ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އެކު ދީބާޖާގެ ވެރިންނާއި ބައްދަލުކުރި ފޮޓޯތަކެއް އާއްމުވެއްޖެއެވެ.

އެ ފޮޓޯތައް ހިއްސާކުރި ފަރާތުން ބުނެފައި ވަނީ ނަޝީދާއި އެމްޑީޕީގެ މެންބަރުން ދީބާޖާގެ މެނޭޖިން ޑިރެކްޓަރ ޝާހީން އާއި އެކު ސިއްރު ބައްދަލުވުމެއް ބޭއްވީ ދީބާޖާގެ މާލޭ އޮފީހުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ، ކުޅުދުއްފުށި ދެކުނު ދާއިރާ މެންބަރު ޖަމްޝީދު މުހައްމަދު، ހަނިމާދޫ ދާއިރާ ޢަބްދުލްޣަފޫރު މޫސާ ވެސް ބައިވެރިވިއެވެ.

އަދި އެމްޑީޕީގެ ސީނިއާ މެންބަރެއް ކަމަށްވާ ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިނޭންސް ސެކްރެޓަރީ ކަމާއި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މައުސޫމް ވެސް ބައްދަލުވުމުގައި ބައިވެރިވިއެވެ.

އޭގެ އިތުރުން ވެސް ބައެއް ބޭފުޅުން ބައްދަލުވުމުގައި ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ކުރި މަޝްވަރާތަކުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ދީބާޖާ އާއި އެކު އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމްގެ އެއްބަސްވުން ނަޝީދުގެ ވެރިކަމުގައި ގާއިމް ކޮށްފައި ވަނިކޮށް ޑރ.ވަހީދުގެ ވެރިކަމުގައި އުވާލީ އެކުންފުނިން އެއްބަސްވުމާއި ހިލާފު ވުމުންނެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ބަދަލެއްގެ ގޮތުގައި ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދޭން ވަނީ ޙުކުމް ކޮށްފައެވެ. އޭގެތެރެއިން 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ދީބާޖާ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ކުރިން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައި ވީނަމަވެސް މިހާރު އެވިސްނުން ބަދަލުކޮށް، ސުޕްރީމް ކޯޓަށް މައްސަލަ އަލުން ހުށަނާޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

ނަމަވެސް ކޯޓުން ބޭރުން ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލިހުން ވަނީ މިމަހުގެ 03 ވަނަ ދުވަހު ފާސްކޮށްފައެވެ. މަޖިލީހުން އެގޮތައް ފާސްކުރިނަމަވެސް މަޖިލީހުގެ ނިންމުމަށް ބޯލެނބުން ސަރުކާރަށް ލާޒިމެއް ނުވާނެއެވެ. ސަބަބަކީ މަޖިލީހުން އެގޮތައް ނިންމީ ފާސްކުރި ޤަރާރަކުން ކަމަށް ވާތީއެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޭތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ސަރުކާރުން ބުނަނީ ބަދަލު ދޭން ޖެހިފައި ވަނީ ކުރީ ސަރުކާރުތަކުން ކަންކޮށްފައި އޮތް ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޚަރުން

    ﷲ އަކްބަ ރު...ހަގީގަތް ފާޅުވަނީ...

    126
    5
    • ބޮރުން

      ހަގީގަތަކީ ދީބާޖާއަށް ދޭންޖެހޭ އަދަދު ސުޕްރީމް ކޯޓުން ހުކުމްކޮށް ކަޑައެޅީމާ އެ އަދަދު އެއަށް ވުރެ ކުޑަކޮށް ދިނުމަށް ސަރުކާރުން އެމީހުންނާ އެކު އެއްބަސްވިކަން. އަދި މިހާރު އެއްބަސްވީ އަދަދުވެސް ބޮޑުވެގެން ރައްޔިތުންގެ މަޖިލީހުން އެއަށް ވުރެ ކުޑައަދަދަކަށް އެއްބަސްވޭތޯ މަސައްކަތް ކުރާ ކަން. އެއީ ފާޅުވި ހަގީގަތް.

      2
      36
      • Anonymous

        ހަގީގަތަކީ ދީބާޖާއައް އެއްވެސް އިތުރު ލާރިޔެއް ދޭން ނުޖެހޭކަން. އެއްބަސް ވުމާއި ޚިލާފުވީމަ އެގްރީމެންޓްގައި ބަޔާން ކޮއްފައިވާނެ އެއެގްރީމެންޓް ބާތިލްވާނެގޮތާއި އަދި ބަދަލު ދޭން ނުޖެހޭނެ ހާލަތްތައް. އެ ހާލަތްތައް މެދުވެރި ވެގެން ދިޔައީ ދީބާޖާއިން އެ އެގްރީމެންޓް އާއި ޚިލާފު ވީމަ. އެހެންވީމަ މިހާރު ލާދީނީ ސަރުކާރުން މަސްލަހަތު އޮންނަ ކުންފުންޏެވީމަ އެއުޅެނީ އެމީހުންގެ ޖީބައް އަންނަ ގޮތައް ދީބާޖާއައް ލާރިދޭން.

