އާސަހަރާގައި ހުރި ބައެއް މަހާނަގާތައް ނެގުމަށް ފަހު ސަހަރާގެ އެކި ތަންތަނަށް އެއްވެސް ތަރުތީބެއް ނެތި އުކާލާފައި ހުރުމުން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ކަންބޮޑުުވުން ފާޅުކުރައްވައިފިއެވެ.
މަހާނަގާތަކުގެ ފޮޓޯތަކެއް ޓްވީޓް ކުރައްވަމުން މިނިސްޓަރ ވަނީ އާސަހަރާގައި ހުރި ބައެއް މަހާނަގާތައް ނަގާފައި މިހެން އުކާލުންތޯ ނުވަތަ އެންމެ ރަނގަޅީ އާއިލާތަކަށް ގުޅާ ގެންދަން ބުނުންތޯ ސުވާލު ކުރައްވާފައެވެ. "މިއީ އަދި މަދު މަހާނަގާތަކެއް. ވަރަށް ގިނައިން އުކާލާފައި އެބަހުރި ސަހަރާތެރޭގައި. ވަރަށް ހިތައް އަސަރުކުރުވާ މަންޒަރެއް." މިނިސްޓަރ ވިދާޅުވިއެވެ.
Aasaharaage huri baeh mahaanagaathah nagaafa mihen ukaaluntho emme rangalhee? Noonee aailaathakaa gulhaa gendhan bununtho rangalhee? Mee adhi madhu mahaanagaathakeh. Varah ginain ukaalaafa ebahuri saharaa therey. Varah hithah asarukuruvaa manzareh. pic.twitter.com/FHTxnYQebm
— Mohamed Maleeh Jamal (@maleehjamal) November 29, 2019
މާލޭ ސިޓީ ކައުންސިލުން މިދިޔަ މާޗް މަހު ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އާސަހަރާގެ އިރުމަތީ ފަރާތުގައި ހުރި މަހާނަގާތައް ނެގުމަށް އެދިފައެވެ.
ސިޓީ ކައުންސިލުން އޭރު ކުރެއްވި އިއުލާނުގައި ވިދާޅުވެފައި ވަނީ މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުމަށް ބޭނުންކުރަމުންދާ އާސަހަރާގައި ޖާގަ ނެތުމުން، މީހުން ވަޅުލުމަށް ޖާގަ ހެދުމަށް ސަހަރާގެ އިރުމަތި ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އާސަހަރާގެ އިރުމަތީ ފަރާތުގައި މައްޔިތުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައިވާ މަހާނަ ގާތައް މައްޔިތުންގެ އާއިލާތަކުން މާޗް މަހުގެ ނިޔަލަށް ނަގައިދިނުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.
އަދި އެ މުއްދަތުގައި މަހާނަގާތަށް ނުނަގައިފި ނަމަ، ސިޓީ ކައުންސިލުގެ ފަރާތުން މަހާނަ ގާތައް ނަގާނެ ކަމަށާއި ގާތަށް ނަގައި ވެލި އަޅާ އިރު އެ ގާތަކަށް ލިބޭ ގެއްލުމަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް އެ ކައުންސިލުން ކުރި އިއުލާނުގައިވެ އެވެ.
ކުރީ ސަރުކާރުން ނިންމާފައި އޮތީ ސިނަމާލެ ބުރިޖު ނިމުމުން މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ސަހަރާގައި ވަޅުލާށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން އެ ސިޔާސަތައް ވަނީ ބަދަލު އައިސްފައެވެ. މިހާރު ވެސް އާސަހަރާގައި މީހުން ވަޅުލަމުން ގެންދަނީ މަހާނަތަކުގެ މައްޗަށް ފަސް އަޅައިގެންނެވެ.
