މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުވައްޒަފުންގެ މުސާރަ އިއްޔެ ފެށިގެން ބޮޑުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ފަދައިން، މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އިއްޔެއިން ފެށިގެން ސަރުކާރުން ވަނީ ހެޔޮ ބަދަލެއް ގެނެސްފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަނގަޅު ޒިންމާދާރު މީހުން އުފެއްދުމަށްޓަކައި ފުރަތަަމަ އެޅޭ ބިންގަލަކީ، އެ ތަމްރީނު ދޭ ފަރާތްތަކަކީ އެކަމަށް އެކަށީވާ މާހައުލެއްގައި މަސައްކަތް ކުރެވޭ ވަގުތު ދެވޭ ފަރާތްތަކަށް ހެދުން ކަމަށެވެ. ސްކޫލް ދާއިރާ އާއި މަތީ ތައުލިމީ ދާއިރާގެ މުވައްޒަފުންނަށް މުސާރައަށް ހެޔޮ ބަދަލު ގެންނަން ނިންމީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިިކް ޔުނިވާސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެން މުސާރަ ލިބެނީ ހެޔޮ ބަދަލުތަކާއި އެކުގައި ކަމަށް ރަައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ ކުރިން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރައަކީ 18،880ރ އެވެ. މި ގެނައި ބަދަލާއެކު އެމްއެންޔޫގެ ލެކްޗަރާއިންގެ މުސާރައަކީ އިތުރު ވަގުތާ ނުލާ މަހެއްގެ މައްޗަށް 29،900ރ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ގާތްގަނޑަކަށް %59 އިންސައްތައިގެ ކުރިއެރުމެއް" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސީނިއާ ލެކްޗަރާއަކަށް އިތުރުގަޑިއާއެކު މިހާރު ލިބެނީ 20،830ރ ކަމަށާއި، ގެނެވުނު ބަދަލާއި އެކުގައި އިތުރު ގަޑި ނުލާ 34،000ރ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ، 23،500ރ އިން 39،000ރ އަށް ބަދަލުވެގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ، 26،000ރ އިން 45،000ރ އަށް ބޮޑުވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މެނޭޖްމެންޓް ލެވެލްގައި މަސައްކަތް ކުރާ ފަރާތްތަކާއި، ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހެޔޮ ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

އެގޮތުން ޑީންއެއްގެ މުސާރަ 30،000ރ. އިން 38،000ރ އަށް ބަދަލުކޮށް، ރެޖިސްޓަރާގެ މުސާރަ 32،000ރ. އިން 42،000ރ އަށް ބަދަލު ކުރުމާއި، ޑެޕިޔުޓީ ވައިސް ޗާންސެލަރގެ މުސާރަ 39،000ރ. އިން 48،000ރ އަށް ބަދަލު ކުރުން ހިމެނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވޮކޭޝަނަލް އެޑިއުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރުންނަށް މިހާރު ލިބޭ 14،700ރ.ގެ ބަދަލުގައި 26،000ރ. އަށް މުސާރަ ބަދަލުވެގެން ދާނެ ކަމަށާއި، ލެކްޗަރުންގެ މުސާރަ 17،000ރ. އިން 29،000ރ އަށާއި، ސީނިއާ ލެކްޗަރުންގެ މުސާރަ 17،000ރ. އިން 34،000ރ. އަށް ބަދަލު ވެގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި އޯވާ ޓައިމް ނުލާ" ރައީސް ވިދާޅުވިއެވެ.

މި ބަދަލު 767 މުވައްޒަފަކަށް އަންނާނެއެވެ. އަދި އަހަރެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 62 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މި ކޮމެންޓް ޖަހާކަށް ނުކެރޭން

    ފޯރާފަށުގައި އަތް ދިވެހިންނަށް
    ހޯދޭނެ ގޮތުން ހުރިހާ ޚިދުމަތް
    އޯގާތެރި ސަރުކާރެއް ދުށުމަށް
    ވޯޓުން މި އިބޫފައިސަލް ހޮވަމާ

    12
    62
    • ސަޅި ބައިތުކޮޅެއް

      ތިއޮތީ ރައީސް ޞޯލިޙަށް ވަރަށް ވެސް ރީތ އަދި ޝައުޤުވެރި ގޮތަކަށް ތަޢުރީފް ގެ ބަސްކޮޅެއް އަމުނާލާފަ އެވެ.

      4
      10
    • ލުޓޭރުންގެ ސަރުކާރު

      ތިކޮމެންޓް ޖެހިޔަސް އިބުރާހިމަކަށް ދޭނެ ވޯޓެނެތް....އެއްމެ ޗޮއިސްއެއް ދިވެހިންނައޮތީ އެއީ ދިވެހިގައުމު އަ ޅުވެތިކަމުން ސަލާމަތް ކުރަން އިބުރާހިމަށް ވެރިކަންހޯދަދިން އެއްވެސް ގައްދާރަކަށް ވޯޓުނުދީ ޕޕމއިން މީދަލެ ނެރުނަސް އެމީދަލަށް ވޯޓުދީ އިންޑިޔާގެ އަތްދަށުން ދިވެހިގައުމު ސަލާމަތްކުރުން..

