އިންޑިއާ އިން ހުޅުމާލޭގައި ކްރިކެޓް ދަނޑަކާއި، ކެންސަރުގެ ބަލިތަކަށް ޚާއްސަކޮށްގެން ފަރުވާ ދޭން ހޮސްޕިޓަލެއް އެޅުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޤައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިކަން އިޢުލާން ކުރެއްވީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުހިއްމު 4 މަޝްރޫޢެއްގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިއަދު ސޮއި ކުރެވިގެން ދިޔަ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މޯދީގެ ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އިތުރަށް ބަދަހިވެފައިވާ ކަން ފާހަގަކުރެއްވިއެވެ. މޯދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނެ އެތައް ކަމެއް އިންޑިއާ ސަރުކާރުން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، އެގޮތުން މިހާރުވެސް ހުޅުމާލޭގައި ކެންސަރުގެ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލަކާއި ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަނީ އަބަދުވެސް ހިތާއި ހިތުގެ ގުޅުމެއް ކަމަށް ފާހަގަކުރައްވާ، މޯދީ ވިދާޅުވީ ރާއްޖެއަށް މިހާރު އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދުވެސް ދެގުނަ ވެފައިވާ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އިންޑިއާގެ ތިން ސިޓީއަކުން އިތުރު ޑައިރެކްޓް ފުލައިޓްތަކެއް ރާއްޖެ އަށް ދަތުރުކުރަން ފަށާނެ ކަން މޯދީ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް، އިބްރާހީމް މުހައްމަދު ޞާލިހުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިހު ވަނީ އިންޑިއާ އިން ރާއްޖެއަށް ވެދެއްވާ އެހީތަކަށް އެޤައުމުގެ ސަރުކާރަށާއި، ވަކިން ޚާއްސަކޮށް ބޮޑުވަޒީރު، މޯދީ އަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އިސްލާމްދީނާއި ދުރު ބަޔަކަށް ހެޔޮރަޙުމަތެއްވެސް ނުލައްވާނެ، ގައުމުގެ ކަރާމާތް ގެއްލުވާލައި ފި.
ޙުޅުމާލެ ހިސްޕިޓަލް ތަރައްގީކޮއްފަވަނީ ކެންސަރޔުނިޓެއް އެކުލެވޭގޮތައް އިމާރާތްވެަްވަނީ ނިމިފަ ދެންމިވެރިންމިއުޅެނީ ކޮންލަމެއްބާކުރަން.
ރަށުކުދިން ކުޅޭނެ ދަޑެއް އަޅާދެނީދޯ....ވިސްނާ. ދެން ދުވަސްކޮޅަކުން ބުނާނީ ތިމްންނަ މެންގެ ދަޑެކޭ
ތިތަންތަން ބަލަހައްޓަން ކިތައް ސިފައިން އަންނާނެބާ؟؟
ދިވެހި ތައްޔިތުންނަށް ފައިދާ ކުރުމަށްވުރެ ގެރިމޯދީޔަށް ފައިދާކުރާނެ!
ރައީސް ޔާމީން ޖަލަށްލީމަ ތެޅިފޮޅިގަތީދޯ؟ ތިދެނީ އެހީއެއްނޫން. ރައްޔަތުން ދަރަނިވެރިކުރުވާ ނެގި 1.4 ބިލިޔަން ދޮލަރުގެ ލޯނުން އިންޑިޔާގެ ކުންފުނިތަކަށް އަވަހަށް ބަހާހުސްކޮށްލަނީ. މިސަރުކާރުން އެހީހޯދުމުގެ ބޭނުމުގަ ޤައުމު އަޅުވެތިކުރަނީ ރައްޔަތުން އަދި އަންނަށްޖީއޮތްޖީލްތަކުގެ ދަރީ މިސަރުކާރަކަށް މަޢާފެއްނުކުރާނެ. ދިވެހިންބޭނުންވަނީ ދިވެހިންގެ މަސައްކަތުން ޤައުމުތަރަށްޤީކުރަން. އަޅުވެތިވެގެންނެއްނޫން.
