އެހެން މީހަކަށް ފާޑުކިޔުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކުރުން މާ މުހިއްމު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފްސު އިސްލާހުކޮށްފިނަމަ، މުޅި މުޖްތަމަޢު އޮންނާނީ އިސްލާހުވެފައި ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ މީހަކަށް ނަސޭހަތެއް ދޭނަމަވެސް، އެކަން ކުރަން ވާނީ މާތްﷲ އަންގާފައިވާ ގޮތުގެ މަތިން ކަމަށެވެ.

ރައީސް މައުމޫން މިގޮތަށް ޓްވީޓު ކޮށްފައި މިވަނީ މަރުތަކާ ބެހޭ ކޮމިޝަނުގެ ފަރާތުން ޑރ.އަފްރާޝީމްގެ މަރާ ބެހޭ ގޮތުންނާއި، ރިލްވާން ގެއްލުމާއި ބެހޭގޮތުން ތަފްސީލީ ރިޕޯޓެއް ނެރެގެން، އެ ރިޕޯޓުގައި ވާހަކަތަކާ ގުޅޭގޮތުން ސިޔާސީ މީހުންނާއި، ދީނީ ޢިލްމުވެރިންނާއި، އަދި ރައްޔިތުންގެ މެދުގައި ކުރެވޭ ބަހުސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މަރުގެ ކޮމިޝަނުގެ ރިޕޯޓުތަކުގައި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަން ވަނީ ހާމަކޮށްފައެވެ. އަދި ބޮޑެތި މަރުތަކާއި، އެފަދަ ޖަރީމާތައް ހިންގަނީ ރާއްޖޭގައި ޙަރަކާތްތެރިވާ މިފަދަ ޖަމާޢަތްތަކުގެ މެމްބަރުންކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ރައީސް މައުމޫން އަކީ ރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި ރައީސް އެކެވެ. މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން ތަޢުލީމް ހާސިލްކޮށްފައިވާ، އެ މަނިކުފާނަކީވެސް ދީނީ ތަފާތު އެކި މައުޟޫޢު ތަކަށް ޒަމާނުއްސުރެ ވާހަކަ ދައްކަވައެވެ.

ނަމަވެސް މިއަދު މައުމޫން ހާއްސަ ނަސޭހަތެއް ދެއްވާފައި މިވަނީ ފަހަކަށް އައިސް ދީނީ މައްސަލަތަކާއި މެދު މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވާތީ މައުމޫނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ހުސޭނުބޭ

  ކަލޭ ދުވަހަކުވެސް އިސްލާޙްވީމުތަ؟ އެހެންމީހުންނާ ދިމާލަށް އިގިލި ދިއްކުރުމުގެ ކުރިން ތިމާ މީހާގެ 85 އަހަރު ހޭދަކުރި ނުލަފާކަން އަޅެ ކުޑަކޮށްވެސް ހަދާންކޮށްލާބަލަ!

  34
  4
 2. Anonymous

  ބެއްޔާއަކީ މިގައުމުގެ ހަލާކަށްވާނެއޭ ކާކު ހިތަށް އަރާނީ. ދީނާ، ގައުމު އޮޔާގޮއްސި. ﷲ ތަޢާލާ ބައްލަވާވޮޑިގެންވޭ. ތިޔަ ޖާހިލުކަމުގައި ކިހާދުވަހަކު ބެއްޔާ ހުންނާނަންކަމަށް ތިއުޅެނީ؟

  37
  3
 3. މުފައްކިރު.

  މަނިކުފާނު ހަރަކާތްތެރިވާ ސިޔާސީ ދާއިރާ އަށް ބަލާއިރު ފުރަތަމަ މަނިކުފާނުގެ ނަފުސު އިސްލާޙު ކުރުން ބުއްދވެރި.

 4. Anonymous

  ތިޔަ ބުނި ސިފަ އެން

 5. ކަބީރު

  ތިޔަ ބުނި ސިފަ އެންމެ ބޯކޮށް ހުރީ ކަލޭގެ ގައިގައި! އިޞްލާޙްވަން ގޮވާލުމުގެކުރިން ކަލޭ ފުރަތަމަ އިޞްލާޙްވޭ!

