އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ރަށު ކައުންސިލާއި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް، އަންހެނުންނަށް 384 ގޮނޑި ކަށަވަރުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ.
ރަށު ކައުންސިލަށް ޔަޤީން ކަމާއި އެކު އިންތިޚާބު ކުރާނެ ޖުމްލަ އަންހެނުންގެ އަދަދަކީ 372 އެކެވެ. އަދި ސިޓީ ކައުންސިލްތަކަށް ޔަޤީން ކަމާއި އެކު އިންތިޚާބު ކުރާނެ އަދަދަކީ 12 އެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލުތަކުން އަންހެނުންނަށް 384 ގޮނޑި ޔަގީންވާނެއެވެ.
ކައުންސިލްތަކުން ފުރަތަމަ ފަހަރަށް އަންހެނުންނަށް ގޮނޑިތަކެއް ޔަގީންވެފައިވަނީ، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، މިމަހުގެ ފަސް ވަނަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، 3000 މީހުންނަށް ވުރެ އާބާދީ ކުޑަ ކަމުގައި ވީ ނަމަވެސް، އެ ރަށަކުން، ރަށު ކައުންސިލަށް 5 މީހުން އިންތިޚާބު ކުރާނެއެވެ. އަދި 3000 ށް ވުރެ މަތީގެ އާބާދީ ހިމެނޭ ރަށްރަށުން 7 މީހުން ކައުންސިލްތަކަށް އިންތިޚާބު ކުރާނެއެވެ.
ހަމަ އެއާއި އެކު، މި ބިލް ތަސްދީގު ކުރެއްވުމާއެކު ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް މި ވަނީ އިތުރުވެފައެވެ
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެމީހުންގެ ނައިބުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރުން ހިމެނެއެވެ.
އަދި ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭނެ ކަންކަން ހިމެނެވެ. އޭގެ ތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށް ވާ ފައިސާ ދިނުން ހިމެނެއެވެ.
އަންނަ އޭޕްރިލް މަހު އޮންނަ ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ކަނޑައާޅާފައި ވަނީ 1.6 ބިލިއަން ދިވެހި ރުފިޔާއެވެ.
ތިޔަ ގޮނޑިތަކަށް ދެން އައްޔަން ކުރަންވީނު.
އަންހެނުން ކުރިމަތިލައިގެން ގޮނޑީ ކާމިޔާބުނުކުރެވެންނާ ހުރިހާގޮނޑިއެއްދީ ދީއެވެރިންނަން
ކުރިމަތި ނުލިއަސް ހޮވޭގޮތަށް
ވ.މަކަރު ސަރުކާރެއް މީ. ކޮންމެސް ރޭވުންގަޑެއް އަޑީގައި އޮންނާނެ. އަބަދުވެސް ދީނަށް ގޮންޖަހަން ދިމާކޮށްފައި.
ގޮނޑި ދެވެންވާނީ ރައްޔިތުންގެ ތާއީދާއެކު ކުރިމަތި ލުމުގެ ޙައްގު އަންހެނުންނަށްވެސް އޮވޭ
އެމްޑީޕީއިން ސިޔާސީ މަންފާއަށް އަންހެނުން ބޭނުންކުރުން ހުއްޓާލާ. ތިއީ ހަމަ އަންހެނުން ލައްވާ ހަށިވިއްކުމެކޭ އެއްފަދަ ކަމެއް.