މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީންތަކެއް ބަނގުރާ ކައްކަމުން ދަނިކޮށް، އަލިފާން ރޯވެއްޖެއެވެ. ނަމަވެސް ބޮޑު ގެއްލުމެއް ނުލިބެނީސް ސިފައިން ވަނީ އަލިފާން ނިއްވާލާފައެވެ. އަލިފާން ރޯވީ ބަނގުރާ ކައްކަން ބޭނުންކުރި އުނދުނުގައެވެ.

ފުލުހުން ވިދާޅުވީ ބިދޭސީންތަކެއް ދިރިއުޅެމުން ދާ މއ. ފަސްތަރިގެއިން މިއަދު ހެނދުނު 9:45 އެހާއިރު ދުން އަރަމުން ދާތީ، އެކަން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓްކުރި އެވެ.

އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ބިދޭސީންތަކެއް ބަނގުރާ ކައްކަމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބަނގުރާ ކައްކަން ތިބި ތިން ބިދޭސީން އަލިފާން ހިފުމާ އެކު އެތަނުން ފިލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެތިން މީހުން ފިލަން ދުވަނިކޮށް ފުލުހުން ވަނީ އެ މީހުން އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙާމުދުރު

    މައްސަލަ ބަލާނެ ކަމެއްނެތް..ކުރިކަންތައް ތިޔައޮތީ ފެންނަން.. އިތުރުހަރަ ދު ދައުލަތުން ކުރާނެ ކަމެއް ނެތް..50 އަހަރައް ޑީޕޯރޓް ކޮއްލާ..ތިޔަގޭވެރިމީހާ 5 އަހަރައް ޖަލައްލާ..އޭރުން އިބުރަތަކައް ވާނެ..

    29
    1
  2. ހަބީބާހުސެން

    ކޮންކުންފުންޏެއްގެ ބައެއް ބިދޭސީން ރަޖިސްޓްރީވާން ދިންފުރުސަތުގަ ޗާޓުން ބޭރުން އުޅެވޭތަ އަދި ދިރިއުޅޭތަން ދައުލަތައް އެނގެންވެސް ޖެހޭ ހިތުހުރިގޮތަކައް އުޅެވޭތަ ތީދައުލަތުގެ ފޭލިޔަރ

    23
    1
  3. ހުސޭނުބޭ

    އެސޮރުމެން ކައިރީގައި ބުނެބަލަ ކައިރީގައި ތިހުރި ހުދުކުލައިގެ ތަށީގެ ތެރޭގައޭ އެންމެ މީރު ބަނގުރާ ހުންނަނީ!

    32
    2
  4. ހިހިހި

    ހައްހައްހަ

  5. ސްނޯ

    ދެން ވަރަށް ޗީޑީ.. ފާހަނާ ތަށިގަނޑު ފެންނާތީ 😠