާރު ގެންނަން މަސައްކަތްކުރި 90 ޕަސެންޓު ރައްޔިތުން މިހާރު އެބަ ހިތާމަކުރެއެވެ. ﷲ ގެ އިރާދަފުޅުން މި ވެރިކަމަކީ އެބައިމީހުނަށް ހިންގަން ދަތި އުނދަގޫ އެއްޗެއްގެ ގޮތުގައި ލައްވާންދޭވެ. އެބައިމީހުންގެ ލާދީނީ ފިކުރު ބަލިކުރައްވައި އިބަސުވާމީންގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައިފާނދޭވެ. ޔާ ﷲ، ރ.ޔާމީނަށް ސާބިތުކަން ދެއްވައި ކެތްތެެރިކަން މިންވަރުކުރައްވައިފާނދޭވެ. އަދި އެމަނިކުފާނުގެ ޝަރީއަތް އިންސާފުވެރި އެެއްޗެއްގެ ގޮތުގައި ލަހައްޓަވައިފާނދޭވެ. އާމީން.

    31
    3
  8. ޓޮމް

    ގާޞީމެން ހަމަބު އްދީގަ އި ތިބޭނަ ހުކުމް ކުރާނީ
    ޔާާމީީންް ޖަލަ އްލާން 100%
    =މެންބަރު ޓޮމް=

    11
    62
    • ގަންޖާބޯ

      ކަލޭ އެކަނި މާއެކަނި އެކި ނަންނަމުގަ މިތާ ކޮމެންޓް ކޮށްލަކޮށްލާ! ހަހަހަ ނަސީބެއްނު ކަލޭ އެކަނިފިލުވަން މަށަށް މި ބަލާލެވުނުކަން. ދީބާޖާ "ބަދަލު" ވައްކަމުގެ ލާރިގަނޑު އެބަލިބޭ. ކަލެއަށް ބައި އަޅާނަން. ސާބަސް ތިކުރާ ހިތްވަރަށް

      23
      2
  9. ސަހީމް

    މިގަރުނުގެ އެއްމެ ބޮޑު ވަގަކީ ޔާމީނު
    ޤާޞީމެން ހުކުމް ކުރާނީ ރަގަޅައްކަމައް އުއްމީދުކުރަން

    14
    64
    • އައްޑޫ މީހާ

      ކަލޭތީ ވަގަކަށްވީތީ އެހެން މީހުންނަށް ވަގަށް ގޮވަނީ

      24
      4
  10. ގުއިރޯނު

    އޯކޭ ވަގުޔާމީން. ޥަގުޔާމީން ވައްކަމުގެ ފަސްއަހަރު ވީ އިރު ދިގު30 އަހަރާ ކުރު 3 އަހަރާ އަދި އެއާގުޅޭ ދެ އަހަރު ޖުމްލަ 35 އަހރުން ރާއްޖޭ ނުދެކޭ ތަރަ އްގީ ގެނެސދިން. އޭގެ ފޮނިމީރުކަން ދިވެހި އެންމެހާ ރައްޔިތުންނައްލިބިދިން. ޢެކަކު 80 ކޮމެންޓއެކޮށް އެކިނަންނަމުގަ ހާސްފަަހރު ވަގަށް ގޮވިޔަސް މިހަގީގަތް ބަދަލެ އްހަމަހިލާ ނުކުރެވޭނެ. ޕޮހް. ތިޔަގޮވާ ވަގުންތިބީ މި އަދުގެ ސަރުކާަރުގެ މަތިފަޑީގަ. ޢެކަން މިހާރުވެސް އޯޑިޓް ރިޕޯރޓްތަކުންއެހެރީ ދިމާލަ އްފެންނަން. ތިޔަގޮވާ ވަގު އެ އީ މ އަދު އޮތް ސަރުކާރު ވެރިކަމަ އް އައުމުގެ ދަހިވެތިކަމުގަ ރަ އްޔިތުމީހާ ގޯނި ފުލަ އްއެރުވަން ވި އްކި ހެ އްލުންތެރިކަމުގެ ހޮޅިވާހަކަ ކަން މިދަނީ ސާބިތުވަމުން. ރ ޔާމީން ހުންނަވާ ސާބިތުކަމުން އެކަނިވެސް އެކަން ވަރށްސާފު. އަދިވެސް ﷲގެރަހްމަތްފުޅުން ތިޔަޖާހާ ދަންތުރައިންސަލާމަތްވެ ގައުމާރައްޔިތުން ނަ އް ޚިދަމަތް ކޮށްދެ އްވަން އެނބުރި ވަޑައިގަންނަވާއިރުވެސް ވަގުތަސްބީހާގަ ތިބޭބަޔަކު ހަމަޖެހޭނީތިބެން. އަލްމާނި އްޔަތު ގެތިޔައަހުލުވެރިންނަކީ ކޮންމެނުބަ އެއ އް އެ އީ ރަނގަޅުކަމުގަ އަދި ކޮނ1މެ ރަނގަޅެ އް އެއ އީ ނުބަ އެ އްކަމުގަހަދާ ނަހަމަ ނާޖާ އިޒު ފަ އިދާނަގާ އެ އިން ކާނާ ކާގެން ތިބޭ ހާލު މަރުވެގެން ވަޅުލެވޭ ފަސްގަނޑަ އްވެސް އިހްތިރާމް ނުކުރާ ހަރާންކޯރު ބަ އެ އް ކަމާ މެދު އެއްވެސް ސުވާލެ އް ނު އުފެދޭ. ޜ ޔާމީން ޒިންދާބާދް.

