ގއ. ކޫއްޑޫ އަށް ކިރަމުންދާ މަހަށް ފައިސާ ނުލިބޭތީ އެރަށުގެ މަސްވެރިން ނިކުމެ ސަރުކާރާއި ދެކޮޅަށް އިހުތިޖާޖުކުރަން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަަމަށް ވަޑައިގަތް ފަހުން މަސްކިރައި މަސްވެރިކަމުން ރައްޔިތުންނަށް ލިބެންޖެހޭ ހަމަ އަގު ހޯދުމަށް ދަތިވެފައިވާކަމަށެވެ. އެގޮތުން ހުވަދު އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އަތޮޅެއް ކަމަށެވެ. އަދި އެއަތޮޅުގެ ގިނަ ބައެއްގެ ދިރިއުޅުން ބިނާވެފައި ވަނީ މަސްވެރިކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަތޮޅުގެ ރައްޔިތުން ކަހަލަ ގޮތަކަށް ދިރިއުޅުން ބިނާވެފައި ވަނީ މަސްވެރިކަމުގެ މައްޗަށް. މަސްވެރިން ބާނާ މަސް ނުކިރި، އަގުނުލިބުމަކީ ވަރަށް ދަތި ކަމެއް" އޭނާ ވިދާޅުވިއެވެ.

ނަސްރުއްﷲ މައުލޫމާތު ދެއްވި ގޮތުގައި ފަރެސްމާތޮޑާ މަސްވެރިން އިހުތިޖާޖު ކުރަން ފަށާފައި ވަނީ މިއަދުއެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަަމަށާއި އެ އެއްވުމުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

ނަސްރުއްﷲ ވިދާޅުވި ގޮތުގައި މީގެ ކުރިން ރަނގަޅަށް މަސް ބޭނުނު ދުވަސްވަރު މަސް ކިރެން ނެތް ކަމަށް ބުނުމުން ކިރާ މަސްކޮޅު ޖެހުނީ އުކައިލާށެވެ. އަދި މިހާރަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅެއް ކަމުން މިދުވަސްކޮޅު މަސްވެރިން ބާނާ މަސް ކިރުނު ނަމަވެސް އަގެއް ނުދެއެވެ. އަގު ދިނުމުގެ ބަދަލުގައި ހަމައެކަނި ދެނީ ބިލް ކޮޅެއް ކަމަށާއި، މިހާރު ފައިސާ ނުބަހާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިން ކުރާ މަސައްކަތަށް ހަމަ އަގު ހޯދައި ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. އެހެން ނަމަވެސް ކިރާ މަހަށް ހަމަ އަގު ނުލިބުމާއި، މަސްނުކިރުމާއި، ބޭނުންވާ މިންވަރަށް އައިސް ނުލިބި، މަސްވެރިން ބާނާ މަސްކޮޅު އުކާލަން ޖެހޭ ކަމުގެ ޝަކުވާތައް ދަނީ އާންމު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޞޯލިހުބޭ

    ނޫނޭ މިިހާރު މަސްވެރިން ބޭނުންވެގެން ހޯދަންއުޅުނު ހަމައަގު މިހާރުމަސްވެރިންނައްލިބޭނެ މިހާރު ޖީބުތައް ހުއްނާނީ ޑޮލަރުންފުރިބާރުވެފަ.

  2. ގުނބޯ ދިވެހިން

    ބޭނިޔަސް ނުބޭނިޔަސް.. ހެހެ

    4
    2
  3. އަން

    ހުއްދަ ނަގައިގެންތަ އެއްވެ ތިބީ؟

    12
  4. ޕޮގުބާ

    ދެންނުރޯ ތިތިބީ ފެންދީފަ ގުނބޯ ހައްދާފަ ކަރުގަ ހިފާފަ ދެން މަމަޑުންތިބެ ބޮޑާނުހާކާ

    17
  5. އައްޑޫ މީހާ

    ކިރާމަހަށް ފައިސާ ނުލިބުނަސް މަޖްލިހުގައި ތިބި މެމްބަރުން ބޭނުން ވަރަކަށް ފައިސާ ނަގާފަ ރައީސު ބޭނުންވާ ބަޔަކަށް ދޭން ފައިސާ އެބަހުރި

  6. މޮހަނު

    ކޮބާ މުހަދާ ތހަގާތު ހިއްނަވަރުގައި މަދެއްކީވާހަކަ މިކަލެ ތަން ލައްކައިކެ ކެވީގެ ކުން ތަޖެހުވީ ވައްތަރާ އެދޮހާ.

  7. އަންނަނީ އަންނަނީ

    މާތޮޑާ އަސްލަމު ރުކެވަގާ ދެނެހުއޓީ ކަމުގައި އަސް ނުހެދެއި، ވޯޓާއި ޖެހުނެމެއި އެމްޑިޕީ އަޓެ ވޯޓު އޮޑައި ފޮއްޓާ ހުވައު ، ދެން ޖެހީގެންއެނެ ދޮހާ ތިޔައްޓެން ނުބައި ހާލާކު ތެހލާނެ ޖަހުވަންނެއި އެދެ