ކުރިން އައިޖީ އެމްއެޗް ކޮބާ އެހެން އެހިތައް ކޮބާ މާތްﷲހުގެ ދީން އެކަލާގެ ރައްކާތެރިކުރައްވާފައިވަނީ
ލޯކަލް ކައުންސިލް އިންތިޚާބައް އަޅަންއުޅޭ ހޮސްޕިޓަލްއެއް ތިހޮސްޕިޓަލް އެޅޭތޯ ވަރައް މަސައްކަތްކުރާނެ
ތިބުނާ ތަންތަން ހިޔެއްނުވޭ ނިމޭނެ ހެނެއް ކުރިޔައް އޮައި ބައިގަރުނު ތެރޭގައި ވެސް ( ބޮޑު ގެރި މޯދީ )
ތިވަރަކަށް ދިވެ ހިން ކުރިކެޓު ކުޅޭ ހިތަކުން ނޫޅެ.
މޯދީ އުމުރުފުޅުން މިހާރުތިހުރީ 70 އިންމަތީގައި މަނިކުފާނުވެސް ވެރިކަމަށްވަޑައިގަތީ ގައުމުގެ ރަޢިއްޔަތުންނަށްޓަކައި ގިނަކަންތައްތަކެއްކޮށްދެއްވާނެކަމުގެ ވަޢުދާއެކު ތިމާގެގައުމުގެ ރަޢިއްޔަތުން މަގުމަތީގައި ހަނާވަމުންދާއިރު މުޅިގައުމުގައި ރޭޕް ޢާއްމުވަމުންދާއިރު މުޅިގައުމުގައި ނަސްލީތަފާތުކުރުން ކުރިއަރުވާ މުސްލިމުން މަރާ ހުސްކުރަންތިކުރާމަސައްކަތުގެތެރެއިން ހީފުޅުނުކުރައްވާތި މިދިވެހިރާއްޖެއަކީ އިންޑިޔާގެއަވަށަކަށްހައި ބުދުފައްޅިއަޅައިގެން ލާދީނީ ފިކުރު މިގައުމުގައި ތައްރައްގީކުރެވިދާނެޔެ އިންޝާﷲ ދުވަހަކުވެސް އެކަމެއްނުވާނެ މިއީ ދިވެހިން މިއީ ދިވެހިންގެ ގައުމު ވަރަށްބޮޑުޕްރަޖެކުޓެކޭކިޔާފައި ރާއްޖޭގެ މިހާރުގެ މަސްދޯންޏެއްގެއަގުނެތް ކޯސްޓްގާޑް އުޅަދެއްދުމަކީ އިންޑިޔާކަނޑު ހިސޯރުކުރެވުނީކަމަށްނުބަލާ
ކުރިކެޓަކީ އެޗްޕީއޭ މެދުވެރިވެގެން ރާއްޖޭގައި ގާނޫނެއްގެދަށުން މަނާކުރަންޖެހޭ ކުޅިވަރެއް. ސަބަބަކީ މިއިރުވައިގަ ދުވާލުދާ ހަތަރުދަމު ރަތްދަކައަވީގަތިބުމަކީ އެއީ ހަމުގެ ކެންސަރުޖެހުމުގެ ނުރައްކާ ބޮޑުކަމެއް.
މިމީހުންނަކައް ރައީސް ޔާމީން ގެނެސްދެއްވާކަހަލަ ޒަމާނީ ސުޓައިލިޝް މެގާ ޕުރޮޖެކްޓުތަކެެއް ނުގެނެވޭ.. މި ދައަކަނީ އަދިވެސް ގެދޮށު މަސްކައްކާ ބަދިގެއާއި އޮޑި ދޭވާހަކަ.. ބަލާބަލަ ޔާމީނު ގެނެސްފަހުރި ތަރައްގީ..
އިންޑިޔާއިން ރާއްޖެއައް ގެރިގާޑިޔާގެ ޚިދުމަތްވެސް އަދި ތައާރަފްކުރާނެ..
ތީ ރާއްޛެގަ އުޅޭ އިންޑިޔާ މީހުންނަށް އަޅާދޭ ތަނެއް.. މިހާރި އެއުޅެނީ ދުވާޓެކުގަ މީހުން އުޅޭތީ އުނދަގޫވެގެން
ތިކަނަންތަކައް ބިލިޔަނުން ޚަރަދުދާނެ ވަރަންހީވޭ ތިއަޅާބިންގާ ބަލަހައްޓަން ބޮޑުފަވްޖެއް ތިބެންޖެހޭނެހެން ތިކަހަލަތަނެއް އައްޑޫގަވެސް އެބައަޅާ މިހާރު ދިހައަހަރުވެއްޖެ އަދިވެސް ހިޔާކިއްލެވޭ ވަރުވެސް ނުވޭ