ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ރިޔާސީ ކޮމިޝަނުން ނިންމާފައިވާ އެމްޑީޕީގެ އެކްޓިވިސްޓް އަލީ ޝާން (ސަޓޯ) ގެ ނަން ހިމަނާފައި ނެތްކަން ފާހަގަ ކުރެވިއްޖެއެވެ.
ތިން މެންބަރުންގެ ސަބް ކޮމެޓީގެ ނަމުގައި ރިޕޯޓް ތައްޔާރުކުރީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފް ކަމަށް ދެން ކޮމެޓީގައި ތިއްބެވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފާއި، ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އެބޭފުޅުންގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.
އެމްޑީޕީގެ އެކްޓިވިސްޓް ސަޓޯގެ ނަން ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި ނެތް ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ދެން ބައިވެރިވި ހުސައިން ހުމާމްގެ ނަން ރިޕޯޓްގައި އެބައޮތެވެ.
ސަޓޯ އަކީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހައްޔަރު ވެސް ކުރި މީހެކެވެ. އެމައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލިއެވެ. ނަމަވެސް ކޯޓުން ނިންމީ ދައުވާ ސާބިތުނުވާ ކަމަށެވެ.
މިސަރުކާރުން ވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން އިސް މަގާމެއް ދީފައެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓަށް ފަހު ވެސް އޭނާ ސަރުކާރު ކުންފުންޏެއްގެ އިސް މަގާމެއްގައި ހުންނާތީ ފާޑުކިޔުން އަމާޒުވުމުން ވަނީ މަގާމުން ސަސްޕެންޑް ކޮށްފައެވެ.
އެކަމެއް ކުރީ މިލާދީނީ ގްރޫޕްގަނޑުކަން އިތުރަށް ހާމަވެ ބޭޒާރުވަމުން މިހިރަދަނީ. ތިވަރަށް ތެޅިފޮޅިފަ ގަންޖާ ގެންގުޅޭ ނޯކަރުކުއްޖާ ލައްވާ ޒާތްޒާތަށް ކުލަކުލައިން ވައްތަރުވައްތަރަށް ރިޕޯޓުތައް ހަދަހަދާފަ ގަންނަހާ ހަޑިހުތުރު ސަކަރާތް ދިވެހިން ތިބީ ބަލަން.
މަޖްލިސް އުވާލާ އާ.މަޖްލިހެއް ހޮވަން ފެނެ އެވެ.
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ ޞަލަފު އުވާލެވުނަސް، އިސްލާމްދީން އުވާނުލެވޭނެއެވެ. މިރާއްޖޭގައި އަހުލީ ހަނގުރާމައެއް ފެށިދާނެކަމުގެ މައްޗަށް ކަންބޮޑުވުން އެބައޮތެވެ. މިކޮމެންޓް ވަގުތުގައި ޖަހައި ދޭށެވެ. އަޅުގަނޑު ޒިންމާވާނަމެވެ. 7887885 ފޯނު ނަންބަރު
އިލްޔާސް
ޝަހީމް ގެ ނަސް އިންނަ ތަނަށް ސަޓޯގެ ނަން ވަޓާލަ އޭރުން ހުންާނީ ރަނގަޅަށް ކަމަށް ފެން ނަނީ
މިއައްނިހަސަނަކީ މުނާފިގެއް މިކަލޭގެއެއްނުބުނީ ތިމަންނަގޭ ދޮރުމަތީގަވެސް އެބަހުއްޓޭ ނިކަންރީއްޗައް ބިއްލޫރިޖަހާފާހުރިތަންތަން ކަލޭމެން ހިތައްވެސް ނާރާނޭ އަހަރެމެންކޮއްފަ ނުކުރާނެކަންތައް މީ ހަތަރުކަށިމަތިމާލޭމީހެކޭ މިވެނިޢާއިލާއެއްގެމީހެކޭ މިހާލަދުކުޑަމީހެއްމީ
ކޮމިޓީ ރިޕޯޓޭ ނުކިޔާ. ގަންޖާގެ ނޯކަރު ހަތަރުކަށިމަތި ރިޕޯޓޭ ކިޔާ
ސުބުޙާނަﷲ. މިވެރިން ކޮންމެ އެއްޗެއްވެސް އެވެރިން ބޭނުން ގޮތަކަށް ހިލައިލަނީ ދޯ އެވެ
ސުބުޙާނަﷲ. އަފްރާޝީމްގެ މަރުގެ މައްސަލަ ހިނގިގޮތާ އަފްރާޝީމްގެ ޤާތިލުންނާ، އެކަމުގެ މުޖުރިމުންނާ، އެއިން ކުށެއް ނުކުރާ މަޢުސޫމު މީހުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީގެ ތިން ހަތަރު މީހަކު، އެއްރޭގެ ދަންފަޅިއެއްގައި މޭޒެއްގެ ދޮށުގައި ތިބެ ތިހެން ލިޔެލާ އެއްޗަކުން ނިންމައި ފައިސަލާ ކުރެވިދާނެތޯ؟ ފުލުހުންނާ ތަޙުޤީޤީ އިދާރާތަކާ، މަނީލޯންޑްރިންގ މައްސަލަތައްބަލާ ފައިނޭންޝަލް ޔުނިޓަށް ނޭނގުނު ކަމެއް، ކުއްލިއަކަށް ތިޔަ ކޮމިޓީއަށް އެނގުނީ ރޫޙާނީ ބާރަކުންބާ؟ ދައުލަތުގެ ހުރިހާ މުއައްސަސާއެއް ކޯޓާ، ޕީޖީއާ ފުލުހުންވެސް އުވާލުމަށްފަހު، ޤައުމުގެ ހުރިހާ ކަމެއް ހިންގާ ފައިސަލާކޮށް ޢަދުލުއިންޞާފް ޤާއިމްކުރަން ތިޔަ ގޮތަށް 3 ހަތަރު މެންބަރުންގެ ކޮމިޓީއަކުން މުޅި ޤައުމު ހިންގަންވީ ނޫންތޯ؟ ޚަރަދުވެސް ކުޑަވާނެ. އަވަސްވެސްވާނެ ގައިމު. ހަމަ އަޖައިބުވެ އަންތަރީސްވެ ބަސް ހުއްޓިއްޖެ... އަޅުގަނޑު ހިތަށް އަރާ ތިޔައީ ފޮރުވިފައިވާ ހުރިހާކަމެއް ދަންނަ ކާހިނުން ތަކެއްބާއޭ!
1. ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ސެލްތަކާއި މެމްބަރުންގެ އަދަދު މަޖިލީހުގެ ކޮމިޓީން 24 ގަޑިއިރުވެސް ނުވަނީސް ދެނެގަތީ ކިހިނެއްބާ..؟
2.އަފްރާޝީމް އަވަހާރަކޮށްލުމުގައި ފައިސާ ބަދަލުވެފައިވާ ގޮތާއި މިންވަރު ދެނެގަތީ ކިހިނެއްބާ..؟ މަޖިީހަކީ ރޫޙާނީ ބާރެއް ލިބިފައި އޮތް ތަނެއްބާ..؟
3- ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތައް ފުލުހުންނަށް ނޭނގޭވަރަށް ކޮމިޓީގަ ތިއްބެވި ތި މެންބަރުންނަށް ހަމަ އެނގުނީބާ...؟