    30
    3
  11. ޖަޒީރާ

    ވެރިކަމަކީ ބަޔަކުގޮޅި އައ އްލީމަ ކުރެވޭ އެއ އްޗެ އްނަމަ 2008 ގަލިބުނުވެރިކަން ހިފެހެ އްޓޭނެ މިހާރުވެސް މަހަކު ? މީހުންގެ ވަޒީފާ އެދަނީނެތިގެން ވެރިކަން ހިފެހެ އްޓޭތަ މީހާރުވެސް ރެ އާދުވާލު ބޭރުގަ އުމުތަކަށް ދަނީދަތުރުކުރަމުން ބޭރުގެލޯން ލިބޭތޯ ވެރިކަން ހިފަހައ އްޓަ ދެނީކޯޓް ތަކަކުން ނޫން އެމް އެމް އޭ އިން އެތަނުން ސަ އްހަ މަލޫމާތު ދޭނެކޮމެވެސް ދުވަހަކުން ނޫނީ އާސަންދަ ހުސްވީމަޢެގޭނެ މީކުރިންވެސް ދިމާވިގޮތަކީ

    18
    1
  12. އަންނި

    މަގޭބާގައިގެ ކުދިންކޮޅުނުނިދާހޭލާތިބެ ތިކޮށްދޭ ބުރަމަސައްކަތަށް ސާބަސް. ޔައުނީ މިބުނީ ކަލޭމެން ހޭލާތިބެ ކޮމެންޓުކޮށްދޭ ވާހަކަ.

  13. ނާތަހުޒީބު

    މިރާއްޖޭގައިހުރި އެނމެ ބޮޑުވަގަކީ އަންނި

    29
  14. ތުވާ

    މިހާރު ހަދާންވާނެ ގޯސްކޮށްކަންކަން ކުރެވުނުކަން.... ބޭބެފުޅު އާއި ދަރިން ޖަލަންލީ ކާކު ކޮންކަމެއްކޮށްގެންތޯ-- ނިދާއިރު ވިސްނާލަބަލަ. ކޮންމެ ބަޔަކުވެސް ނުފޫޒް ނުފޯރުވާތޯ.. އޭރުގެ ވެރިކަން ވެސްދިނީ ރަގަޅުކުރަން---- އެހެންތޯވީ... މީޑިޔާގައި ވާހަކައެއްބުނު މީހާވެސް ލީ ޖަލަން--- ނުހައްގު ހެން ހީވަނީ--- އެހަދާން ނުވޭތޯ-- ލިބުނީމަ އޭރުވެސް އަގައިން ބުނާއިރަށް ޖަލަން ނޫންތޯ-- މައުމޫނަށް ހެދީ ކިހިނއެއް؟؟؟؟؟؟

    2
    15
  15. ސަންފައްތަ

    މީހަކު ނޫޅޭ އަތްލާހިތަކުން. ޖަލަށްލާހިތުން އުޅެނީ.

    3
    19
  16. ހިޔާލު

    އަދުލުވެރި ޝަރީޢަތެއް ކުރެވިގެން އަތްނުލެވޭނެ އެތައްބަޔަކަށް ޖަލު ހުކުމްތައް ކުރުވިފައިވާނަމަ، މާފަށް އެދި ވަޑައިގަންނަވަންވީނޫންތޯ؟ ތައުބާ ވުމަކީ ހެއުކަމެއް ތައުބާވެވޭނީ ވަގުތު ޖެހުމުގެކުރިން އެކަމާއި އުޅުއްވައިގެންނޫންތޯ/

    1
    2
  17. ނޫހު

    ރައީސް ޔާމީނުގެ ޝަރީއަތާމެދު މިސަރުކާރުން ޢަމަލު ކުރަމުން ދާގޮތުން ރާއްޖޭގެ ޝަރުޢީ ނިޒާމަށް އިތުބާރެއް ނުކުރެވެއި އިންސާފެއްނެތް

  18. ގޮބޮޅި

    ސަންފަންތާ! ﷲ އިރާދަކުރެއްވިއްޔާ ރ. ޔާމީން ޖަލަކަށް ނުލެވޭނެ އެއީ އެތަނުގައި ރ.ޔާމީން ބަހައްޓާކަށް ގޮޅިއެއް ހަދާފައެއްނެތް، އެހެންވެ ކުރިންވެސް އެތަނުން ނެރެންޖެހުނި. އެތަނުގައި ހުރީ ނަޝީދުލާންހަދާފައި ހުރިތަނެއް. އެހެންވީމާ އެތަނަށް އަނެއްކާވެސް ވަންނަންމިޖެހެނީ ނަޝީދު.

  19. ޓިނު

    ދުނިޔޭގަވެސް މަނިކުފާވުގެ ވެރިކަމުގައި ކުރިވަރުގެ އަދުލުވެރި ޝަރިޢަތްތަކެއް ނުކުރާނެ؟

  20. ށަޒަން

    ޢަދުލުވެރި ޝަރިތަތެއްކޮށްފިނަމަ މަނިކުފާނުގެ އަތެއް ފައެއް ނުހުންނާނެ އަންނާނީވެސް އުމުރުދުވަހުގެ ޖަލުހުކުމެއްކަން ޔަގީން އެހެންޏާފަހެ އެނދިމަރިޔަނބުގެ ޒަމާނުގައިވެސް ނުކުރާހާވަރަށް ވައްކަމާއި ކޮރޮަޕްޝަން ފަހުގެތާރީހު ދުއްއެންމެ ހުދުމުހުތާރު ވެރިކަން...