        9
        1
  2. ހޯރަ ބޭ

    މީހަކު މީހަކާބަދަލުކުރުން އެއީކުށެއްބާ މޮޔަވަނީ ދޯ

    16
    165
    • Anonymous

      މީހަކ ު މީހަކާ ބައްދަލު ކުރުން މައްސަލައެއް ނޫން. އެކަމަކު ދީބާޖާ އަކީ މިހާރު ސަރުކާރުން އެ ކުންފުންޏައް ބަދަލު ހޯދުމައްޓަކައި މަސައްކަތް ކުރާބައެއް. އެހްނ ވުމާއި އެކު ސިއްރު ބައްދަލުވުން އެ ކުންފުންޏާއި އެކު ބޭއްވުމަކީ އެއީ ކޮރަޕްޝަނައް މަގުފަހިވެ އަދި 0 ޓޮލަރެންސްގައި ވައްކަން ކުރުން ކަމުގައި ނޫނީ ނުވާނެކަންވެސް ހަނދާން ކޮއްލަދެން. ލާދީނީ ސަރުކާރު އިސްތިއުފާ

      37
      1
  3. ދަވާލައިފި

    އެންމެންވެގެން ޤައުމުދަވާލާ

    118
    2
  4. ިަިިިހަސަން

    ހަހަ ކޮން އިރެއްގެ ފޮޓޯ އެއްްބާ. ތި ނިންމީ މަޖްލިސްއިން އެމީހުންނަށްް ދޭންޖެހޭ ރުފިޔާ ކޮޅު ދިނުމަށް ހުރަސް އެޅުމަށް ކަމަށް ބެލެވޭ

    6
    62
    • Anonymous

      އަހަންނައް ހީވަނީ ސުކުނޑި ދުޅަވެފަ ހުރި މީހަކު ނޫނީ މިކަހަލަ ވާހަކަތަކެއް ނުދައްކާނެ

      3
      15
  5. ޢަހުއނ

    ޢޭނީ ޔާސިރު.. ރަށުގެ ހައްގުގަޔޯ.. ލާދީނިއްޔަތައް ބައިއަތު ހިފައިގެން.. އެމްޑީއެއް އަށް ތާއީދުކޮށްފަ

    102
    3
  6. ރާއްޖެތެރެ

    ބައިއަޅާ ޖަލްސާ. ރާއްޖޭގެ ލާރިތަ ބަހާހުސްކޮއްލީ. ކިތައް ސުކޫލުތޯ މި ފައިސާއިން އެޅޭނެ.

    26
  7. ވަގު ނަޝީދު

    ވައްކަން ކޮއް ރައްޔިތުންގެ ލާރި ބަހައި ހުސްކުރަނީ.

    25
  8. ނާނު

    ޒީ ރޯ ޓޮލޮ ރެންސް ނޫންތޯ!

    19
  9. Anonymous

    ދީބާޖާ އަކީ މުރުތައްދު ލާދީނީ ނަޝީދާއި މި ލާދީނީ ސަރުކާރު މަސްލަހަތު އޮންނަ ކުންފުންޏެއް.

    25
  10. ވަވާ

    އުތުރުގެ މެމްބަރުން ބައިވެރި ވުމުން ތިގާއި ގޯހެއް އުޅޭކަމަށް ނުފެނޭ

    15
    • Anonymous

      އުތުރެއް ދެކުނެއް ކިޔާނެ ކަމެއް ނެތް ލާދީނީ ވެއްޖިއްޔާ ހަމަ އެއްވަރެއް

  11. ހުސެން

    ދީބާޖާ އެއް ހިއްސާދާރަކީ ޖަރީމާގެ ކުއްޖެއް.ދެން އިތުރަށް ވިސްނަވާ މިވަނީ ކީއްކަން؟

    16
  12. ޫުފުރެންޑު

    ސިސްޓަމް ތެރެއިން އެެއްމެނަށް ލާރިގަނޑު ބަހާލަނީ ދޯ؟

    24
  13. މިހާރު

    ގޯސްގޯސް މުޅިންގޯސް ހުރިހާކަމެއްގޯސް ރީތިގޮތުގައި މުޅިގައުމު ފުށުތެރެއަށްލާ ފިއްތާލުމަށްފަހު ފެންފޮދަކާނުލާ ދިރުވާލައިފި

    22
  14. ޖައުފަރު

    ސެކިއުލަރ ވަގު އެމް ޑީ އެން އެމް ޑީ ޕީ ސަރުކާރު

  15. އަސީ

    ދެން ނަސީދުބުނާނެ ތިމަންނާއެތާކުނެތީމޭ އެހިސާބުން އެމްޑީ ޕީސަ ޕޯޓަރުން ނިންމާނެ އޭނައެތާނަގަނެއްކަމައް

  16. ބުރުގާ

    ތީ ތިހަރާން ބައިގަނޑު ރަގަޅައް ރާވައިގެއް ދައުލަތުން ދަވާލާ ލާރިގަނޑެއް. އަދި ރައީސް ޔާމީނޭ ކިޔައިގެން އޭއްޗެކޭ މީއްޗެކޭ ކިޔައެއްނުއެބަ.

  17. މިގޭ

    ރޯމާދުވާލު އެނގި ތިބެގެން ކުރާވައްކަން މިހިރީ ދިމާއަށް ފެންނަން. އެކަމު ޒީރޯ ޓޮލެރަސްއެ

    4
    1
  18. އަހުމަދު

    އަފްރާޝިމްގެ މަރާ ޖަރީމާ ގެޭގެ މީހާކަ ގުޅުމެއް އޮވޭ

  19. މުގުރި

    ނަސީދު ކޮންމެގޮތަކަށް ކޮންމެކަމެއްކުރިޔަސް އޮކޭވާނި. އެކަމު ޔާމީނު ގޮތަކަށް ކަމެއްކޮށްފިއްޔާ ދެންއެޖެހުނީ ކަންތަކާ. ނަސީދު އޮޅޭގޮތްނިކަންދެކެބަލަ.