      33
      4
    • ކަދީދާ

      މޯދީ ދަށުކޮށް އަޅުވެތި ކުރަމުން
      ޔޯގާ ޖައްސާ ޖޭ ހިންދު ގޮވަމުން
      ހޯހޯ ބުނި ދިވެހިން ހައްޔަރު ކުރަމުން
      މޯކުޅި އަލަމްގިރި ޕްރޮމޯޓް ކުރަމުން
      ނޯ ބުނަން ޖެހޭ އިބޫ ސޯލިހަށް
      ގޯހުން ގޯހަށް ނުދަނީސް އިތުރަށް.

      10
      1
  2. Anonymous

    މަކަރުވެރި ، ފްލައިޓް ޓީކެޓް އަތަފޯރާފަށުގަ، ކަރަންޓް ބިލް އަތްފޯރާފަށުގަ، ހަށި ވިއްކާ ކުޅި އަތްފޯރާފަށުގަ. އަލަންގިރި އަތްފޯރާފަށުގަ. ވޯޓުިން މި ޗޯރުން ބަލިކުރަމާ./

    44
    6
    • މަބޭ

      މުސާރަދަދެނީ ލޯނުގެ މައްޗައް ލޯނުނަގައިގެން އަދި މިއަހަރު ސޮވަރިންފަންޑުގަހުރި ފައިސާކޮޅު ހުސްވެގެން އެވާހަކަދައްކާއަޑުވެސް އިވޭނެ

  3. ލިކާ

    ޖީއެސްޓީ %12 އައްހަދާލާ ދެން

    20
  4. ޗާންސެލަރު

    މުސާރަ 3 ގުނަ ކުރިޔަސް ވޯޓެއް ނުދޭނަން

    29
    2
  5. އިސްތިއުފާއޭ

    ކޮބާ ރައީސް އިބޫ ވިދާޅުވި އެންމެ 2 ރުފިޔާއޭ ބޮޑުވާނީ 2 ރުފިޔާތޭ ބޮޑުވީ އަދިވެސް ތަކެތީގެ އަގު ބޮޑުވާނީ ސަރުކާރުން ޓެކްސް ނަގަ ނަގައިގެން ރާއްޖެތެރޭ ކުދި ކުދި އާބާދީ ހިމެނޭ ރަށްތަކަށް ބޮޑެތި އަދަދު ތަކުން ޚަރަދުކުރާއިރު އެކުރާ ޚަރަދަކީ އެއީ ދުވަހަކު ވެސް ދެކޮޅު ޖެހޭނެ ކަންކަމެއް ނޫނޭ ދެން މިޖެހެނީ ރައްޔިތުން ފެލާލައިގެން ޓެކްސް ނަގަންއޭ ޓެކްސް ބޮޑުކުރާ އިރަށް ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވަނީ ބަލައްޗޭ ދެން މަޖްބޫރުވާނެ އަމިއްލަ ކުންފުނިތަކުގެ މުސާރަ ދެން ބޮޑުކުރާނެއޭ އެއިރުން އަދި ތަކެތީގެ އަގު މައްޗަށްދާނެ ހީވެސް ނުކުރާ ވަރަށް މިއަހަރުގެ ޖުލައި މަސް އަންނަންވާއިރަށް ކަޅު ސައިތަށްޓެއް ހޮޓަލުން ލިބޭނީ 20 ރުފިޔާއަށޭ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    14
    2
  6. ސޯލޭ

    ނުފޯރާ ފަށުގަ އޮތް ޓިކެޓް ތަކާ ނުފޯރާ ފަަށުގަ އޮތް ކާއެތިވަރު ބޮނޑިޔާ ރަނފަޅައް އަތްފޯރާފަށައް ގެންނަން މި އިބޫޗޯރު ރައްޔިތުންވެގެން ބޭރުކުރަމާ

    18
    1
  7. ހގފޕ

    ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ އުނގޫޖެހޭނީ ރައްޔިތުންނަށް ތިފައިސާ ހަމަކުރަން އިސްޓިކާވެސް ޖަހާފާނެ

    18
    1
  8. އއ

    މިއަހަރު މީނަ ފާސް ކުރި ބަޖެޓޭ ކިޔާ އެތި ބަހާބނިމޭއިރު އިންފްލޭޝަން ކިހާވަރެއް ވެގެންދާނެބާ؟؟؟؟؟ ފަގީރު ދިވެހިންގެ ހާލަކީ ކޮބައިބާ؟؟؟؟

    16
    1
  9. ނާނި

    ޔުނިވަރސިޓީތަކުގެ އެޑްމިން މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއްނުގެނޭ، ދެރަކަމެއް،
    ކިޔަވައިދިނުން ފިޔަވާ އެހެންހުރިހާކަމެއްކުރަނީ އެޑްމިން ޢޮފިސަރުން،
    ވޯކްލޯޑް އެހާބޮޑު،