ކާފަރުން ކުރާ ހުރިހާނުބައި ޖައްބާރުކަންކަން މިސަރުކާރުންކޮށް މިގައުމު ކަނޑުގެ އަޑިއަށް ދުއްވާލާނެ
މަލީހައް އޮޅިފައި އޮތީތޯ! އިސްލާމް ދީނުގައި މަހާނަ ގަލެއް މުހިންމެއްނޫން. މަހާނަގަލުގައި ލިޔެފައި ހުންނަ ނަންކޮޅެއްވެސް މުހިންމެއްނޫން. ޓްރެޑަޝަނަލީ އެކަން ކުރަނީ މަގުބަރާ އަށް ޒިޔާރަތް ކުރާ މީހުންނަށް މައްޔިތާ ވަޅުލާފައި އޮތްތަން ދެނެގަތުމަށް ފަސޭހައަކަށް. މިހެން މިކަންކަން ހުރިއިރު، ތޮއްޖެހިފައި އޮތް މާލޭގައި ސަހަރާގެ ކޮމްޕައުންޑް ފުރި އަލުން ވެލިއަޅައިގެން މަތި މައްޗަށް އެކަން ކުރަންޖެހޭ ހާލަތުގައި ކުރީގެ މަހާނަގާތައް މިޖެހެނީ ނަގަން. ބައެއް ފަހަރު 5 ވަރަކަށް އަަހަރު ފަހުންވެސް ގާތައް ނަގަންޖެހޭ. މިހާލަތުގައި ކޮން އާއިލާއަކުންބާ އެ މަހާނަގާ ނަގައިގެން ގޮސް، ގޭތެރޭ ސިޓިންގ ރޫމުގައި ބަހައްޓާނީ، މިހިރީއޭ އަހަރެންގެ މަންމަގެ މަހާނަގަލޭ ކިޔާފަ. އެކަމަކު އޭގެ ބަދަލުގައި ނަގާ މަހާނަ ގާތައް ސާފުކޮށްފައި، ރީސައިކަލް ކުރެވިދާނެ. އޭގާ ހުރި ނަންތައް ނެގުމަށްފަހު ފަހުން ވަޅުލާ މީހުންގެ މަހާނަގާ ހަދަން ބޭނުން ކުރެވިދާނެ.
މާތް ﷲ ގެ އިސްމުފުޅަށް ޤަދަރު ކުޑަކުރުން އެއީ މިސަރުކާރު އުފާކުރާނޭ ކަމެއް
ބަލަ މަލީހު މިއަދު ވެރިކަމުގަތިބީ ލާދީނީ މީހުން އެމީހުންގެ ފަރާތުން ތިޔަކަހަލަ ކިތަންމެ ކަމެއްފެންނާނެ އަދި މުސްލިމުންނައް އަސަރުކުރާކަންތައް އެމީހުން އުފަލެއްކަމުގަދެކޭނެ ހިތާމައަކީ މަލީހުމެންފަދަ ބޭފުޅުން އެކަން އެނގޭހާލުވެސް މިބައިމީހުންނައް ބައިއަތުހިފާކަން
މަހާނަ ގާޖެހުން އެއީ ދީނީކަމެއްބާ؟
މަހާނަތަކުގަ ގާ ޖެހުން މީ ކިހިނެއް އައިސްގެން އުޅޭ ކަމެއް ކުރިސްޓިއިނުން ވެސް ހުރޭ ގާޖަހާފަ ތަފަތަކީ ހަމަ އެކަނި ޑިޒައިން
ސިޓީ ކައުންސިލްގެ އިއުލާން ވަރަށް ސާފު
ތަންތަނުގައި ދޮޅުރޯނާވެފައި ތިބޭ މީހުން މިނިސްޓަރު ކަމަށްލާފާ މިތިބެނީ. ސަރުކާރުގެ މުއައްސަސާތަކުން ކުރާ ކަންތަކެއް ނޭގޭ. މާމޮޅު ކަމެއް ކަމަށް ފެނި ކުރެވުނު ޓްވީޓް މިވީ ތިމާގެ ޖާހިލުކަމަށް. ހިތުން ސިޓީކައުންސިލް ބަދުނާމުވާގޮތަށް ޓްވީޓް ކުރިއިރު މިބީތާއަކަށް ނޭގުނޭ މިގާތަށް ނަގަން ސިޓީ ކއުންސިލުން އިއުލާނު ކުރިކަމެއް. މިހިރީ މިސަރުކާރުގެ މިނިސްޓަރުންގެ ފެންވަރު. މާފޮނިބޮޑުވެގެން އުޅޭ ދޮޅުރޯނާ މަލީހެއްމީ.
ކަލޭ ހިތައްވއަސަރެއް ނުކުރިއެއްނު ލާދީނީ ސަރުކާރުން ﷲ ސުބުހާނަހޫ ވަތަޢާލާ އަދި ނަބިއްޔާއައް ފުރައްސާރަ ކުރި އިރު.