ދެ ސައިކަލް ޖެހި އައްޑޫސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ އައްޑޫ އެމްއެންޔޫ އާއި ދިމާލުން ލިންކްރޯޑުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެނެވެ.

މި ހާދިސާގައި އަނިޔާވީ ދެމީހަކަށް ވަނީ އަނިޔާވެފައެވެ. ދެ ސައިކަލު ދުއްވަން ތިބި މި ދެ މީހުން މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާއިރު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ފުލުހުން މިހާރު ދަނީ އެކްސިޑެންޓު ހިނގި ސަރަޙއްދުގައި ޙަރަކާތްތެރިވަމުންނެވެ.

ލިންކު ރޯޑުންގައި މިދިޔަ މަހު ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ހުސޭނުބޭ

    މާ މަޑުމަޑުން ސައިކަލް ދުއްވާތީ އަރިއަޅާލައިގެން ވެއްޓި އެކްސިޑެންޓްވަނީ. ތަން ކޮޅެއް ބާރުކޮށްލާފައި ސައިކަލް ދުއްވާބަލަ!

  3. އ

    شفاك الله