 6. ފެންނަގޮތް

  ބަލަ ކަލޭވެސް އަންނި އައްވެސް އެހެން މީހުންނަށްވެސް ބަވާ ފާޑު ކިޔާހެދި މިހާރުވެސް އެކަން ކަލޭ ކުރޭ . ވާހަކަ ނުދައްކާ ހުރޭ . ޤާއުމު ހަލާކުކޮށްފަ

 7. އަހަރެން

  ކަންބަޅިއެއް މައްޗަށް އެއް ހާސް ފޮތް އެރުވިޔަސް ކަންބަޅިއެއް ވާނީ ކަންބަޅިއަކަށް.

 8. ޣީހުޓާވރ

  އެ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކޮންމެ ކަމެއްގައިވެސް ތިމާ އިޞްލާޙް ވެ ހުރެ މެނުވީ އަނެކުންގެ ކަންކަމާ ބެހުމަކީ ރަނގަޅު ކަމެއްނޫން

 9. ކޮއްކޮ

  ބޭބެ މުސްކުޅިފުޅު ވީމަ އުޅުއްވާ ގޮތެއް ލަދުން ބޯހަލަާކު މައްކާއަށްގޮސް އެޕާޓް މަންޓެއް ގަނެގެން އަޅުކަމުގައި އުމުރުގެ ބާކީ ދުވަސްކޮޅު ހޭދަކޮށްބަލަ ހާދަކުށެއް ކުރެވިފައި ވަާނެޭ އަސްތަޢުފާރު ކޮށް ތައުބާވެބަލަ ހުސް އަނގަ ތަޅާކަށް ނުވަާނެ ބޭބޭ

 10. އީސާ މަސީހު

  ރައީސް މައުމޫނަކީ ދެމޫނުގެ ވެރިޔެއް ދެއަނގައޮވޭ އަހަރުމެން މައުމޫނަކައް އިތުބާރު ނުކުރަން މިހާރު ގައުމުވެއްޓިފަ އޮއްހާލަތުގަވެސް މީނަގެ ހިތަކައްނާރަ ކަހެރުވަކެކޭވެސް ބަލަގަ އެކަމެއްގެ މުއާމަލާތް ކެނޑޭފަހުން ބުނާބަހެއްގެ އަޑެއްރަތްޔަތުން ނާހާނެ

  11
 11. ދދދދދދ

  ތެދެއް ހެދިއްޖެތާ. މީގެ މީހުނާ އަޅައިގަނެގެން ނޫޅޭތި. ވެރިކަމެއް ނުލިބޭނެ ދެނެއް. ދަރިއަށްވެސް އެންމެފަހުން މެންބަރުކަންވެސް ގެއްލުނީ. ދެންވެސް މައިތިރި އަރައިގެން ހުރޭ

 12. މުހައްމަދު

  ﷲގެ ޝަރީއަތާއި އެއްގޮތަށް ހުކުމް ނުކުރާ ބަޔަކީ ކޮން ބައެއްކަން ދެނެވަޑައިގެން ހުންނަވާ ގައުމުގެ ވަލިއްޔުލް އަމްރުގެ ފުރިހަމަ ބާރުތަކުގެ ބޭނުން ކޮށްގެން ހިންގި ލާއިންސާނީ އަނިޔާތަކަކީ އެއަނިޔާ ލިބުނު ހިތްތަކުން އެކަން ފިލައިގެން ދާނޭ ކަމެއް ނޫން.

 13. މުސްކުޅިޔާ

  މީނަ ގެ ނުލަފާ ނުބައި ޖައްބާރުކަމުން މިރާއްޖެ މިހާރު މިފެންނަ ދުކި ދުވަސް މިފެންނަނީ. މިރާއްޖެ މިއަނަދަވަޅުން ވައްޓާލި އެއްހިއްސާ ދާރު މީނާއަކީ.މީނަ ވެރިކަމަށް ފެން ބޮއެފަ ހުރި ވަރުން ވީ ކަންތައް.