މިދިޔަ އަޟުހާ އީދު ވިލޭރޭ ހިނގާދިޔަ އެކްސިޑެންޓުގައި އަނިޔާ ލިބުނު ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް އެއާ އެމްބިއުލާންސް ބޭރަށް ގެންދިއުމަށް އެހީ ލިބިއްޖެއެވެ.

މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އަލީ ހާފިޒްގެ ހާލު އަދިވެސް ސީރިއަސްއެވެ. އެހެންކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖޭން ބޭރަށް ގެންދެވެން ނެތުމުން އެއާ އެމްބިއުލާންގައި ހަފީޒް ގެންދިއުމަށްޓަކައި ފައިސާ ހޯދުމުގެ މަސައްކަތް އާއިލާއިން ފެށިއެވެ.

އެގޮތުން އާއިލާ އާއި ރަހުމަތްތެރިން އަދި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާއި، ދަރިވަރުން އަދި އާއްމުންނާއި ސަރުކާރުން ވެދިން ދީލަތި އެހީއާއެކު ބޭސް ފަރުވާއަށް އެއަރ އެމްބިއުލާންސެެއްގައި ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް އާއިލާއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އެކްސިޑެންޓްވި އަލީ ހާފިޒް އެއާ އެމްބިއުލާންސްގައި ބޭރަށް ގެންދިޔުމަށް އެހީ ހޯދަނީ

ކަފިހި ހުރަހުން ހިނގާފައި މަގު ހުރަސްކުރަން އުޅުނު އަލީ ހާފިޒު ސައިކަލުގައި ޖެހި ވިއްސައިގެން ދިޔައެވެ. އަދި އޭނަގެ ފަޔާ ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

ދުއްވާފައި އައި ސައިކަލަކުން ޖެހި އަލީ ހާފިޒް އެކްސިޑެންޓުވީ އޭނާ މަގުމަތީ ހިނގާފައި އަންނަނިކޮށެވެ. މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ވެސް އަނިޔާވިއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ މިއަދު ހައްޔަރުކުރެވިފައެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްވިއިރު ސައިކަލް ދުއްވަން އިނީ 22 އަހަރުގެ ޒުވާނެއް ކަމަށާއި އޭނަގެ އަތުގައި ލައިސަންސްވެސް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙުސެއިން

    ހަފީޒްސަރ އަަށް އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރައްވާނދޭވެ. އާމީން.

    24
  2. ....

    އޭނާއަށް ސައިކަލު ދުއްވަން ތަޅުދަނޑިދިން މީހާވެސް ކުށްވެރި ނުވޭތޯ؟

    10
    1
  3. ހެޔޮއެދޭ

    މިކަހަލަ އެމެޖެންސީ ކަންކަމުގަ ވީހާގިނައިންދޭންވީ
    ހާފިޒް އެކްސިޑެންޓްވީ ފަތިސް ނަމާދުކޮއްފޭބިތަނުންވާތީ
    އެހީވިމީހުންނައް އިރާދަކުރެއްވިއްޔާ 2ގުނަސަވާބްލިބޭނެ
    އަލުގަޑުމެންގެ އެންމެނަވެސް ހެޔޮގޮތްމިންވަރުކުރައްވާށި
    ޢާމީން

    19
  4. ބޭރިކޭޑު

    ކަފިހިހުރަހަށް އަރަންވީ ދަގަނޑުދަހަނާއަޅައިގެންދޯ ކަފިހިހުރަހަށް އަރާފަހުއްޓަ މަޑުނުކޮށް ދުއްވާފަދާ މީހުންނަށް ހަރުކަށި އަދަބުދީގެންނޫނީ މިރާއްޖޭގަ މައިތިރިނުވާނެ ލެކުޗަރާއަށް އަވަސްޝިފާއަށް އެދި ﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަން.

    23
  5. ރަން ރީނދޫ

    އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.

  6. މަމީނާޒިމު

    ރާއްޖޭގެ ސައިކަލުތަކުގައާއި ކާރުތަކުގަ އަދި ޕިކަޕުތަކުގަ އިމަޖެންސީ ލައިޓު ހަރުކުރަން އެބަޖެހޭ އެއިރުންދޯ އެމީހުން އިމަޖެންސީގަ ދާންހެދީމަ އެއްފަރާތަށް އަރަން އެނގޭނީ މިކަންއެބަޖެހޭ ޓުރާންސުޕޯޓުން ކުރަން ލެކުޗަރާއަށް އަވަސް ޝިފާއެއް މިންވަރު ކުރަށްވާށިއެވެ އާމީން...އާމީން.