އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާތައް އަމިއްލަ ފަރާތްތަކުގެ އެކައުންޓަށް ބަހާލުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެސްއޯފުން ފައިސާ ޓްރާންސްފާ ކުރި އެމްއެންޑީއެފްގެ ނަވީން ޒުބައިރަށް އިއްޔެ އެމްއެންޑީއެފް އިން ޕްރޮމޯޝަން ދީފި އެވެ.
ކުރިން މޭޖާއަކަށް ހުންނެވި ނަވީން އިއްޔެ ޕްރޮމޯޓްކުރީ ލެފްޓިނެންޓް ކާނަލްގެ މަގާމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަށަވަރު ކުރެވުނީ ސިފައިންގެ ދެ އޮފިސަރުންނަށެވެ. އޭގެ ތެރެއިން އެއް އޮފިސަރަކީ ލެފްޓިނެންޓް ކާނަލް ނަވީން ހިމެނެ އެވެ.
ނަވީންގެ މައްސަލަ ތަޙްޤީޤު ކުރުމަށް އޭނާ ސަސްޕެންޑް ވެސް ކުރިއެވެ. ނަމަވެސް މިދިޔަ އޮގަސްޓް މަހު ވަނީ ސަސްޕެންޝަން އުވާލާ އަލުން އޭނާ ވަޒީފާ އަށް ނެރެން ފަށާފައެވެ.
އެސްއޯއެފުން އޭނާގެ އެކައުންޓަށް 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ޖަމާކުރިކަން އޭސީސީގެ ތަޙްޤީޤަށް ވަނީ ކަށަވަރުވެފައެވެ.
އޭނާ ހިޔާނާތުގެ އަމަލެއް ނުހިންގާ ކަމަށް އެމްއެންޑީއެފް އިން ވަނީ ކުރިން ބުނެފައެވެ. ނަމަވެސް އޭނާގެ އެކައުންޓަށް އެސްއޯއެފް އިން ގިނަ އަދަދެއްގެ ފައިސާ ޖަމާކުރީ ކީއްވެކަމެއް އެމްއެންޑީއެފް އިން ވިދާޅެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާ އެސްއޯއެފް މެދުވެރިކޮށް 155 މީހުންގެ އެކައުންޓަށް ޖަމާކުރިއެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ވަޒީރުންނާއި، އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެއެވެ. އެސްއޯއެފްގެ ފައިސާ ޖަމާވި މީހުންގެ ތެރެއިން އަދި މިހާތަނަށް ދައުވާއެއް އުފުލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަންޏެވެ.
ޔާމިން އެކައުންޓަށް ވަން ފައިސާ ސަރުކާރަށް ލިބިފައިވާތީ އެ މަނިކުފާނު ޖަލަށް ލުމަށް އެގޮވަނީ. އެހެން ފައިސާތައް މި ކަލުން ބޭނުން ކުރުމަށް ދޫކޮއްލީ. ދެރަނުވޭ ﷲ ވޮޑިގެން ވަނީ ކެތްތެރިންނާއެކު.
ބަލަ ޒިޔަތު އާއިލާއަށް މިހާރުވެސް ހަރުކުރަމުންދަނީ އެލާރި. އެހެންނޫންނަމަ މަސައްކަތެއް ނުކޮށް ހުންނައިރު ދެ އަނބިންނަށް ހަރުކުރުމާއި އެމީހުން ތިބޭ ތަންތަނަށް ކުލިދައްކާނީ ކިހިނެއް. ހަމަގައިމު 50ހާސް ހަރުވާނެ މަހު ކުއްޔަށް. ދަރިންނޭ ތިޔަކަމުންސަލާމަތްވޭ. ﷲ މަތިން ހަނދުމަކުރޭ
ކޮންމެ މީހަކު ކުރިޔަސް އިންސަފު ގާއިމުކުރެވެންވާނެ. ރައްޔިތުންގެ ފައިސާގައި އެގޮތަށް އަތްލައިގެން ނުވާނެ. އެއީ އަމާނާތެއް. އުއްމީދުކުރަން އެފައިސާ ހޯދައިދޭނެ ސަރުކާރެއް އަދި އަންނާނެކަމަށް.
ކޮންމެ ބަޔަކު އަޔަސް ރައްޔަތުންގެ ފައިސާއަށް ހިޔާނަތްތެރިވި މީހުންގެ މަށްސަލައެއް ނުބަލާނެ އެބަޔަކުވެސް ބަލާނީ ހިޔާނަތްތެރިވެވޭތޯބެލުން.
މުޅި މައްސައިގައި ހިމެނޭ އެންމެންގެ ތަހުގީގު ނުނިންމާ ޔާމިން އަށް ހުކުން ކުރުމަކީ ރައްޔިތުން ގެ ފައިސާއަށް ޙިޔާނާތްތެރިވި މައްސަލަ އޮއްބާލުން.
ނަންވާނީ ޔާމީން
އެޖެންޑާ 19ގެ ދަށުން ނަވީން މިނިވަންވީ. ޒީރޯ ޓޮލެރެންސް.
އެއީ ނަވީން ޑޮލަރު ގަންނަން ޖަމާވި ފައިސާ..
އެ ޑޮލަރުކޮޅު މިހާރު ވަނީ ކެނެރީގެ މުހައްމަދު ނަޝީދުގެ އެކައުންޓަށް ޖަމާކުރެވިފަ،
ރައީސް އިބޫ ސާލިހު އެމްއެމްޕީއާރސީގެ ފައިސާއާއި ހަވާލުވިކަން ކަންޑައެޅިގެން އެގޭ ހަށިގަނޑުން ތަންކޮލެއް ބިޔަބޮޑު ބަޔަކު އެބަތިބި މިސަރުކާރުގެ ނިވަލަށްވަދެ ފިއްލަވާގެން
ތިވާނީ ރީނދޫ ކުލާގައި އިން ޗުކުލާ މަހަކަށް! އެތިބީނު މަހުލޫފުމެންވެސް! ލާރިތައް ކައިގެން ނޭވާނުލެވިފައި ހުންނަ އިރުވެސް އިބޫ ބުނަނީ ހަމަ އެއްވެސް ކުށެއް ނެތޯ!
ބޭރުތަންތާ ތިކަހަލަ ކަންކަންކުރާމީހުން ވަގުތުން ޖަނަރަލުންނަށް ހަދާލާ. ހައްގުވާ މިންވަރެއްނޫން އެއޮތީ ދީފަ.
އަސްލު ޒީރޯޓޮލެރެންސަކީ ލިބުނުގޮތަކައް ފައިސާހޯދައިގެން ކައިގެން ބަޑނޑުދައްކައިގެންތިބުން
އަބަދުވެސް ސިފައިންގެއިން ޕްރޮމޯޝަންދޭނީ ކުށްކުރާމީހުންނަށް، 1992 ވަނައަހަރު ސިފަންގެ އެތެރޭގައި މަސްތުވާ ތަކެތި ބޭނުން ކުރިމީހަކު ޔާމީން ދައުރަށް ވީއިރު މޭޖަރ ޖެނެރަލަކާއި ހިސާބަށް އާދެވި ޗީފް އޮފް ސްޓާފަކަށް ނުވާނު. އެކަމަކު އެޖެނެރަލާއި އެކު ސިފައިންގެ ހެޑްކްއާޓަރޒްގައި ޑުރަގު ބުއި އާދައިގެ ރޭންކް 2 ކުދިން ކަޑާލާފަ ޖަލަށް ގަޅާލީ....