ގައުމީ ޔުނިވާސިޓީން އަރަބި ބަހުގެ ކުރު ކޯހެއް ނުވަތަ "ކްރޭޝް ކޯހެއް" ހުޅުވާލަން ނިންމައިފިއެވެ.

ގައުމީ ޔުނިވާސިޓީން ބުނީ އެ ކޯހުގައި އާންމުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

އެ ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނާއި މެންދުރު ފަހުއެވެ.

އެ ކޯސް ހިންގާނީ އޮންލައިންކޮށް އަދި ހާޒިރުވެގެން ކަމަށް ވެސް ގައުމީ ޔުނިވާސިޓީން ބުނެއެވެ

ކޯހުގައި ބައިވެރިިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ 16 އަހަރުން މަތީގެ ބޭފުޅުންނަށެވެ. ކޯހުގެ ބައިވެރިވުމަށް ފޯމްތައް ހުށަހަޅެނީ ޖެނުއަރީ 14 ވަނަ ދުވަހުގެ 12 ޖެހުމާ ހަމައަށެވެ.

"މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އަރަބި ބަހުގެ މަތީ ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ މަގު ފަހިވެގެން ދާނެ އެވެ." އެމްއެންޔޫގެ އިއުލާންގައި ވެއެވެ،

ރާއްޖޭގައި މިހާރު ވެސް އަމިއްލަ ފަރާތްތަކާއި އަދި އިސްލާމިކް ޔުނިވާސިޓީ އަދި އަރަބިއްޔާ ސްކޫލުގައި ވެސް އަރަބި ބަސް ކިޔަވައިދެއެވެ.