ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ (އެމްއެންޔޫ) ގެ މުހިންމު ހުރިހާ ހަރަކާތްތައް ބަހައިފައިވާ ތިން ދާއިރާގެ ވައިސް ޗާންސެލަރުން މިއަދު އައްޔަންކޮށްފިއެވެ.

މި ތިން ދާއިރާގެ ވެރިން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިޔަށް ގޮސްފައި ވަނީ އެމްއެންޔޫގެ ސެމިނާރޫމްގައެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަނުކޮށްފައިވާ ތިން ދާއިރާއަކީ ފައިސާ އާއި ހިންގުމާއި ބެހޭ ދާއިރާ (އެޑްމިނިސްޓްރޭޝަން އެންޑް ފިނޭންސް) އާއި އިލްމީ ހަރަކާތްތަކާއި ބެހޭ ދާއިރާ (އެކަޑެމިކް އެފެއާޒް) ގެ އިތުރުން އިލްމީ ތަހްޤީގާއި ބެހޭ ދާއިރާ (ރިސާރޗް އެންޑް އެންޓަރޕްރައިސް) އެވެ.

އެމްއެންޔޫ އަށް ވައިސް ޑެޕިއުޓީ ޗާނެްސެލަރުން އައްޔަން ކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
އެމްއެންޔޫ އަށް ވައިސް ޑެޕިއުޓީ ޗާނެްސެލަރުން އައްޔަން ކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މި މަގާމުތައް އުފެދިގެން އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 5 އޯގަސްޓް 2019 ގައި ތަސްދީގު ކުރެއްވި ޔުނިވަރސިޓީގެ ގާނޫނުތަކަށް ގެނެވުނު އިސްލާހާއި ގުޅިގެންނެވެ. މި އިސްލާހާއި ގުޅިގެން މުހިންމު ދާއިރާތަކަށް އައްޔަނު ކުރުމަށް އެއިދާރާއަކަށް ފުރުސަތު ލިބެގެން ދާނޭކަމަށާއި ކުރީގެ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި މުހިންމު މަގާމުތަަށް މީހުން އައްޔަނު ކުރުމުގައި ހެދިފައިވާ ގާނޫނުގައި ހުރިހާ މުހިންމު މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ގޮތަށް ބަދަލުލު ކުރެވިފައިވާ ކަމަށް އެމްއެންޔޫގެ ޗާންސެލަރ ޑރ.ހަސަން ހަމީދު ވިދާޅުވިއެވެ.

އެމްއެންޔޫ އަށް ވައިސް ޑެޕިއުޓީ ޗާނެްސެލަރުން އައްޔަން ކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
އެމްއެންޔޫ އަށް ވައިސް ޑެޕިއުޓީ ޗާނެްސެލަރުން އައްޔަން ކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މިއަދު ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާރޗް އެންޑް އެންޓަރޕްރައިސް) ގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރ ފޯ އެކަޑެމިކް އެފެއާޒްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އާއިޝަތު ޝާހީން އިސްމާއިލް އެވެ. އަދި ޑެޕިއުޓީ ވައިސް ޗާންސަލަރ ފޯ އެޑްމިނިސްޓްރޭޝަން އެންޑް ފިނިއޭންސް އަށް އައްޔަނު ކުރައްވާފައި ވަނީ ހުސެން ހަލީމެވެ.

މި މަގާމުތަކަސް އައްޔަން ވެފައިވާ ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ 4 އަހަރުގެ ދައުރަކަށެވެ. މި މަގާމަށް ޖުމްލަ 30 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެންދެރި

    މަތީ މަގާމްތަކަށް ފިރިހެނުން ހޮވޭ ނިސްބަތް މަދުވެ ހައްގުތައް ގެއްލެބީ އެވެ.

    6
    4
  2. ރައްޔިތުމީހާ

    ޗާންސެލަރުންނާއި ދެން ޖެހުނު މީހުން ލައިގެންވެސް ކުދިންނަށް ހަމައަށް ގަޑިތައް ނަގައިދީބަލަ! ދުވަހަކު ގަޑިއަށް އާދެވޭ ބައެއް ނޫން ތިތާގަ ތިބޭ ލެކްޗަރާރިންނަކީ!!!

    8
    1
  3. ޟމމމ

    ޝެހެނާޒުވެސް މުސްކުޅި ވާވާ ހެން ބޯކަޅުކޮށްކޮށްފަ، ކިހިނެތްތަ މިއުޅެނީ. ފެނުނީމަ ހަމަ ބޮލަށް އުނދަގު ވަނީ

    9
    2
  4. ނޝ

    މަރުޙަބާ،މަރުޙަބާ

    1
    1
  5. އަހުމަދު

    ޟމމމ އަށް ބުނެލަން އޮތީ އިންސާނުންނަށް ތިޔަހާވަރަށް ހަސަދަވެރި ވެގެން އުޅޭކަށް ނުވާނެއޭ. މަރު އެއީ ވާނެ އެއްޗެކޭ