ތިން ރަށެއްގެ އިންޖީނުގެ އެޅުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ފެނަކައިން އިންޖީނުގެ އެޅުމަށް ކުންފުނިތަކާއި ހަވާލުކޮށްފައިވާ ތިން ރަށަކީ، ށ. ފޯކައިދޫ، ހދ. ފިނޭ އަދި ނ. މިލަދޫއެވެ.

ށ. ފޯކައިދޫގައި އިންޖީނުގެ އެޅުމުގެ މަޝްރޫއު، ފެނަކައިން ހަވާލުކޮށްފައިވަނީ ވަލީދް ކޮންސްޓްރަކްޝަންސް އާއި އެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްއިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި ވަލީދު ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއިކޮށްފައިވަނީ، އެ ކުންފުނީގެ ވެރިފަރާތްކަމަށްވާ ވަލީދު އަބްދުލް ޤާދިރެވެ. އަދި ފެނަކައިގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ވަހީދެވެ.

އެރަށު އިންޖީނުގޭގެ މަސައްކަތް ވަލީދު ކޮންސްޓްރަކްޝަންސް އާއި ހަވާލުކޮށްފައިވަނީ 5 މިލިއަން ދިވެހި ރުފިޔާއަށެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހަށް ނިންމަންޖެހޭ ގޮތަށެވެ.

ށ.ފޯކައިދޫ އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ފެނަކަ

ފެނަކައިން ހދ. ފިނޭގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ އެއްބަސްވުމުުގައި ސޮއި ކުރީވެސް މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ ފިރާގެވެ. އަދި ފެނަކައިގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ވަހީދެވެ.

އެރަށު އިންޖީނުގޭގެ މަސައްކަތް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްށްފައިވަނީ 5.2 މިލިއަން ދިވެހި ރުފިޔާއަށް، މި ފެށޭ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހަށް ނިންމަންޖެހޭ ގޮތަށެވެ.

ފެނަކައިން ނ.މިލަދޫ އިންޖީނުގޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ބީޗް ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. އެ އެއްބަސްވުމުގައި ބީޗް ބިލްޑާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައިވަނީ ބީޗް ބިލްޑާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާހިދް އިބްރާހިމްއެވެ. ފެނަކައިގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ވަހީދެވެ.

އެރަށު އިންޖީނުގޭގެ މަސައްކަތް ބީޗް ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 5.5 މިލިއަން ދިވެހި ރުފިޔާއަށް، މި ފެށޭ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަށް ނިންމާ ގޮތަށެވެ.

ނ. މިލަދޫ އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ފެނަކަ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭއެއްބަސް

    އާން ރަނގަޅު.
    އެކަމަކު ދަންނަވަންތޯ، މި މާލޭގަ މިހާރުވެސް ކަރަންޓެއް ނެތްކަން އެނގިލައްވާތޯ؟

    މިއަދު ދެވަނަބުރަށް މި ދިޔައީ. އަނެއްކާ މިކޮޅުގެ ކަރަންޓު ރަށްރަށަށް ބަލާލަނީތޯ؟