    20
    2
  10. ނާނި

    ރައީސް ވަޢުދުވެލެއްވީ ޔުނިވަރސިޓީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަމަށް، އެންމެ ގިނަ މަސައްކަތް ކުރާބަޔަކީ އެޑްމިން އޮފިސަރުން، އެމީޙުން ނޫން އެހެން އެންމެންގެ މުސާރަ ބޮޑުކޮށްފި، ހުރިހާ ޑީނުންގެ މުސާރަވެސް ބޮޑުކޮށްފި، ޑީނުންގެ ގިނަ މަސައްކަތްތައް ކުރަނީ އެޑްމިން އޮފިސަރު ،އެންމެ ކުޑަމިނުން މުސާރަ ހަދަންވެސް މި އިންނަނީ އެޑްމިން އޮފިސަރު،
    ކޮބާ އިންސާފެއް،

    19
  11. އެމްޑީޕީ

    އެމްޑީޕީ ގޮތް މިހާރު ހުރިހާ ދިވެހިންނަށއ އިނގޭ.. ކޮންމެ ފަހަރަކު އިންތިހާބަށް މުސާރަބޮދުކޮށްލާނެ.. އޭގެ ކުރިން ރައްޔިތުން އެއީތިބި ބައެއްކަންވެސް ނުދަންނާނެ... މި 5 އަހަރު ނިމޭ އިރު ރައްޔަތުން ވިސްނާލަށްވާ ރައްޔަތުންނަށް ކޮށްދިނީ ކޮންކަމެއް... ގައުމަށް ވީ ކޮން ކަމެއް... ބްރިޖެއް ނޭޅުނު.... ބޯހިޔާ ވަހިކަމެއް ހޯދައެއް ނުދެވުނު.. މީ ހަމަ އިންތިހާބަށް ޖައްސާ ސްޓަންޓް

    20
    1
  12. އަލީ

    ފަހުން ނަގާ ރާޅު ބޮޑުވާނެ

    10
    1
  13. އިބްރާހިމް

    ކުރީގެމުސާރަ 15000ރ މިހާރު 20000ރ ކުރީގައި 15ހާހަށް ލިބުނު ތަކެތި މިހާރު ލިބެނީ 22ހާސް ރުފިޔާއަށް. ސަރުކާރަށް ނޫނެކޭބުނަންޖެހޭ.

    11
    1
  14. ތުޢްތު

    ހިޔާ ، ވިނަރެސް އާއި ޖެހުނީމާ އެއީ ޔާމީނު ގެ ވެރިކަމުގައި ހެދި ތަންތަނަށް ވާތީ މަހާ ޗޯރު ކަރުން ނާރު ނަގާފާ ބުނީ ކީކޭތޯ. މިފަހަރު އެގޭނެ ފިސާޜި ރަގަޅަށް މީނަ އަށް ވާގޮތް.

    14
    2
  15. ކަރިންބެ

    ސިވިލް ސަރވަންޓްގެ އިދާރީ މުޥައްޒަފުންްގެ ވޯޓެއްނުލިބޭނެ1 އެންމެ ހަތްހާސްލިބެނީ

    7
    1
  16. އުންމީދު

    މިފަހަރު ސިވިލް ސާރވަންޓުން އެކަނި ކިނބޫ އަށް ވޯޓްއެލީމަ ހޮވޭނެ

  17. ސުދޭ

    މުސާރަ ތިގޮތަށް އެއްބަޔަކަށް ބޮޑުތަނުން ބޮޑުކުރީމަ ތަކެތީގެ އަގު މައްޗަށް އެރީމަ މުސާރަ ބޮޑު ނުވާ މީހުން އުޅޭނީ ވަރަށް ހާލުގަ.

  18. ބަބޫ

    ކޮބާ އެތަންތަނުގައި 24 ގަޑިއިރު މަސައްކަތްކުރާ އެޑްމިންއިފިސަރުން. އެއީ އިންސާނުންނަށް ނުވަނީތަ. ޗާސްސެލަރ އަދި ވައިސް ޗާންސެލާގެ މުސާރަ ބޮޑުކުރީމަ ތަނުގެ ވޯކްފޯސްގެ އަދިވަޒަން ނުކުރާކަން އޭގެއިން އެގެނީ. މިސަރުކާރުގަ މިއޮންނަނީ މޮޅުމީހާއަށް މުޅުގޮތް. ނިކަމެތިންނަށް %12 ޖީއެސްޓީގެ ބަލާވެސް. އަދި މި މިސާތަ ބޮޑުކުރުމަށް ތަކެތީގެ އަގު އުފުލޭނެ އެ ބަލާއެއްވެސް އާދައިގެ މީހުންނަށް

  19. Anonymous

    ރ އިބުރާހީމަށް ރައީސަކަށް ހޮވަން މިފަހަރު ވޯޓުދިނުން ހައްގީ ޔުނިވާސިޓީ ތަކުގައި ބޮޑުމުސާރަ ކަނޑައަޅާފައިވާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތާ،؟؟ އެހެނިހެން ދާއިރާތަކާއި ސިވިލްސާވިސް މުވައްޒަފުން ވޯޓްނުދިނަސް އިބުރަހީމް ދެވަނަ ދައުރަށްވެސް ހޮވިދާނެތާ؟؟؟