ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ ތަޙްޤީޤު ކުރުމަށް ފަހު ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި އަފްރާޝީމް ފާޅުކުރައްވާފައިވާ ޚިޔާލުތަކާއި ގުޅޭ ގޮތުން ސަލަފް ޖަމިއްޔާ އިން ނެރުނު ޤަރާރެއް ހިމަނާފައި ވާއިރު އެ ޤަރާރުގައި ހުރި ކަންކަމަށް އެއްބަސްވެ ސޮއި ކުރެއްވި އިލްމުވެރިންގެ ތެރޭގައި މިހާރުގެ ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ހިމެނޭކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.
އެ ޤަރާރުގައި ހުރި ކަންކަމަށް އެއްބަސްވެ ސޮއި ކުރެއްވި ބޭފުޅުންގެ ނަމާއި އެބޭފުޅުންގެ ސޮއި ހިމެނޭ ލިޔުމެއްގެ ކޮޕީއެއް "ވަގުތު" އަށް ވަނީ ލިބިފައެވެ.
އަފްރާޝީމާއި ގުޅޭގޮތުން ސަލަފުން ނެރުނު ޤަރާރުގައި އިމްރާންގެ އިތުރުން ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަލްމަރުހޫމް ޑރ.އަބްދުލްމަޖީދު އަބްދުލްބާރީ ވެސް ހިމެނިވަޑައިގަންނަވައެވެ.
ސަލަފް އުވާލަން މިހާރު އެމްޑީޕީ އާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ގޮވާލަމުން ގެންދަނީ އެޤަރާރު ނެރެފައި ވާތީއެވެ.
އަފްރާޝީމާއި ގުޅޭ ގޮތުން ނެރުނު ޤަރާރުގައި އިމްރާން ސޮއި ކުރައްވާފައި ވާއިރު އިމްރާން ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރައްވާ ކުރިން ވާހަކަފުޅު ދައްކަވާފައެވެ.
ނަމަވެސް ރިޔާސީ ކޮމިޝަންގެ ތަޙްޤީޤުގައި އިމްރާނާއި ސުވާލު ކުރައްވާފައެއް ނުވެއެވެ.
ސަލަފް އުވާލަން ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރުން ގޮވާލަމުން ގެންދަނިކޮށް މިއަދު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުވަތު ފެތުރުމާއި ހައްދުފަހަނަ އެޅުން އެއްކަމެއްގެ ގޮތުގައި ދެއްކުމަކީ ގޯހެއް ކަމަށެވެ.
"އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކާއި އިސްލާމް ދީނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް" އިމްރާން މިއަދު ވިދާޅުވިއެވެ.
“ޖޭ އެސް” (ޖަމިއްޔަތުއް ސަލަފު) އަވަހަށް އުވާލަ ދެއްވާ.
ނުކެރޭނެ އުވާަލަން
މިހާރުވެސް މާ ލަސްވެ އްޖެ.....
ކީއްވެތަ ޤަރާރުގައިއޮތް ވާހަކަތައް ނުލިޔެވެނީ. އެބަޖެހޭ ދޯ ރައްޔިތުންނަށް އެގެން
އެމް ޑީ ޕީ މިހާރުންމިހާރައް އުވާލުމައް ސަރުކާރައް ގޮވާލަން ނަސީދު ފިތުނައުފައްދާތީވެ ދެން އައިޕީ ހޯދަން ކޯޓްއަމުރުނެރޭ
އިމްރާނަކީ ދޮގުވެރިއެއް! މީނާވަނީ ރައިސް ޔާމީނުގެ ވަރިކަމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި އަފްރާޝީމު އަވަހާރަކޮށްލުމުގައި ޔާމީންގެ އަތެއްވާކަމަށް ބުނެ ސިޔާސީ ބޭނުމަށްޓަކައި ދޮގުހަދާފަ! އަދި މިހިރީ ޔާމީން އެކަންކުރި ކަމުގެ ހެއްކޭ ކިޔާފަ ލިއުންތަކެއް އެ އެއްވުމުގައި ދައްކާ ހަދާފަ! އެކަމަކު މަރުކަމިޝަނުން ކުރި ތަހްގީގުންވެސް ޔާމީންގެ އެއްވެސް ދައުރެއް އަފްރާޝީމް މަރުގައި ނެތްކަން އެއޮތީ ހާމަކޮށްފަ! މިއީ މިއިމްރާނު ދޮގުހަދާވަރު! އަދި ރައިސް ނަޝީދަކީ ލާދީނީ މީހެކޭ އިސްލާމްދީނާ ދެކޮޅު މީހެކޭ ބުނެ އޭނާ އާއި ބައިއަތު ހިފާ މީހެކޭ ބުނެ ﷲ ހެކިކޮށް ބުނެ ވާހަކަ ދައްކާފަ! މިއީ މިއަދުގެ ހޯމް މިނިސްޓަރުގެ ހާލަތު! މިކަހަލަ މީހުންނަކީ މުނާފިގުންނޭ ބުނެ އުޅޭ! ދީނީ ތާކިހާ އަޅައިގެން ހުރެ ކަނޑައެޅިގެން ރޯބުހުތާން ދޮގު ހަދަމުން މިގެންދަނީ ތިމާ މީހާގެެ އަންބޮޑި ބޮޑުކޮށް އާރާއި ޖާހަތާއި ލައްޒަތު ހޯދުމުގެ ބޭނުމުގައި! ތިމާގެ އުޚުރަވީ ޙަޔާތް ބަރުބާދު ކުރަނީ! ގައުމު ހަލަބޮލިކޮށް ދޮގުމައްޗައް ދޮގުހަދަނީ!
"އަފްރާޝީމާއި ގުޅޭ ގޮތުން ނެރުނު ޤަރާރުގައި އިމްރާން ސޮއި ކުރައްވާފައި ވާއިރު އިމްރާން ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރައްވާ ކުރިން ވާހަކަފުޅު ދައްކަވާފައެވެ." މި ޚަބަރުން
ވަގުންގެ ފޮށި ބާރަށް ބާންނާނެޔޭ މުސްކުޅި ހަރުބަހުގައި ބުނެފައިވޭ
މި ފެނިގެންދަނީ މުޅިން އެކަހަލަ މަނާޒިރު
ރައްޔިތުން ހޭލާ އަދި ﷲ ދެއްވި ބުއްދި ހެޔޮގޮތުގައި ބޭނުން ހިފާށެވެ. މިއީ އެމީހުންގެ އެކަނި ގައުމެއް ނޫން.