ހުޅުމާލެ ޖެޓީގައި މުދާ ބަރު ކުރަމުން ދިޔަ ލޭންޑިންގް ކްރާފްޓެއް އަރިއަޅާލައިގެން ދިޔަ ވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަރިއަޅާލައިގެން އަޑިއަށް ދަނީ "އަމިން ކެރިއާ 2" ނަމަކަށް ކިޔާ ލޭންޑިންގް ކްރާފްޓެއް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިރޭ 12:32 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.